އިލެކްޝަންސް ކޮމިޝަން އާއި އެމްއާރްއެމް މީގެ ކުރިން ބޭއްވި ބައްދަލުވުމެއް--
29 ޖެނުއަރީ 2025 - 20:00
ކުރީގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް އުނިކޮށްފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދު ކަމަށްވާ 3،000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.
އެއަށް ފަހު އެ ކޮމިޝަނުން މި ފަހުން ވަނީ އެ ޕާޓީގެ ދަރަންޏެއް އޮތްތޯ ބެލުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި މިއަދު އީސީން ކުރި އިއުލާނެއްގައި ބުނީ 3،000 މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ، އެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އެ ކޮމިޝަންގެ މި ނިންމުން ގެޒެޓު ކުރުމާއެކު އެމްއާރްއެމްގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލެއް ބަލައެއް ނުގަންނަވާނެ ކަމަށެވެ.
އެއްވެސް ފަރާތަކުން ޤާނޫނާޤަވާޢިދާ ޚިލާފަށް ކުރާ ޢަމަލެއް ބަލައެއް ނުގަންނާނަމެވެ.
— Maumoon Abdul Gayoom (@maumoonagayoom) January 29, 2025
އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
އެ ނިންމުމާ ގުޅިގެން އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ވެސް އަމިއްލަ ގޮތުންނެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ފާރިސް އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ.
ޕާޓީ އުވާލަން ކުރިން ނިންމި ނިންމުން މިދިޔަ އަހަރު ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޕާޓީ އުވާލަން އީސީން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށެވެ.
"އެ މާއްދާއިން ކޮންމެ ހަ މަހަކުން އެއް ފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަން ޖެހޭ ޒިންމާދާރު ގޮތަށް މާޒީގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމް އިން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ނޫން،" ކަމަށް ހުކުމްގައިވެ އެވެ.
އެމްއާރްއެމް އަށް 3،000 މެންބަރުން ހަމަކުރަން އަންގައި މިދިޔަ ފެބްރުއަރީ މަހު ފޮނުވި ނޯޓިސްގައި މެންބަރުންގެ އަދަދު ކަމަށް ކޮމިޝަނުން އަންގާފައިވަނީ 2،981 އެވެ. އެ ޕާޓީން މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އެ އަދަދަށް ބަލައިގެންނެވެ. އަދި އެ ނޯޓިސް އިން ޕްރޮސެސް ނުކުރާ ފޯމްތަކެއް ހުރިކަން ވެސް އެނގެން ނެތް އިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
އަދި ބައެއް ފޯމްތައް ޕްރޮސެސް ކުރުމުގައި އެކަށޭނަ ލަސްވުން ހިމެނޭ ކަމަށް ވެސް ބުންޏެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓައި، އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީ އާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ހުރިހާ ކަމެއް ސިވިލް ކޯޓުން ބާތިލްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
30 January 2025
ދެން ފެންނާނީ އެމްއާރުއެމްގަ ތިބި މީހުން ޕީއެންސީއަށް ރަޖިސްޓަރީކޮށްފަ އޮއްވާ. ކަމެއް ކުރާނަމަ ވަގު ފޯމްތަކުގެ މައްސަލަ ރަގަޅަށް ބަލާ ޕާޓީތަކުގެ އަސްލު މެމްބަރުން ކަށަވަރު ކުރައްވާ!
ބުރަތޭރީ
30 January 2025
ޝަރުއީ ނިޒާމް ނިންމާފައިއެވަނީ އިލެކްޝަނުގެ ނިންމުން ރަނޣަޅުނޫންކަމަށް...މިނިވަން މުއައްސަސާތަކާ، ސަރުކާރުގެ އޮހީސްތަކުން، ކޯޓުތަކުގެ ނިންމުމަށް އިހުތިރާމް ނުކުރާނަމަ، މުޖުތަމައަށް ތިޔަ ދެވެނީ ވަރަށް ނުބައި މެސެޖެއް....ގައުމު ހަގީގީ މާނައިގާ ތަރައްގީ ކުރެވޭނީ ޝަރުޢީ ހުކުމްތަކަށް އިހުތިރާމް ކޮށްގެން..
ބަޑިތަކުރު
30 January 2025
ޤާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ މިންވަރަށް މީހުން ހަމަނުވާތީ އުވާލީމާވެސް އެއީ ޤާނޫނާ ޚިލާފަށްކުރާ ކަމެއްކަމަށް މިބުނެވެނީ ކީއްވެގެންކަން ސާފެއް ނުވެއެވެ. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށްވީމާ ޤާނޫނު ވަކިގޮތަކަށް މާނަކުރަންޖެހެނީބާވައެވެ.
އަބްޑޫޅް +
30 January 2025
ޒައީމުގެ ޖަނަރަލް ޔުނިފޯމާއި ކަނޑި، އަދި ދެ ފާދިރީންގެ ނަމަށް ނިސްބަތްވާ މެޑެލި ވެސް، އިގިރޭސީންގެ ދާރުލްއާސާރަށް ހަދިޔާކުރަން ވީނުން؟
ޑިކްޓޭޓަރ
29 January 2025
މީނަގެ ކިބައި އަދިވެސް ސަލާމަތްނުވޭ. 17 އަހަރުވީ، ދުއްޕާން ބޮޑުމީހެއް. ވެރިކަން ނުދިނީމަ ދިވެހިރައްޔިތުންނަށް ދުއްޕާންކޮށް ގައުމު ކޮރަޕްޝަނަށްވައްޓާލަން ކުރި މަސައްކަތް ކާމިޔާބުވެއްޖެ
ޑަކު
29 January 2025
ސާބަހޭ ޒައީމޫ. ފުކެއްވެސް ދޫނުކުރާތި.
ކުރުސީ ގެ ކާފަ
29 January 2025
ކުޑަ ޕާޓީ މަރާލުމުގެ ސިޔާސަތު . ދަމުން ދަމުން ގޮސް ސަލަފު ޖަމިއްޔާ އެކަނި ބާއްވާފައި ކުދި ޖަމިއްޔާތައް ވެސް އަދި އުވާލާނެ.
ފަދަކް
29 January 2025
ބަލަ ސަލަފުން ހާދަހާ ކަމެއްކުރެއޭ. ހަމައެކަނި އަލީ ރަމީޒަށް ބެއްޔަސް އެކަން ހާމަވާނެ.
ގުދުގުދާބެއްޔާ
30 January 2025
ކަންދަހާރު ސަހާބީންގެ ޖަމިއްޔާ އުވާނުލާނެ! އެމީހުން އެއީ ދިނީ ކާޑު ކުޅޭ މީހުން ކޮންމެ ވެރިކަމެއްގަވެސް!