31 ޖެނުއަރީ 2025 - 21:07
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، މަގާމު ބަދަލުކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދާއި މުންއިމް އަނީސް އެވެ.
މިގޮތުން ނާޒިމް، ދިވެހި ބަހާއި ހެރިޓޭޖާ ބެހޭ މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކުރިއިރު، މުންއިމް ބަދަލުކޮށްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.
އެކަމަކު، އެ ދެ ބޭފުޅުން އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރި ސަބަބެއް ނޭނގެ އެވެ. މިނިސްޓްރީ ދެ ބޭފުޅުންނަކީ ވެސް މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރެއްވި އިބްރާހިމް ފައިސަލްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމަށް ފަހު މީގެ ކުރިން ވެސް މުންއިމް މަގާމުން ވަކިކޮށްފައިވެ އެވެ. މި ސަރުކާރުން އެ ފިޔަވަޅު އެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕެއިންގައި އުޅުއްވިކަން އެނގުމުންނެވެ. ނަމަވެސް ފަހުން ވަނީ އޭނާގެ މަގާމު އިއާދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
02 February 2025
ނެއްވަޒީފާޔަށް މީހުން ލުމަކީ ބުއްދި ހަމަޖެހޭ މުޖުތަމައެއްގައި ލަދުވެތި ހުތުރުކަން ބޮޑުވެގެންވާ ޓެކުމެގެ އަމަލެއްކަމަށް އަހުރެންދެކެނީ. މީއީ ވިޔަފާރިވެރިއަކު އޭނާގެ ދަރިއަކަށް އޭނާގެ ވިޔަފާރިން ވަޒީފާ ދިނުން ކަހަލަ ކަމެއް. އެކަމަކު މައްސަލަޔަކީ ސަރުކާރު ގެވަޒީފާގެ މުސާރަދެނީ ރަައްޔިރުންގެ ފައިސާއިން ވީމަ. ސަރުކާރު ގެއޮނިގަނޑު ކުރިއާލައި އެތުރި ބޭނުންވާ ވަޒީފާތަކާއި އެވަޒީފާ އަދާކުރަން ހޮވާ މީހެއްގެ ޝަރުޡު އެގިހާމަވެފަ އޮންނަންޖެހެއެވެ.
މުންނިމް
01 February 2025
މުންނިމް އަކީ ވަެތުވެ ދިޔަ ހުރިހާ ސަރުކާރެއްގެ ސިޔާސީ މަގާމުގަ ހުރުމުގެ ރިކޯޑް އޮތް މީހެއް. ޥަހީދު އަދި ޔަމީން ވެރިކަމިގަ ސިންގަޕްރް- އިބޫ ވެރިކަމުގަ މެލޭޝިއާ.
އެދުރު ބެ
01 February 2025
ތި ބޭކާރު ސިޔާސީ މީހުންތައް ވަކިކޮށް ބަލަ އެތަން މިތަނަށް ބަދަލުނުކޮށް
އޮނަރަބްލް އަފީފު ދީދީ
01 February 2025
ޓްއަރިޒަމް މިނިސްޓްރީ ތެރޭގައި އަށަގަނެފައިވާ ވައްކަމާއި ޙިޔާނާތަކީ ހުއްޓޭނެ އެއްޗެއްނޫންކަން ޤަބޫލުކޮށް މިކަމަށް ހައްލު ހޯދުމުގެ ވިސްނުން ޑރ މުއިއްޒުގެ ސަރުކާރުގައި ހުރިނަމަ ޓްއަރިޒަމް ޤާނޫނަށް އިސްލާޙް ގެނެސް ވަންއައިލެންޑް ވަން ރިސޯޓް ހިންގުމަށް ދޫކުރާ ހުރިހާ ރަށްތަކަކީ ދައުލަތާއި ރައްޔަތް ޙިއްސާވާ ފަތުރުވެރިކަމުގެ ކުންފުނި މެދުވެރިކޮށް ދޫކުރާ ރަށްތަކެއްކަމަށް ހެދުމަށްފަހު ޓްއަރިޒަމ މިނިސްޓްރީ އަކީ ރެގިއުލޭޓަރީ ބޮޑީ އަކަށް ބަދަލު ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
01 February 2025
މަތީގައި ދެންނެވި ބަދަލުތައް ހިމެނޭގޮތަށް ޓްއަރިޒަމް ޤާނޫނަށް އިސްލާޙް ގެނެސް މިހާރު ދޫކޮށްފައިވާ ހުރިހާ ރަށްތަކާއި، އަދި އަލަށް ދޫކުރަން ނިންމާ ހުރިހާ ރަށްތަކުގެ މިލްކުވެރިކަން 99 އަހަރަށް Maldives Tourism Development Cooperation ގެ ދަށަށް ބަދަލުކޮށް ރާއްޖޭގެ އެއްވެސް ރަށެއް 50 އަހަރަށް ވުރެން ދިގު މުއްދަތަކަށް އެއްވެސް ފަރާތަކަށް ދޫކުރެވޭނީ އާންމުކޮށް ހުޅުވާލައިގެން ދިވެހިންނަށް ޙިއްސާވިއްކާ ޕަބްލިކް ކުންފުނިތަކަށް އެކަނި ކަމުގައި ހަދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
01 February 2025
އެމްޑީޕީ އާއި ޕީޕީއެމް އިން ވަނީ ރާއްޖޭގެ ރައްޔިތުންގެ އިލާހީ އެއްމެދު މުދާ ހައެއްކަ މަހުޖަނުންނަށް 99 އަހަރަށް ވިއްކާލާފައި. މިކަން ބަދަލު ކުރުމަށްވެސް މިފަދަ ޤާނޫނެއްގެ މުހިންމުކަން ވަރަށްބޮޑު. ޤާނޫނަށް އިސްލާޙް ގެނެސް ކުރިއަށް އޮތް 30 އަހަރު ރަށްތައް ދޫކުރާނީ ހަމައެކަނި ހއ،ހދ،ށ، ތ،ލ، ހުވަދޫ އަދި އައްޑޫ އަތޮޅުން ކަމަށްވެސް މިދެންނެވި ޤާނޫނުގައި ކަޑައަޅާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސިނާއަތުގެ މަންފާ ލިބޭގޮތް ހަދާންޖެހޭ.
ޢަލްޓިކޯ
31 January 2025
ޜައްޔިތުން އިތުބާރަކާ އެކު ރައްޔިތުންގެ މަޖުލީހާ ވެރިކަމާ ދިނީމަ އަތަށް މި ގޮއްވާލީ ނޭވާލާ ނިޒާމުން ވައްކަން ކުރި މީހުން އެތިބެ ފުމެ އަރަނީ.
މިއޮތީ
31 January 2025
އިތުބާރު ނުކުރެވޭ މީހުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ގެންގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް. މި ދެމީހުންނަކީ ސަރުކާރަށް ބަލަދު އަރާފަ ތިބި ދެމީހުންނަށް ހަދާ އެކި މަޤާމުތަކަށް ބަދަލުކުރުމަކީ އެއްވެސް ބޭނުމެއް ހުރި ކަމެއް ނޫން. އެއަށްވުރެ ސަރުކާރުން ވަކި ކުރުން ބުއްދިވެރި. ދައުލަތުގެ ބަޖެޓަށްވެސް އޭރުން ލުއި ލިބޭނެ
ފޮނިފޮނިޓައްޕު ކުމާރު
31 January 2025
ބަލަ ސަބަބު ނޭންގެއޭ ބުންޏަސް ސަބަބު އެއޮތީ އެނގޭކަށްނު. ކުރީގެ މިނިސްޓަރާ މާއަރިސްވުން.
ބާބާ
31 January 2025
ކަލޯ ކުރާނެ ކަމެއް ނެތް! ރަހީމުބޭ ހަދާ ހިސާބަށް ދިމާވި ޓެކުނިކަލު އެރާ އެއްގެ ސަބަބުން އެބޭފުޅާގެ މީހުން ސަރުކާރުން އެއްތަނުން އަނެއް ތަނަށް ހޫރަމުން ދިޔުމާއި ގޭގައި މަޑުކުރަން އެންގުމާއި ވަޒީފާއިން ވަކިކުރުން ހިމެނޭ