ރިޝްވާން.-- ފައިލް ފޮޓޯ: މިހާރު
05 ފެބުރުއަރީ 2025 - 14:54
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް، އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު ޑިރެކްޓަރުގެ މަގާމަށް ހ، ހަބަރުގެ، މުހައްމަދު ރިޝްވާން ހަމަޖައްސާފައިވާ ކަމަށެވެ.
ވިޔަފާރި ބަނދަރު ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، އެ ޒިންމާތައް އަދާކުރައްވަމުން ގެންދެވި މުހައްމަދު ވަޖީހު އިބްރާހިމް މިދިޔަ އާދިއްތަ ދުވަހުގެ ރޭ މަގާމުން ވަކިކުރުމުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފުވައްމުލަކަށް އުފަން ވަޖީހު އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގަ އެވެ.
ރިޝްވާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޖުލައި، 2011 ގަ އެވެ. އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ފަހު، މިދިޔަ ދުވަސްތަކުގައި ރިޝްވާން އުޅުއްވީ އަމިއްލަ ވިޔަފާރީގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިމައިޒާން
07 February 2025
މިހާރު ގެންގުޅޭ ކާރުތަކުގެ އިތުރުން ދެތިން ކާރު ގެނެސްލާ ބޭރުކޮށްލަދޭތި އިނގޭ، ފޮތް ދަށުން. ދަރިޔަށްވެސް ވާނެ ރަނގަޅު "ފުރުސަތެއް" ހޯދާލާދޭން. ދެން އެޗުޑީސީން ވަގު ހެދި، އައިޖީއެމްއެޗުގަ ގެންގުޅުނު ސޮރު ގެނައީމާ ހުންނާނީ ރަނގަޅަށް!
ފސދފ
06 February 2025
ކަޑަ މީޙެއް!!!
އޮނަރަބްލް އަފީފު ދީދީ
06 February 2025
ނޯތު ހާބަރަކީ ތިތަނުގެ ވެރިންނާއި މުވައްޒިފުންގެ ޕްރައިވެޓް ޕާކިންގ އެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް. މުޅި ހާބަރު ސަރަޙައްދުވަނީ ކުންފުނީގެ މުވައްޒިފުންގެ ޕްރައިވެޓް ކާރު ތަކާއި ސައިކަލް ތަކުން ފުރިފައި. މިކަން ރަނގަޅުކޮށް ބޯޓް ތަކަށް މުދާ އަރުވަންދާ ވެހިކަލް ތަކަށް ނޯތު ހާބަރަށް ފަސޭހައިން ވަދެ މުދާ ބޭލެންދެން ސަރަޙައްދުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސާ ތަނުގައި އޮތް މުވައްޒިފުންގެ ޕާކިން ހުސްކޮށްދޭން ޖެހޭ.
އަހްޒަމް މުހައްމަދު
06 February 2025
މީ މިކަމުގައި ހަމަ އެއްމެ ރަނގަޅު ގޮތް. ސިޔާސީ ނޫން މީހުން ލައިގެން ވާނެ މިކަން.
ޝަމްރާޒް
06 February 2025
އުފާވެރި ހަބަރެއް. ރަނގަޅު ވާނެ ހަމަ ޔަގީނުންވެސް.
އުއް މީދު
05 February 2025
ދާއިރާއާ ނުގުޅޭ މީހުން ގެނަސްމިލަނީ ކީއްވެބާ، ބަޔެއް އެހެނަސް ބަޔެއް ރަނގަޅު އުސޫލުތަށް، މަނިކުފާނުގެ ޒައާމަތުގަ ފެންނާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަން.
ލައުފާނު ހާރިސު
05 February 2025
ރިޝްވާންއަކީ އަހަރެން ދަންނަ މީހެއް. ޔަގީނުންވެސް ތެދުވެރިވާނެ!
ސަކީނާއްތަ
07 February 2025
ޤައުމަށްތަ؟ ނޫނީ ކަލެޔަށްތަ؟
ޖައުފަރުު
05 February 2025
މީ ގައުމު ކުރިއަރުވާނެ ކަހަލަ ބޭފުޅުންނަކީ. ހިންތުންތެރިން.
ހަމީދުު
05 February 2025
ގާބިލު ތަޖުރިބާހުރި ބޭފުޅެއް.
އާރމީ
05 February 2025
ފެނަކަ ހިންގަން ކުރީގެ ސިފައިންގެ މީހެއް ހޯމް މިނިސްޓްރީ ހިންގަން ކުރީގެ ސިފައިންގެ މީހެއް އެމްޕީއެލް ހިންގަން ކުރީގެ ސިފައިންގެ މީހެއް ... ތިކުދިންނަށް އިނގޭ ތަންތަން މިލިސްޓަށް އެޑްކޮށްލަދެއްވާ !