09 ފެބުރުއަރީ 2025 - 10:43
މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) އަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް ނިޔާވެއްޖެ އެވެ.
އެމްއެމްއާރްއައިގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.
އޭނާ ނިޔާވުމާ ގުޅިގެން ތައުޒިޔާ ފޮނުވައި އެމްއެމްއާރްއައި އިން ބުނީ ޝަކީލަކީ މެރިކަލްޗާ ރިސާޗް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވައިވާ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ތަރިކައެއް ކަމަށެވެ.
އެމްއެމްއާރްއައިން ޝަކީލް ސިފަކުރައްވާފައިވަނީ އެ ދާއިރާގެ މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެ އިންސްޓިޓިއުޓްގެ ގިނަ މުވައްޒަފުންނަށް މެންޓާއެއްގެ އިތުރުން ބައްޕައެއްގެ ރޯލު އަދާކުރަމުން ދިޔަ ބޭފުޅެއްގެ ގޮތުގަ އެވެ.
ޝަކީލްގެ ވަކިވުމަކީ އެމްއެމްއާރްއައި އާއި މުޅި މެރިކަލްޗާ ރިސާޗަށް ލިބުނު ގެއްލުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޝަކީލްގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުރާސިލް
09 February 2025
ޝަކީލަކީ ވަރަށް ހިތްހެޔޮ މަޑުމައިތިރި ބޭފުޅެކެވެ. މާތްﷲ ޝަކީޅުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
ޝިހާމް01
09 February 2025
ޝަކީލް އަކީ ބަސްމަދު، މަޑުމައިތިރި ސިފައެއްގެ ވެރިއެއް، ރައްޓެހިންނާ ސަމާސާ ކުރުމުގައި ވަރަށް މަޖާ މީހެއް. ދިވެހިބަހަށް ލޯބިކުރާ، ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމަށް ބުރަ މަސައްކަތެއް ކުރެއްވި އަގުހުރި ދަރިއެއް. ޟަކީލް ނިޔާވި ހަބަރު ލިބުމުން ލިބުނީ ޟޮކެއް، އެހެނީ އިއްޔެގެ 15:30 ގައި ވެސް މީހުންނާ ގުޅުއްވާ ކުރައްވަމުން ގެންދަވާ މަަސައްކަތުގެ ވާހަކަ ދައްކާފައ އެބަހުރި - މާތްﷲ މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށ
ހާސަރު
09 February 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ސަނީސައިޑްބޮންޑް
09 February 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ