ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ހދ. އާއި ތ. އަތޮޅު ފަދަ ހިސާބުތަކަށް ޓޫރިޒަމް ފުޅާކުރުން އަމާޒަކަށް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުއިއްޒު މިއަދު މަޖިިލިހުގެ އިދާރާ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުބާ ދަންނަނަވަނީ.---ފޮޓޯ: މަޖިލިސް

06 ފެބުރުއަރީ 2025 - 09:55

7 comments

ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް މިހާތަނަށް ފުޅާވެފައި ނެތް ހދ. އާއި ތ. އަތޮޅު ފަދަ ހިސާބުތަކަށް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މި އަހަރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ، އެފަދަ އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރާނީ އިންސްވެޓް ކުރުމުގެ ލުއިތަކުގެ އިތުރުން "އެ ނޫން އިންސެންޓިވްތައް" ދީގެން ކަމަށެވެ. އެހެންވެ، ހދ. އާއި ތ. އަތޮޅު ފަދަ ފަދަ ރަށްރަށުގައި މި އަހަރު ރިސޯޓުތައް ހަދަން ފެށުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ވަނީ މިދިޔަ އަހަރު ޒިޔާރަތް ކޮށްފަ އެވެ. އަދި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓު އިތުރު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި އަހަރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން. މި އަމާޒު ހާސިލް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފެށިފައި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖެ އަށް ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި މޯލްޑިވިއަން އެއާލައިނުން ފުރަތަމަ ފަހަރަށް ވައިޑްބޮޑީ އެއާކްރާފްޓް އިފުތިތާހު ކުރިކަން ފާހަގަކުރައްވައިފަ އެވެ. ޗައިނާގެ އިތުރު ސިޓީތަކާއި އެހެނިހެން ސަރަހައްދުތަކަށް މޯލްޑިވިއަން އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތްތަައް ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ އެއާއެކު، މި ފުރުސަތުގައ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް އޮކްޓޫބަރުގައި ގެނައުމަށް ވަނީ ހަމަޖެހިފައި. މިކަމުގެ ސަބަބުން ޔޫރަޕްގެ ބައެއް މަންޒިލްތަކަށް ވެސް ގައުމީ އެއާލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީކާއިލް.

06 February 2025

އޭއި. އަފީފޫ. އައްޑޫ ބުރިޖުގެ ވާހަކަ ރައީސް ނުދެއްކެވީ އެ ބުރިޖު މިދިޔަ އަހަރަު އަލާ ނިންމާފައި އޮތީމަދޯ ؟ އެމްޑީޕީ އިން އަޅާފައި އޮތް އައްޑޫ ހަންކޮޅު ބުރިޖު އަދިވެސް އެއޮތީ ނުހުޅުވާ. މިވަރު މީހަކަށް ހުލުމީދޫ ބުރިޖު އެޅޭނެތަ ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ރަނގަޅު ގޮތުގައި ކުރިއަރާ ސިނާއަތުގެ މަންފާ ސަރަޙައްދުގެ ރައްޔިތުމީހާއާއި ހަމައަށް ގެންދިއުމަށް ބޭނުން ނަމަ. އަދި ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަކަށް މިކަންކޮށް މަދު އަދަދެއްގެ މަހުޖަނުންގެ ތިޖޫރީ ބަންޑުންވާވަރަށް އެމީހުނަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ބަދަލުގައި "ސީދާގޮތުން ދައުލަތަށާއި ރައްޔިތުމީހާއަށް އާމްދަނީ ލިބޭނެ ގޮތަކަށް" ތިކަންކަން ރާވާ ހިންގުން ވަރަށް މުހިންމު ކަމަށް ދެކެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

މަތީގައިދެންނެވި އުސޫލުން ސީދާގޮތުން ދައުލަތަށާއި ރައްޔިތުމީހާގެ އާމްދަނީ އިތުރު ކުރެވޭނީ ވަންއައިލެންޑް ވަން ރިސޯޓްގެ ބަދަލުގައި މީހުން ދިރިނޫޅޭ ބޮޑެތި ރަށްރަށް Tourist Island ތަކެއްގެ ގޮތަށް ތަރައްޤީކޮށް ކޮންމެ ރަށެއްގައިވެސް 20، 40، 60 ކޮޓަރީގެ އެންމެ މަދުވެގެން 30 ހޮޓާ ތަރައްޤީކޮށް އެ ހޮޓާތަށް ދައުލަތާއި ރައްޔަތް ޙިއްސާވާ ޓްއަރިޒަމް ކުންފުނި MTDC މެދުވެރިކޮށް 50 އަހަރަށް އެތަންތަން އެއްފަހަރާ ފައިސާދީފައި ގަންނާނެ ބަޔަކަށް ދޫކޮށްގެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

ޓްއަރިސްޓް އައިލެންޑް ތައް ތަރައްޤީކުރުމަށް ދައުލަތުގެ ސޮވަރިންގ ގެރަންޓީގައި ލޯނު ނަގައި MTCC ގެ ބައިވެރިވުން އޮންނަ ގޮތަށް (ބޭނުމަކީ ޕްރޮޖެކްޓް ހިންގާ ނިމޭއިރު މިފަދަ ކަންކަމަށް ބޭނުންވާ މެޝިނަރީ އާއި އިންސާނީ ވަސީލަތް ކުންފުނީގައި ޤާއިމް ކުރުން) ލޯނު ދޭ ޤައުމެއްގެ ކުންފުންނަކަށް ޕްރޮޖެކްޓް ދީގެން މަސައްކަތް އިންމުމަށްފަހު މަތީގައި ދެންނެވިގޮތަށް MTDC މއދުވެރިކޮށް އެއްފަހަރާ އިންވެސްޓްމަންޓްގެ އަގު ދޭ ފަރާތަކށް 50'އަހަރަށް ހޮޓާތައް ވިއްކާލާނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

ޓްއަރިސްޓް އައިލެންޑް ތައް ތަރައްޤީކުރުމަށް ދައުލަތުގެ ސޮވަރިންގ ގެރަންޓީގައި ލޯނު ނަގައި MTCC ގެ ބައިވެރިވުން އޮންނަ ގޮތަށް (ބޭނުމަކީ ޕްރޮޖެކްޓް ހިންގާ ނިމޭއިރު މިފަދަ ކަންކަމަށް ބޭނުންވާ މެޝިނަރީ އާއި އިންސާނީ ވަސީލަތް ކުންފުނީގައި ޤާއިމް ކުރުން) ލޯނު ދޭ ޤައުމެއްގެ ކުންފުންނަކަށް ޕްރޮޖެކްޓް ދީގެން މަސައްކަތް އިންމުމަށްފަހު މަތީގައި ދެންނެވިގޮތަށް MTDC މއދުވެރިކޮށް އެއްފަހަރާ އިންވެސްޓްމަންޓްގެ އަގު ދޭ ފަރާތަކށް 50'އަހަރަށް ހޮޓާތައް ވިއްކާލާނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

މިދެންނެވި ހޮޓާތައް ވިއްކި މުއްދަތު (50 އަހަރު) ހަމަވުމަށްފަހު ހޮޓަލުގެ މިލްކުވެރިކަން ބަދަލުވާނީ MTDC އަށް. މިފަދަ ހުރިހާ ރަށެއްގެ ފެނާއި، ކަރަންޓް މަގު އަދި ދަތުރު ފަތުރު ފަދަ ޔޫޓުލިޓީޒް ހިދުމަތްތައް ދެމުން ގެންދާނީ ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނިތަކުން. ގިނަބަޔަކު ވިޔަފާރީގައި ޝާމިލް ކުރުމަށްޓަކާ މިރަށްރަށުގެ ރެސްޓޮރާންޓް، ކެފަޓޭރިއާ އަދި ލޯންޑަރީ ފަދަ ހިދުމަތްތަކަކީވެސް ހޮޓާތަކާއި ވަކިން އެހެންފަރާތްތަކަށް ދޫކޮށްގެން ހިންގާނެ ތަންތަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2025

މި ކޮންސެޕްޓަކަށް މިކަންކުރުމުން އަހަރަކު 4 މިކިޔަނެއްހާ އިންޑިޔާ، ޗައިނާ އަދި އިރުމަތީ ޔޯރޮޕާއި، އާސިއާންގެ މެދުފަންތީގެ ފަތުރުވެރިން އަންނާނެ. މިކަންކުރުމަށްޓަކާ ކ.މާލޭ އެއަރޕޯޓްގެ ބަދަލުގައި ހަނިމާދުއާއި އައްޑޫ އެއަރޕޯޓަށް ބޭރުގެ މަންޒިލްތަކުން ޑިރެކްޓް ފުލައިޓް އާދެވޭނެ އިންތިޒާމް ހަމަޖައްސާ ކޮންމެ އެއަރޕޯޓެއްގައި 1000'ކޮޓަރީގެ 4 ތަރީގެ Airport Transmit Hotel ތަރައްޤީކޮށް ފުރަތަމަ މިތަންތަން ހިންގާން ޖެހޭނެ. މިނޫން ގޮތަކަށް ތިކަން ނުކުރެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454