ޑިފެނެސް މިނިސްޓަރު ޣައްސާން މަޖިލީހުގައި ވާހަކަ ދައްކަވަނީ
07 ފެބުރުއަރީ 2025 - 00:37
އައްޑޫ ރައްޔިތުންނަށް ނިސްބަތް ކުރައްވައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އޭނާ އެކްސްގައި އެ ސިޓީ އާއެކު ވިދާޅުވީ ރިޔާސީ ބަޔާނަށްފަހު މަޖިލިސް ތެރެއިން ޣައްސާނާ ބައްދަލުވެ ދެކެވުނު ވާހަކައިގައި އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ޣައްސާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ ދެންނެވި ކަމަށެވެ.
އޭގެ ރައްދުގައި އައްޑޫގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ވަރަށް ހުތުރުކޮށް ޣައްސާން ވާހަކަ ދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ އިދާރާއިން މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ގުޅުއްވި ކަމަށް ވިދާޅުވުމުން ވަޒީރު ކޯފާ އިސް ކުރައްވައި، ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫ އަކީ މަށާ ބެހޭ ވެސް ތަނެއް ނޫން،" އެ ސިޓީގައި ވެ އެވެ.
ޣައްސާނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަރަށް ގިނައިން ބައްދަލުވެ ވާހަކަ ދެކެވިފައި ހުރި ބޭފުޅެއް ކަމަށާއި އައްޑޫ ރައްޔިތުން ޕީއެންސީ އަށް ވޯޓުދީފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކު ވެސް ވޯޓު ނުދޭވަރު ކޮށްދޭނެ ކަމަށް ޣައްސާން މީގެކުރިން ދެއްކި ވާހަކަތައް އޭނާއަށް ހަނދާާންކޮށް ދެއްވި ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ނަމަވެސް ޣައްސާން އިތުރަށް ކޯފާ އިސް ކުރައްވައި، "ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން. އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށް ވިދާޅުވި ކަމަށް ވެސް އެ ސިޓީގައިޥެ އެވެ.
އެ ސިޓީގައި ވަނީ ޣައްސާން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އޭނާއަށް ދެންނެވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޖާ
08 February 2025
މިއީ ހަގީގަތުގައިވެސް ވަޒީރުގެ ބަސްމަގުހުރިގޮތްކަމުގައިވާނަމަ މިއީވަރަށްވެސް ހައްސާސީ މައްސަލައެއް ހާއްސަކޮށް ދިފާއީވަޒީރުގެ މަގާމުގައިހުރެމެ. އައްޑޫއަކީ އެބޭފުޅާޢާއި ބެހޭތަނެއްނޫނޭ ވިދާޅުވުމުގެ މާނައަކީ އައްޑޫއަކީ ދިވެހިޖުމްހޫރިއްޔާގެ އިހުތިސާސްތެރޭގައި ހިމެނޭތަނެއްކަމަށް ދިވެހިދައުލަތުގެ ދިފާއީ ވަޒީރަށް އޮޅިވަޑައިގެންފައިހުރުން. އޮޅިވަޑައިގެން ހޮޅިވާހަކަދައްކާ ވަޒީރަކު މިހާޒިއްމާބޮޑުމަގާމެއްގައި ބަހައްޓަންހެޔޮނުވާނެ.
ކޮރަލް
07 February 2025
މަޖްލީހުގެ ނެމްބަރުންގެ ޒިންމާ އަކީ ގަނޫނު ހެދުމެވެ . ސަރުކާރު އޮފީސް ތަކުގެ ވެރީންނަށް ގުޅާ މޭޒު ދަށުން ކަންކަމު ކުރަން ކިއުމެއް ނޫނެވެ .
ޙަސޭ
08 February 2025
އެމީހަކަށް އެގޭފެންވަރަކުން ކޮމެންޓުވެސް ކުރެވޭނީ. ޢެކަންމިފެންނަނީ.
އަލީބެ
07 February 2025
އަބުދުއްރަހުމާނު އަޅާނުލާ މިފަސްއަހަރުނިމުނީމަ ދިވެހިރައްޔިތުން ވެސް އަދި އައްޑޫރަތްޔިތުންވެސް ހިންގޭނެ މަގޭނަސޭހަތަކީ ތިކަހަލުގެވަޒީރުންނާޖެހި. އަބްދުއަށް ވޯޓްދިން ރަތްޔިތުންގެމަތިން ހަންދާން ނައްތާ ނުލާތި އަޅުގަންޑުވިސްނުންފަހަރެއްގާކޮށިވެދާނެ އަޅުގަންޑަފެންނަގޮތުގާ އަބުދުއްރަހުމާނުތިޔަހުންނަވީ ރަތްޔިތުންގެފަޅީގަ އަބުދުއައް ފައްފަށުން ޝުކުރު
އައްޑޫ މެންބަ
07 February 2025
ތިޔަ އައްޑޫމެންބަރު ގޮނޑިލިބުނުގަހުން މީގެން ދުވަހަކު ރައްޔިތުން ކައިރިއަށް ދިޔަބާ.؟
ގަރީނު
07 February 2025
މެންބަރުންގެ ގޮތުގައި ތަންދޮރު ދަންނަ މީހުން ހޮވަން ޖެހޭ.
އިންޑެކްސް
07 February 2025
މަޖިލީހުގެ މެންބަރުން ވަޒީރުންނާ ގުޅައި ކަންކަމު ކިޔުމަކީ ކޮރަޕްޝަން. މަޖިލީހުގެ މެންބަރުން ކޮރަޕްޝަން ހިންގުން ހުއްޓާލައިގެން ނޫނީ ކޮރަޕްޝަން ނުހުއްޓޭނެ. ވަޒީރުންގެ ކިބައިން ކަންކަން އޮޅުންފިލުވަންވީ ގޮތާއި ރައްޔިތުންނާބެހޭ ހުށަހަޅަންވީ އުސޫލުން ބޭރުން ކުރާ ކަންކަމަކީ އެއްވަނަ ދަރަޖައިގެ ކޮރަޕްޝަން.
އައްޑޫ މީހާ
07 February 2025
ބަލަ މަޖިލީހުން ދިމާވިޔަސް ދެމީހުން ދޭތެރޭ ދެކެވުނު ވާހަކައަކަށް އައްޑު އަތޮޅު ރައްޔިތުން ކައިރިން ކޮންކަމަކާ ހެދިހޭ މާފަށް އެދެންވީ؟ ވެން ޔުއާ އީގޯ ހާޓްސް ވައި ރައްޔިތުން؟
މުލޭ
07 February 2025
މަޖުލިސް މެންބަރުން މިނިސްޓަރުންނަށް ގުޅައިގެން ކުރަންޖެހޭ ނުވަތަ އޮޅުންފިލުވަންޖެހޭ ކަންކަން ހުރެގެންނުވާނެ. މެންބަރުންގެ ޒިންމާ މެންބަރުންނަށް ނެނގެންޏާ މެންބަރުކަން ނުކުރީމަ ނިމުނީ. މިނިސްޓަރުންގެކައިރިން ކަންކަން އޮޅުފިލުވަންޖެހޭގޮތް ނޭނގޭ ހިސާބަށް މެެންބަރުންގެ ކަންކަން ދިޔައިމަ އިސްތިޢުފާ ދީފައި އެހެންކަމަކާ އުޅުން ބިއްދިވެރި. ގައުމުގެ ދިފާޢަށް ކުރަންޖެހޭ ކަންކަމަށްވުރެ މެންބަރެއްގެ މަސްލަޙަތު އިސްކުރެވެން ނޯންނާނެ.
ދެރަ
07 February 2025
ޣައްސާނަކީ ކޮރަޕްޝަނާ ދެކޮޅު ބޭފުޅެއް
ދޮންދީނާ
07 February 2025
ޤަބޫލުކުރަން ވަރަށް ދަތި ތިވާހަކަ. އެއީ ރައީސް މައުމޫން އާއި އަނބިކަނބަލުން ނަސްރީނާ އަކީ ބަސްމަގު ހުތުރު ބޭފުޅުންނެއް ނޫން. އެދެބޭފުޅުންގެ ބޭފުޅުން ތަރުބިއްޔަތު ކުރެއްވީ ރިވެތި އަޚްލާޤެއްގެ މަތީގައި. ފިތުނަ އުފައްދަން މަސައްކަތް ނުކުރޭ.
އިބުރާ
08 February 2025
މިކަހަލަ ކަނޑު ކޮހުންނާ ހެދި މިތާ އެއްކަމެއް ވެސް ރަނގަޅު ނުވަނީ. ސިޔާސީ މީހުންގެ ފައި ބުޑައް ވެއްޓި ބޮސް ދިނުން ފިޔަވާ އިތުރު ކަމެއް ކުރަ އިނގޭތަ؟