ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 18:49
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި މިނިސްޓަރުން ބައިވެރި ކުރައްވަނީ ރައްޔިތުންނާ ކައިރިން މަސައްކަތްކޮށް އަވަހަށް ނަތީޖާ ނެރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ހއ. މާރަންދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު މިނިސްޓަރުންނާއެކީ ރަށްރަށަށް ކުރައްވާ ދަތުރުތަކަކީ ބޭކާރު ހަރަދެއް ކަމަށް މީހުން ބުނާ ކަމަށެވެ.
ނަމަވެސް ބޭނުންފުޅު ނަމަ، ގިނިކަންޏާ ރަށްރަށަށް ވަޑައިގެން، ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށްފަހު މަސައްކަތްތައް އޮޅުން ފިލުއްވިވިދާނެ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރައްވަނީ އަވަހަށް ކަންކަން ކުރިޔަށް ގެންގޮސް ނަތީޖާ ނެރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވީ ވަރަށް އަވަށްކޮށް ކަންކަން ހަމަޖެހިގެން ގޮސް ނަތީޖާ ނެރެވޭނެ ގޮތަކަށް ބާރު ސްޕީޑުގައި ގެންދަން. އެހެންވެ ކަމާ ގުޅޭ ވަޒީރުންނާ އެކީގައި ރަށްރަށަށް މިދަނީ ސީރިޔަސް މަސައްކަތްތަކެއް ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށަށް ކުރާ ދަތުރުތަކަށް ދާ ހަރަދަށް ވުރެ ބޮޑަށް މަޝްރޫއުތައް ލަސްވެގެން ލިބޭ ގެއްލުން މާ ބޮޑު ވާނެ އެވެ.
އެހެންވެ މާލޭގައި އަރާމުގައި ތިބުމުގެ ބަދަލުގައި ދާއިރާތަކުގެ މިނިސްޓަރުންނާއެކު ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ތިބޭފުޅުންނާ އެކީގައި މި ބޭއްވޭ ބައްދަލުވުމަކީ ވެސް ކަންކަން ކުރަން އާޅުގަނޑު ނިންމާ ގޮތާއި އަޅުގަނޑު ކަންކަން ކުރަން ގަސްތު ކުރާ ގޮތް ހިއްސާކުރަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
08 February 2025
ނަތީޖާ ނެރެވޭނެހާ ގާބިލް
ވައްޑޭ 1
30 January 2025
ކެޕޭސިޓީއެއް ނެތެއްނޫންތޯ ގިނަ ވަޒީރުންގެ
ޖޭމް
30 January 2025
ދައުލަތުގެ ހަރަދުގައި ކެމްޕޭން ކުރަން. ވާ ކަމެއް ނެތް.
ޑރ ވާންޗޯ
30 January 2025
ފިނޭންސް މިނިސްޓްރީ އަދި އެމްއެމްއޭ ވެސް ގޮވައިގެން ދުރުވާނަމަ ތިޔަތަނުން ތިކަން ނިންމާލެވުނީހެއްނު.
ނަސޭހަތް
30 January 2025
އެންމެންގެ ދުލުން ނުބައޭ ކިޔާގޮތަށް އަމްލުކުރާކަށް ނުވާނެ. އޭރުން ކިތަންމެ ރަގަޅަށް ކަމެއް ކުރިޔަސް މީހުންނަށްހީވާނީ އޭގައި ފޮރުވިފައިވާ ނުބައެއް އޮންނާނެހެން. މަނިކުފާނުގެ ފުރަތަމަ 14 މަސްދުވަހާމެދު، މަނިކުފާނަށް ވޯޓްދިން މީހުންވެސް ތިބީ މާޔޫސްވެފަ. ނަތީޖާ ނެރެދެއްވުން އެދެން.
ވޮޗްމޭން
30 January 2025
ދެން އޮންނަ ޖަލްސާއެއްގައި ސަރުކާރު ކުންފުނިތަކުގައި ވަޒީފައިގައި ތިބި މަލްޝާއާއި ޝއުނާ ބައިވެރިވާ ސަބަބު ރައްޔަތުންނަށް ވަރަށް ސާފުކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން. މަނިކުފާނަކީ ކަމެއް ފޮރުވާނެ ދޮގުހަދާނެ ރައީސްއެއް ނޫން.. އޭގައި ވެސް ވަރަށް ބޮޑު ހިކުމަތެއް ވާނެކަން ޔަގީން. ރައްޔަތުންގެ ލާބަޔާއި މަންފާއަށް ކުރާކަމެއްކަން ޔަގީން.
ޑރ ވާންޗޯ
30 January 2025
މިގައުމުގަ ވަޒީރުންނޭ މިކިޔަނީވެސް ވައްތަރެއްގެ ޕަޕެޓްތަކަކަށް. އެމީހުނަށްވެސް ނޭގޭނެ އެގެންދާތަނެއް އަދި ނެރެންއުޅޭ އެއްޗެއްވެސް.
ސަފާލް
30 January 2025
ވަޒީރުންނާއި ސިޔާސީ ހުރިހާމީހުން ގޮވައިގެން ދޭބަލަ އޭރުން އަދި މާއަވަސްވާނެ..މަށަށް އެކަމު ބޮޑަށް ހީވަނީ ރައްޔިތުން ރުޅިއައިސްފަ ތިބިވަރު އެނގޭތީ ބިރުންހެން.
މާކުންބޭ
30 January 2025
ދުނިޔޭގެ×އެއްވެސް ޤަުމެއްގެ އެއްވެސް ރައީސެއް ދާޙާތާކަށް މިޤައުމުން އިބްރާޖީމާ މުއިއްޒު ގެންދާގޮތަށް ހުރިހަަ މިނިސްޓަރުންނަަ ދައުލަތުގެ ލުނފުނިތަކުގެ އެމޤޑީ އިން ނުގެންދަަނެ، މިކަމުގެ ސަބަބުން އުފެއްދުންތެރިކަން ދާނީ ދަށަށް. އެމް މުހިއްމީ ވަގުތު ސަލާމަތްކޮށް ގިނަކަންކަންކުރުން
ގެޔަށް އައިސް ވަންނަ ހިސާބުން ހަދާންނެތޭ
30 January 2025
އެމީހުން އެންމެ ނިކަމެތިން އުޅޭ ގޮތަށް އުޅެން ޖައްސަބަލަ، ޔަގީން ކަންކަން ފުރިހަމަވެ، ނަތީޖާ ނިކުންނަލެއް އަވަސް ވާނެކަން.