ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ: އެމަނިކުފާނު ވަނީ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދޭނެ ކަމަށް ވިދާޅުވެފައި.
06 ފެބުރުއަރީ 2025 - 09:33
ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ނުދެއްވުމަކީ އެ މަނިކުފާނުގެ އަޒުމު ކަމަށާއި އެއީ އެކަމަށް ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ ކަންކަމަކީ އެ މަނިކުފާނު އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ އަދި ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ކަންކަން ކަމަށެވެ.
އެހެންވެ، ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ވަރުގެ ގާބިލުކަން އުފައްދަން މި މަސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ދެގުނަކޮށް، ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތާއި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެެ.
"ކޯސްޓްގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޓު ސްކޮޑްރަން 3 ނޮވެމްބަރު 2024 ގައި ވަނީ އުފައްދައި ހިދުމަތަށް ނެރެފައި،"
ރައީސް ވިދާޅުވީ ވައިގެ މަގުން ގައުމު ދިފާއުކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. މިދިޔަ އަހަރުގެ މާޗު 15 ގައި އެމްއެންޑީއެފް އެއާކޯ އުފެއްދި ސަބަބަކީ ވެސް ޒަމާނީ އަސްކަރީ ގާބިލުކަން އިތުރުކުރުން ކަމަށާއި އެއާ އެކު އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ހިދުމަތް ފެށުމުން، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ބޭރުގެ އުޅަނދުތަކެއް ވެސް، އެ ވެހިކަލްތަކުގެ އެހީގައި ހޯދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުއިއްޒު މިއަދު މަޖިިލިހުގެ އިދާރާ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުބާ ދަންނަނަވަނީ.---ފޮޓޯ: މަޖިލިސް
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއާ ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.
- އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިއަހަރު މަސައްކަތް ކުރެވޭނެ.
- ގިރިފުށި ޓްރެއިނިން މަރުކަޒުގެ ޖާގަ އާއި ވަސީލަތްތައް އިތުރުކުރެވޭނެ.
- އިންސާނީ ގާބިލުކަމާއި ވަސީލަތްތަކުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ.
- ފަޔާ އެންޑް ރެސްކިއު އަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިއްމު ކަންކަން ވެސް މިއަހަރު ފެށޭނެ.
ފުލުހުންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އަމަން އަމާންކަމާއި ލޯ އެންޑް އޯޑާ ބެލެހެއްޓުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ވަނީ ހުޅުވައިފަ އެވެ. އަދި ފުލުހުންގެ ހިދުމަތް ނެތް 39 ރަށެއްގައި މި އަހަރު އެ ހިދުމަތް ގާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ވަގުތީ ޕޮލިސް ސްޓޭޝަންތައް ހަދައިގެން ހިދުމަތް ދެމުން އަންނަ 20 ރަށުގައި ވެސް ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެއާ އެކު، މުޅި ރާއްޖެ އަށް ފުލުހުންގެ ހިދުމަތް ފުޅާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނަތީޖާއެއްގެ ގޮތުން މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފަށާފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ، ފުލުހުންގެ ހިދުމަތުގައި އިތުރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
06 February 2025
އަބަދު ދައްކާަ ވާހަކައެއް! ގައުމުގެ މިނިވަންކަމަށް ލޮޅުމެއް އަޔަސް އެކަން ކޮށްފާނެ ކަމަށް ބެލެވޭ ދެ ގައުމާ ގާތްވެވޭތޯ ސަރުކާރުން ކެޑިނޭޅި މަސައްކަތް ކުރަނީ. ދެން ނޭގޭ ކޮންބަޔަކާ ހަގުރާމަ ކުރަން ކަމެއް ދިވެހި އަސްކަރިއްޔާ ވަރުގަދަކޮށް ރެޑީ ކުރަނީ. އަސްކަރިއްޔާ ވަރުގަދަ ކުރަން އަހަރެން އަބަދުވެސް ތާއިދު. އެއީ ޗާގޯސް އަބުރާ ހޯދަން އަސްކަރީ ބޭނުން ހިފަން ޖެހިދާނެ ކަމަށް ވިސްނާފަ.އަސްކަރިއްޔާގެ ބޮޑުބެރު ގްރޫޕް ވެސް އިތުރަށް މޮޅުކުރަން ޖެހޭ.
އަހްމަދް
06 February 2025
މުއިއްޒު ކޮންމެ ކަ.މެއް ކުރިޔަސް މިނިވަން ކަމަކަށް ލޮޅުމެއް ނާރާ. އެހެން މީހެއް ކޯށްފިއްޔާ ގައުމު ވިއްކާލީ. ރީއްޗެންނު ވާހަކަ.
ީޑޮކްޓަރު
06 February 2025
އެއް ގޮތަކަށް ވެސް ދޫ ދީގެން ނުވާނެ! ނު ދޭތި ހަނދާންކޮށް
ސިއްތި
06 February 2025
އިންޑިޔާއާއެކު ހަދާ ޑީލްތައް ހާމަކުރާންއުޅެހެރޭ.
އުދުހޭ
06 February 2025
ޓެކްސް ފައިސާއިން ތަރައްގީގެ ޕްރޮޖެކްޓް ނުހިންގާ ސިޔާސީ މީހުންނަށް މުސާރައިގެގޮތުގައި ބެހުން ހުއްޓާލުން މިއަހަރު އެބައޮތްތޯ؟
ގުއްބުއްދީން ޙިކްމަތްޔާރް
06 February 2025
ރާއްޖޭގެ އިސްތިގުލާލީ ސަރަހައްދެއްކަމަށްވާ ޗާގޯސްރަށްތައް ރާއްޖޭގެ އަތްދަށަށް ގެނައުމުގެ މަސައްކަތް މިހާރު އޮތީ ކިހާހިސާބެއްގާތޯ؟ ޓުރަންޕާ ނުވަތަ ޗާލްސާ އެކު ޑީލެއްްހަދައިގެންނަމަވެސް ރާއްޖޭގެ އިހްތިސާސްތެރެއަށް މިރަށްތައް އެބަޖެހޭ ވައްދާން.
މުކައްޒިބު
06 February 2025
"އެހެންވެ، ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ވަރުގެ ގާބިލުކަން އުފައްދަން މި މަސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ." ކަލޯ ޕޯޗުގޯޒުން އަރައިގެން ތަ މި އުޅެނީ
ކާންޓްޓްރަސްޓް
06 February 2025
ބަހާއި އަމަލު ދިމާނުވާ.
ހަގީގަތްް
06 February 2025
ވޭތުވެދިޔަަ ތަނުގައި ގައުމު ދަރުވާލި ބޮޑު ދަރަންޏާ، ރައްޓެހިންނަށް ބަހާލި ރައްޔިތުންގެ ފައިސާތަކާ، ވޭޕާއި ދުންފަތް، ބިދޭސީންގެ ވަގުފާރި ކޮންޓްރޯލް ކުރުމާ، ކެރިގެން ކޮރަޕްޓް މީހުން ދުރަށްލުންފަދަ، ޑޮލަރު މާރުކުރަން މަޖުބޫރު ކުރުންފަދަ ރައްޔިތުންނާ ގުޅުންްހުރި ކަންކަމާ ދެކޮޅަށް ދައްކާނެެ ވާހަކައެއް ނޫނީ އިދިކޮޅޭމެނަށް މިވަގުތު ނެތް. މިކަންކަން އޮޅުވާލައިގެން ރައްޔިތުންގެ ބޯކާން އުޅޭނެކަމެއް ރީނދުުލޭމެން ތެޅޭނެކަމެއް ނެތް.
ސަސި
06 February 2025
ހެޔޮ ނުވާނެ ދެން މިނިވަން ކަމާއި ސިޔާދަތުގެ ވާހަކަ ނުދައްކާ