ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ރައީސް، ހުސެއިން ފިރުޝާން ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 ޖެނުއަރީ 2025 - 18:56
ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް ޕާޓީން ވަކިކޮށް، ވެރިކަންކުރާ ޕީއެންސީއަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެ ޕާޓީން ވެސް ޕޮލިހަށް މައްސަލަ މިއަދު ހުށަހަޅައިފި އެވެ.
އެ ޕާޓީން ބުނީ ރާއްޖޭގެ ގާނުނުލްއުގޫބާތުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް، އެ އަމަލު ހިންގި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ ބަޔަކު ޖޫރިމަނާކޮށް، ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ މެމްބަރުންގެ މެމްބަޝިޕް އަލުން އިއާދަކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޑިމޮކްރެޓުން ބުންޏެވެ.
ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އީސީގެ މެންބަރުންނާ މިއަދު ބައްދަލުކުރަނީ ---- ފޮޓޯ: އިލެކްޝަން ކޮމިޝަން
އެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި އޮޅުވާލައިގެން ޑިމޮކްރެޓްސްގެ 700 އެއްހާ މީހުން ވަނީ ޕީއެންސީ އަށް ވައްދައިފަ އެވެ.
މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވެސް ވަނީ އެ ޕާޓީގެ އެތައް މެންބަރުންނެއް، އެ މީހުންނަށް ނޭނގި ވަގު ފޯމްތަކެއް ބޭނުންކޮށްގެން ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަން ޕީޖީގެ ފަރާތުން އަމުރުކޮށް ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު އަމާޒުވެފައި ވަނީ ވެރިކަން ހިންގާ ޕީއެންސީއަށެވެ. އެ މައްސަލާގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލަ ލިބުނެވެ. އެ މައްސަލަތައް މިފަހުން ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލު ކުރުމުންނެވެ. އީސީން ފަހުން ވަނީ އެ ފޯމު ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހަނބު
27 January 2025
ތިޔަ ޕާރޓީގަ އެބަތިބިތަ މެންބަރެއް ގެންދަން 2 މީހުން ހަމަ ނުވާ ކުދި ޕާރޓީވެސް އުޅޭގޮތެއްދޯ
އޮނަރަބްލް އަފީފު ދީދީ
27 January 2025
ޕާޓީއަށް ވަގަށް ވައްދާ މީހާއަށް އެ ޕާޓީ އިން ވަކިވުމުގެ ފުރުސަތު ބަންދެއް ނުވޭ. ބޭނުން ވަގުތަކު އޭނާއަށް ޕާޓީ އިން ވަކިވެވިދާނެ. އެހެން ނަމަވެސް ވަގަށް ދޫކޮށްފައިވާ ބިންތަކާއި ފުލެޓް ތަކުގެ ކަންކަން ހުރީ މާ ގޯސްކޮށް. ހިލޭ ބަހާލި ބިންތައް ލިބުނު މީހުންގެ ނަންތައް ފުލެޓް ލިސްޓްގައި އޮންނާނީ ގައިމު ބަޔަކު އޮޅުވާލައިގެން މަކަރާއި ހީލަތް ހަދައި ދޮގު މައުލޫމާތު ދީގެން އެކަން ކޮށްފައިވާތީ ނޫންތޯ؟ ކީއްވެ މިމައްސަލަ ހުށަނާޅަނީ؟! މިކަންވެސް ބަލާންޖެހޭ.
ޕިންމޯޑް
27 January 2025
ފިއްޓެ ޖެއްސި ގޭމެއްމީ، މިކަހަލަ ކަންކަން ވަރަށް ރޭވުންތެރިކަމާއެކު ކުރުމުގެ ހިސްޓްރީ އޮތް މީހެއް ކަމަށް ބުނާ މީހެއް ފިއްޓެ އަކީ، ޕީއެންސީ ވެސް އެހާ ގަޅިނުވާނެދޯ ފިއްޓެ ކަހަލަ މަޝްހޫރު މީހަކު،އެންމެން ދަންނަ މީހަކު ޕާޓީއަށް ވައްދާކަށް، އެކަމަކު މިފަހަރު ފިއްޓެ މިކަން ކާމިޔާބު ކޮށްފި ހަމަ ރަގަޅަށްވެސް. ވަރަށް ފޮނު އަރުވައިފިތާ............
އޮނަރަބަލް އަފީފު ދީދީ ގެ ކޮއްޔާ
27 January 2025
މި ދާ ގޮތަށް ދާ ނަމަ 2028 ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޑިމޮކްރަޓްސް އިން ނެރޭ ކެޑިޑޭޓެއް ކަމަށް ލަފާ ކުރެވޭ.
އަހްމަދ
27 January 2025
އެކަމަކު ތިޔަ ޕާޓީން ވަގަށް ގެންދިޔަހެނެއް ހިޔެއް ނުވޭ. ޕާޓީގެ ރައީސް އާ ނައިބު ނައީސް އާ ލީޑާރޝިޕް އެކީ ކަހަލަ ގޮތަކަށް ޕާޓީ ދޫކޮށްފަ އެދިޔައީ ފާޅުގަ އިއުލާން ކޮށްފަ. އެވަރު ބައެއް ޕާޓީ ދޫކޮށްފަ ދިޔައިރު އާދައިގެ މެންބަރުން ތިބޭނެތޯ!؟ ތިއުޅެނީ ފޮނުއަރުވާފަ އުޅެނިކޮށް މީހުންކޮޅު ބެޗީމަ އެލަދުން ސަލާމަތްވާންހެން ހީވަނީ
ޝަކުވާ
26 January 2025
ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުންނަށް ގާނޫނު ނުހިގަނީ ބާއެވެ. މީހެއްގެ ނަމުގައި ސޮއިކޮށް ދޮގުމަޢުލޫމާތު ރަސްމީ ބޭނުމަށްޓަކައި ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އަދި އެއީ ޖިނާއީ ކުށެކެވެ. އެއަށް ގާނޫނީ އަދަބު ލިބެންޖެހޭނެއެވެ. ގާނޫނުއަކީ ވަކިބަޔަކަށް ހިގާ އެއްޗެއްކަމަށް ނެހެދުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަމެވެ.
ކުރީސީ ގެ ދޮންބެ
26 January 2025
ޑިމޮކްރަޓްސް އަކީ އުންމީދެއް.