ދުނިޔޭގައި މިހާތަނަށް ރެކޯޑު ކުރެވިފައި ނުވާ އާ މަސް: އެ ބާވަތުގެ މަސްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ ފެނިފައި
07 ޑިސެމްބަރ 2024 - 22:00
ދުނިޔޭގައި މިހާތަނަށް ރެކޯޑު ކުރެވިފައި ނުވާ އާ މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެ އެވެ.
މެރީން ރިސާޗް އިންސްޓިޓިއުޓް އިން ބުނީ ރާއްޖޭގެ އަށް ސަރަހައްދަކުން އެ މަސް ފެނުނު ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށާއި އެއީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ކަމަށެވެ.
އެހެންވެ މުޅި ރާއްޖޭގެ އެކި ހިސާބުތަކުން އެ މަސް ފެންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެ މަސް ފެނިފައި ވަނީ 95 މީޓާރާއި 110 މީޓަރާ ދެމެދުގެ ފުންމިނަކުން ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ.
އެ މަހަަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" ކަމަށް އެ އިންސްޓިޓިއުޓް އިން ބުންޏެވެ. އެއީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެއް ކަމަށް ވެސް މެރީން ރިސާޗް އިންސްޓިޓިއުޓް އިން ބުންޏެވެ.
ދަލެއް ބޭނުން ކޮށްގެން އޭގެ ހަތަރު މަސް ހިފުމަށޤ ތަހުލީލު ކޮށްފައިވާ ކަމަށް އެ އިންސްޓިޓިއުޓް އިން ބުންޏެވެ.
"ތަހުލީލުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި އެ މަސް މީގެ ކުރިން ދުނިޔޭގެ އެހެން އެއްވެސް ސަރަހައްދަކުން ރެކޯޑް ކުރެވިފައެއް ނުވޭ." އެ އިންސްޓިޓިއުޓް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުންކަރަށްއަލީ
08 December 2024
މިރާއްޖޭގައި މިހާރު މިއުޅޭ މީހުން ވެސް ދުނިޔޭގެ އެއްވެސް ތާކުން ނުފެންނަ ކަހަލަ ބައެއްމީ މި މީހުންނަކަށް ތަބާވާން ޖެހޭ އެއްވެސް ގާނޫނެއް ގަވައިދެއް ހިފަހައްޓަންޖެހޭ ހަމައެއް ނޯވޭ އެމީހަކާ އެމީހެއް މިތަނުގެ މީޙުން ތަހުލީލުކޮށްލާފަ އާނަމެއް ކިޔަން ވެއްޖެ
ދސފަފސދފ
09 December 2024
ޔޫ ހާދަ މޮޅޭ؟؟؟ މަހަކާ ބެހޭ އާޓިކަލް އެކުން ޕޮލިޓިކްސް؟؟
ފަންސޫރު
08 December 2024
ތިޔަ ނަން އައީ ރޮލެކުސް ޕާޕެޗުއަލް ޕުލެނެޓު އިން ޚަރަދު ކުރީމަ. ޕާޕެޗުަލް ދިވެހި މާނައަކީ އަބަދޯ.
ކަރޭ
08 December 2024
މީ ކިޔަވާދޭ މަހެއްތަ؟ މިސް މިކިޔަނީ
ސަލީމުއިދުރީސު
08 December 2024
ހާދަ ފާޑެއްގެ ނަމެއް، ފަރަންޖީ ނަމެއް ކަމެއް ދިވެހި ނަމެއްކަމެއްވެސް ސާފެއް ނުވި، ކޯރުމަސް އަބަދަށް ކީ ނަމަ ތަންކޮޅެއް ހަމަޖެހުނީސް
އަލީބެ
08 December 2024
ކޮންކްރޯމިސް އެއްތަ. ހަނދި ގިއުޅު ކަންނެލި މިޔަރު. ކިޔާލަންވެސް އަޑުގާވެސް ދިވެހި. ގައުމުހިންގަން އިނގިރޭސި ބަހާ ހަވާލުކުރުމުގެ ނަތީޖާ.
ހަހަހަހަ
08 December 2024
އެމެރިކާއަށް އެމެރިކާ ކިޔާތީ ކަންބޮޑު ނުވޭތަ؟ އައްޑޫ ހިސާބު ބަހެއް އެމެރިކާއަށް ވެސް ކީމަ ދޯ ދިވެހި ބަސް އާލާވާނީ؟!
ލޯބޮޑި ކޮރަކަލި
08 December 2024
އުޅޭގައުމުގަ ފަސާދަ އާއި ނޭއްގާނީކަން އާންމުވީމާ މިފަދަ ކަންކަން ކުރިމަތިވާނެ.
އުފާ
08 December 2024
"ކްރޯމިސް ބިންތި އަބަދަށްފެހި" މިހެން ކީނަމަ މާ ރީތިވީސް ދޯ؟
ސދފަފ
09 December 2024
ސަޅި!! ތިހެން ކިޔާނީ ދޯ
ބަފާފާ
09 December 2024
އަބޫ ކްރޯމިސް ބިން އަބަދަށްފެހި ރަމީޒު ކީ ނަމަ ހާދަ ފުރިހަމަ ވީސް އޭ
ލުބޯ
08 December 2024
އެހާ އަޑިން ތިވަރުގެ ކުޑަމަހެއް ދަލެއް ބޭނުން ކޮށްގެން ހިފީ ކޮންބެއްތޯ. ދިވެހިން މީ ބޯވަވެސް ނެގޭ ބައެއްނޫން މިހާރު!!!
ހިނުމީ
08 December 2024
ތިބޭފުޅާގެ ވިސްނުން ކޮށިވުމަކީ އެހެން ބޭފުޅުންގެ ވިސްނުން ކޮށިވުމެއްނޫން!
ވެންގަބޯ
08 December 2024
އާންމުކޮށް ނުފެންނަ ޒާތުގެ މަސްތައް ފެންނަން ފަށަނީ ސުލްހަ މަސްލަހަތު ނެތިދާން ފެށުމުންނެވެ އަދިވެސް މިބާވަތުގެ އިތުރު މަސްމަހާމެހި ފެނުމަކީ އެކަށީގެން ވާކަމެއް މީހުން ދިރިނޫޅޭ ތަނަކު ވެރިކަމެއް ނުކުރެވޭނެ ރައްޔިތުންގެ އަޑުއަހާގެން ކުރިއަށް ރައްޔިތުން ނެރެގެން ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ރައްޔިތުން ބޭނުންވާ ގޮތައް ކަންކަން ކުރެވޭނަމަ އެ ގައުމަކީ އުޖާލާ ތަނަވަސް ކަންލިބިީ އާރޯކަމާއި ފެހިކަން ގަދަކޮށް ދޭ ރައްޔިތުން ތަކެއް ފެނިގެން ދާނީ
އަބަދު ކްރޯމިސް
08 December 2024
ތިޔަ ނަން އުފަންކުރެއްވި ގޮތެއްގެ ތަފްސީލްވެސް ހިއްސާކޮށްލެއްވި ނަމަ ރަނގަޅު ވީސް!