ޚަބަރު / އެމްޕީއެލް

އެމްޕީއެލްގެ އެމްޑީ ވަޖީހު މަގާމުން ވަކިކޮށްފި

އެމްޕީއެލްގެ އެމްޑީގެ މަގާމުގައި މިހާތަނަށް ހުންނެވި ވަޖީހު

02 ފެބުރުއަރީ 2025 - 22:05

79 comments

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން ވަޖީހު ވަކިކޮށްފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފުވައްމުލަކަށް އުފަން ވަޖީހު އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގަ އެވެ.

ވަޖީހުގެ ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހުމަދު ހިޝާމް ވަޖީހު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލަކާ ކަމަށް ވާއިރު، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވެސް މިދިޔަ ހަފުތާގައި ވަނީ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވައިފަ އެވެ.

އެކަމަކު، މި ފިޔަވަޅުތައް އެޅި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެސް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެ ކުންފުނީގައި ކުރިން ހޭދަކުރެއްވި ނުވަ އަހަރުގައި ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެމްޕީއެލްގެ ވަޒީފާ އަދާކުރެއްވުމުގެ ކުރިން ވަޖީހު ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް ވަޖީހު ކުރިން މަސައްކަތް ކުރެއްވި އެވެ.

79 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 4%
icon angry icon angry 8%
icon wow icon wow 23%
icon inlove icon inlove 42%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހަކަށް ދުވަހު އައި މީހަކަށް ތި ދިން އިތުބާރު ދޯ!؟

03 February 2025

ކޮބާ އަދުރޭ ރަމަލު ޖެހުން ގަނޑު ކިހިނެއް ދަނީ؟ ސައިޒަށް ވުރެ ބޮޑެތި ވާހަކަ ދެއްކިފަވާކަން ހަދާންކޮށް، ހިތްތިރި ޚުލްގް ހެޔޮ މީހަކަށް ވުމަށް ގޮވާލަން!

The name is already taken The name is available. Register?

ޢަގަގަދަމިތުރު

03 February 2025

ޥަޖީހު ވަކި ކުރަން ލަސްވެސް ވެއްޖެ އޭންކާރެއްނެރުނު މަސްއަލަ ފެންމަތިވީމަ އޭނަޔާދޭތެރޭ ފިޔަވަޅު އެޅިނަމަ ރަގަޅުވީސް ކޮންމެމީހަކުވެސް ކާނެ ވަރަކައް ކަމްދެނަ ބެހެއްޓުމުގެ ނަތީޖާ މިފެނަނަނީ އެހެނުހަދާ ވަގުތުން ފިޔަވަޅު އެޅިނަމަކަ ވަޖީހުވެސް ސަރުކާރާއްވެސް މީހުންކިޔާއެއްޗެތި އަމަޒު ނުވާނެ

The name is already taken The name is available. Register?

ބަޔަކަށް ގަސްތުގަ ދެރަ ނުދީ، އެނބުރި އަންނާނެ.

03 February 2025

ހިސާބު ސަރގެ ކަރުތެރޭ ހިތިރަހަ ނުލާނެބާ މިހާރު؟!!

The name is already taken The name is available. Register?

ތައުޒިޔާ

03 February 2025

ވަޖީހުބެ ވެގެން އުޅުނު ކުދިން ކޮޅަށް ކިހިނެއްބާ ވާނީ !!؟؟

The name is already taken The name is available. Register?

ކުޑަ ސައިހު

03 February 2025

މިހާރު ވަޖީހުބޭގެ ހެޕިނަސް އިންޑެކްސް

The name is already taken The name is available. Register?

މެޑަމް ޕަވާރ

03 February 2025

ބާއި ބާއި އަދުރޭ ބޯއީޒް....

The name is already taken The name is available. Register?

ވާޖިހް

03 February 2025

މީ ރަގަޅަށް ޔިހެދީ.... ވަރަށް ކޮރަޕްޓް ކަންތައް ހިންގާ ވާހަކަ އަޑު އިވޭ...

The name is already taken The name is available. Register?

ފަހުދު.

03 February 2025

އަދުރޭ ޖެހި ހިސާބު ކަމަކުނުދިޔަ

The name is already taken The name is available. Register?

އަތްލޫ

03 February 2025

ޑރމުއިއްޒު އެހައްދަވަނީ ރަންގަޅައް މިއުޅެނީ އާއިލާ. ގޮވައިގެންރަސްކަމައްކުރާކައްނޫން ޑރމުއިއްޒު އެއުޅުއްވަނީ ރަތްޔިތުންނައް ރަންގަންޅުވެރިކަމެއްކޮއްދޭން އެއްބާމީހުނައްހީވަނީ ބޮޑު މަގާމެއް ލިބުނީމަ އަވަހައްވީ. ރަސްކަމެއްކުރަންހެން ބަލަގަ ކޮއްމެ މީހަކުވެސް ހަންދާން ކުރަންވީ ތިމަންނަ ހެއްދެވިފަރާތެއްވާކަން އެފަރާތް މާމޮޅައްބައްލަވާ ވޮޑިގެންވާކަން

The name is already taken The name is available. Register?

އެބަރަނގަޅުވޭ

03 February 2025

ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454