ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގެ ލިޔުން ރައީސް މުއިއްޒު، ތޯރިގާ މިއަދު ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
01 ފެބުރުއަރީ 2025 - 13:35
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި، އެ މިނިސްޓްރީގެ މިނިސްޓަރަކަށް ތޯރިގު އިބްރާހިމް ދެންމެ އައްޔަން ކުރައްވައިފި އެވެ.
ދެ މިނިސްޓްރީ އެއްކޮށްލުމުން، އެ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވުމުގެ ގޮތުން އޭނާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ދެންމެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވުމަށް ފަހު، އޭނާއާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ތޯރިގު މި ސަރުކާރުގައި މިހާތަނަށް ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
އެންވަޔަރަންމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި، ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގު މި އައްޔަން ކުރެއްވީ ކުރިން އެ މަގާމު ފުރުއްވި އިބްރާހިމް ފައިސަލް މިދިޔަ ޖެނުއަރީ މަހުގެ 28 ގައި މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން މިހާތަނަކަށް ނުބުނެ އެވެ.
އެންވަޔަރަންމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމުން މި ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދަކީ މިހާރު ވިއްސެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނިހާމް
03 February 2025
އަދިކިރިޔާނު މިކަން ކުރަން އިނގޭ މީހެއް މި އައްޔަން ކުރެވުނީ. ލަސްވެސްވެއްޖެ މިކަހަލަ މީހެއް އައްޔަން ކުރަން.
އައުޒަމް
03 February 2025
މަރުހަބާ ތޯރިގް.ޔަގީން ހިންގާލާނެ.
ނުރަބޯ
02 February 2025
ތޯރިގް އަކީ ވަރަށް ގާބިލް ޢިލްމީ ބޭފުޅެއް، ވީމާ އިންޝާﷲ އޭނާ އަށް ވާނެ. މަރުޙަބާ.
ފަޓުލޫނު
02 February 2025
ކުރީގެ މިނިސޓަރަށް މަގާމުނެތަސް މަދުވިއެއްކަމެއްވެސްނެތް ، އެބޭފުޅާގެހުރިހާ އިނާޔަތާއި މުސާރަލިބޭގޮތަށް ހަދަންޖެހުނީ. މިނިސްޓރަކަށްވުރެވެސް ގަދަ. ކުއްލިޔަކަށް ވިސްނާނުލާކުރާކަންތަކުން ބޮނޑިބޮވުނީ. ފައިސަލް މާގަދަ.
މުހައިމިންް
02 February 2025
ފައިސަލް އަށް ވަންޏާ ތޯބެ އަށް ނުވާންވީ އެއްވެސް ސަބަބެއްނެތް. ތޯބެއަކީ ވަރަށް ގާބިލު ބޭފުޅެއް. މަރުހަބާ މިނިސްޓަރު
ނުއުމާން
02 February 2025
ވަރަށް ފުރިހަމަ ނިންމެވުމެއް ރައީސް. މަގާމުތަކަށް އަންނަންވާނީ ގާބިލު ބޭފުޅުން.
ގަސަމް
02 February 2025
މިނިސްޓަރ ތޯރިގް އަކީ ކިޔަވައިގެން ހުރި ގާބިލު ބޭފުޅެއް. އެމަނިކުފާނަށް މިކަން ވުމާމެދު ޝައްކެއްނުކުރަން.
ތޯތާ
02 February 2025
އެއޮށްލޯބި ތޯބެ އަށް ދިން ލަނޑަކާ ވައްތަރީ. ތޯބެގެ ފަސްބައި ސާފުކޮށް ދެން ބޭއްވުމަކީ ނާދިރުކަމެއް
ސޮބްރީ
02 February 2025
ތޯބެއަށް ތިކަން ވާނެބާ؟
ރެކެފުތު
02 February 2025
ވުޒާރާތުލް ރައީސުލްޖުމްހޫރިއްޔާ. ނިމުނީ. ދެން އެތަނަށް ލާނީ އެއްކަލަ ދަންނަ ނުދަންނަ އަފީފު. އެހިސާބުން ގައުމު ހިނގާނެ ފަތު އަޑުކިޔާފަ. ގައުމު ހިނގާލެއް ބާރުކަމުން ރައްޔިތުން ކޮޅަށްވެސް ބައެއް ފަހަރު ނުތިބެވުމަކީ އެކަށީގެންވާ ކަމެއް