ޑޮލަރުތަކެއް. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ފުރާ މީހުންނަށް 1،000 ޑޮލަރު ލިބެން ފަށާނެ -- ފޮޓޯ: މިހާރު
06 ފެބުރުއަރީ 2025 - 10:22
ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރާ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން ދެގުނަކޮށް 1،000 ޑޮލަރު ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ވިދާޅުވީ، ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.
2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރު ކުރެވިގެންދާނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. -- ރައީސް
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ހުރިހާ ޑޮލަރެއް ކަޅު ބާޒާރަށް ނުގޮސް، މި އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހޯދޭނެ އެވެ.
"2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި، ރައީސް ރިޔާސީ ބަޔާން އިއްވަނީ. -- ފޮޓޯ | މަޖިލިސް
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި، ކްރެޑިޓް ކާޑު ލިމިޓު ވެސް 750 ޑޮލަރުން 1،400 ޑޮލަރަށް ބޮޑު ކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުވަމުންދާ ވަރަކުން އެކަމުގެ ފައިދާ ރައްޔިތުންނަށްކޮށް، ފުދުންތެރިކަން އިތުރު ކުރެވޭނެ ކަމަށެވެ.
"މި ގާނޫނު ތަންފީޒުކުރުމުގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަން ޖެހޭ އެންމެހާ ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް މިދިޔަ މަހުގެ ފަހުކޮޅު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި ވިދާޅުވީ، މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
11 February 2025
ކަންކުރަންވީގޮތްވެސް ނޭގޭ ސަރުކާރެއް މިއީ. ދައްކަންވީ ނުދައްކަންވީ ވާހަކައެއް ނޭގޭ. ސްޓޭކް ހޯލްޑާސްއިންނާއި އެހާ ދުރު. ވަށައިގެންވާ ކަންކަމުގެ މަޢުލޫމާތު އެހާދަށް. ސިޓީއެއްގެ ޖަވާބު ލިބޭލެއް އެހާ ލަސް. ސަރުކާރުން އޮންނަނީ ސަރުކާރުގެ އެހެން ޑިޕާޓުމެންޓުތަކާއި ވިޔަފާރިތަކަށް ދަރާފަ. 2026 ލޯނުގެ ބޮޑު ރިޕޭމަންޓެއް ދައްކަން ޖެހެއޭކިޔާ. ޚަރަދުކުޑައެއް ނުކުރެވޭ. މަޖިލިސް މެމްބަރުން އެހާ ގިނަ. ވާކަމެއް ޙަރާން. ބުނާ ގޮތަކަށް ނުވާނެ އެއްކަމެއްވެސް.
ފެކްޓްް
09 February 2025
މިއަހަރަށް އޮތީ، ކުރިން އަހަރު ގޮތަށް މިއަހަރުގެ ބަޖެޓު ވާނުވާއަށް އަހަރު ނުނިމެނީސް ތަޅާ ހުސްކޮށްލުން. އެކަކަށްވެސް ބުނާކަށް ނޭނގޭނެ ހުސްވީ ކޮންކޮން ސަބަބަކާ ހުރެކަމެއް.
ޔޫރޯ
06 February 2025
ވާއު. ވަން ތައުޒަނޑް ހޯލް ޑޮލަރސް
ބުރަތޭރީ
06 February 2025
ރަނގަޅު ހެޔޮބަދަލެއް ކަމުގައި ދެކެން...
އަލީމްގ
06 February 2025
މިއަހަރުގެ ވާހަކަ ދައްކަބަލަ، މިއަހަރައް އެއްވެސް ކަމެއް ނެތީތަ
ރާވެރިބެ
06 February 2025
އެހެންވީމަ އިމަޖަންސީކޮށް ބޭސް ފަރުވާ އަށް މިހާރު ފުރަން އުޅޭ މީހުން ވެސް މަޑުކޮށްލާ މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ ތި ބުނާ 1000 ޑޮލަރު ލިބުނީމަ ފުރަން! އަމައްޔާއި!
ދިވެހިދިދާ
06 February 2025
މަހީކުރީ މީ 2025 ގެ ރިޔާސީ ބަޔާން ކަމަށް.. އެކަމަކު ގިނައިން އަޑު އިވުނީ 2026 އަދި 2027 ގައި ކަންތައް ކުރާ ވާހަކަ. ރައްޔިތުންނަށް ވުރެ މާ ކުރީގަ ތޯ ރައީސް ތިއުޅުއްވަނީ.. ރިޔާސީ ބަޔާނުގައި ގިނައީ ބޭކާރު ހާސަރުތައް.. އެހާ އެހާ އެއް ނޫން ރިޔާސީ ބަޔާން . ކަމަކު ނުދޭ..
ހުވަދޫކުއްދާ
06 February 2025
މަޖްލިސް އިންތިހާބަށް ރީތި ކުރެހުން ދެއްކާފަ ސޮއިކުރި ތިނަދޫ އަދި ވިލިގިނލި އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވާހަކަ ވެސް ދައްކާނެ ކަމަކަށް އުއްމީދު ކުރިން..
އަޒާން އައްޑޫ
06 February 2025
ޥެލާނާ އެއަރޕޯޓުން ފުރާ ދިވެހިންނޭ ވިދާޅުވި އިރު މަނިކުފާނަށް އެނގިނުލައްވަނީ ތޯ މީހާރުވެސް ހަނިމާދޫ އަދި ގޭން އެއަރޕޯޓުން ފުރައިގެން އިންޑިއާ އަދި ލަންކާ އަށް ދިވެހިން ދާކަން... ނުވަތަ 2026 ވާއިރަށް އެ 2 އެއަރޕޯޓް ޑޮމެސްޓިކަށް ބަދަލުކޮށްލަނީތޯ ..
ޕާޓީ ކުއްޖަ
06 February 2025
އާނ
ހިތުކޫރު
06 February 2025
ދަރަނި ދެއްކޭތޯ ބަލާބަލަ ފުރަތަމަ...