ރާއްޖެއިން އަލަށް ފެނުނު މަސް.
18 ޖެނުއަރީ 2025 - 22:59
ދުނިޔެ އިން މިހާތަނަށް ރިކޯޑު ކުރެވިފައި ނުވާ އާ މަހެއް ރާއްޖެ އިން އަނެއްކާވެސް ފެނިއްޖެ އެވެ.
މި މަސް ރާއްޖެ އިން ފެނުނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. އެއީ 100 އާއި 125 މީޓަރާ ދެމެދުގެ ފުން ހިސާބެކެވެ.
މެރިން ޖާނަލް މޯލްޑިވްސް އިން މިއަދު ބުނިގޮތުގައި މިއީ ބޭރުގެ ސައިންޓިސްޓުންނާއި ރާއްޖޭގެ މެރިން ރިސާޗު ސެންޓަރު ގުޅިގެން ކުރި ދިރާސާ އިން ހޯދި މަހެކެވެ. އެ މަސް ފެނިފައި ވަނީ އަރިއަތޮޅުގެ އުތުރުން ފެށިގެން ފ. އަތޮޅުގެ ދެކުނުގެ ސަރަަހައްދުންނެވެ.
އެ މަހަށް ރަކި ބުރަކީގެ ނަން ދިނީ ޑައިވަރުން ފެންނަ އިރަށް ވަރަށް އަވަހަށް ފިލާ މަހެއް ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވާތީ އެވެ. އެ ގޮތަށް ފިލަނީ މަސްތައް ރަކިވެގެން ކަމަށް ބަލައި އެ ނަން ކިޔާފައިވަނީ އެކަމާ ގުޅުވަ އެވެ.
މި މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޕްލެކްޓްރަންތިއަސް ރަކި" އެވެ. މިއީ 2-3 އިންޗި އަށް ބޮޑުވާ މަހެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ރާއްޖެ އިން މުޅިން އާ މަހެއް ފެނުނެވެ. އެއީ ވެސް ދުނިޔެ އިން އަލަށް ރެކޯޑުކުރެވުނު މަހަކެވެ.
ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ފެނުނު އެ މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔާ މޫސާ
20 January 2025
ސަފިއްތަ މީ މެރިން ބަޔޮލޮޖީ ބޮއެގެން ހުރި މީހެއް ތެދުތެދަށް ބުނަންޏާ ތި ނުޖަހާ އަލަށް ފެނުނު މަހެއް ވައްތަރު އަދި ފިޝްބޭސްގަ ނެތަކަސް އާ މަހަކަށް ނުވާނެ ދޯ؟ ތި ވައްތަރީ ކޮރަލް ހޯކް އަކާ، ސަފިއްތަމެން ރަށް ނޭކުރެންދޫ ކުދިން ތިޔަށް ކިޔަނީ އޮކުސިސެފަލަސް
ޑައިވާރސް
19 January 2025
އެއްވެސް ވާހަކައެއްނޫން، މިއޮތީ ބޮޑު ކަރައެއް ފަޅާލާފަ. ތި މަހަކީ އެހާ ފުނުން ނޫނަސް 30-40 މީޓަރު އަޑިންވެސް ފެންނަ މަހެއް. އަދި ބައެއް ހިސާބުތަކުގަ ވަރަށް ގިނައިން ފެންނަ ވައްތަރެއް. އެމަސް ފިލަނީ ލަދަކުންނޫން، ބިރުން. އެއީ މިތިބަ ސިޔާސީ މީހުނަށްވުރެ ލަދުކުޑަމަހެއް.
ހަޖާމްބެ
19 January 2025
ތީ ރާއްޖޭގަ ވަރަށް ގިނަވައްތަރެއް، އާމަހެއް ފެނިގެން މިއުޅެނީ ކާކުބާ، ރެކޯޑް ކުރެވިފަ ނެތުން އެއީ އަދި އަލަށް ފެނުނު މަހަކަށްނުވާނެ. ރާއްޖޭގެ ޑައިވަރުން ކައިރީގަ އަހާލަބަލަ. އަދި އެއީ ބުރަކި އާއިލާގެ މަހެއްވެސްނޫން، ފާނަ އާއިލާގެ މަހެއް. ތިމަސް ތިބޭނީ ގާމަތީގަ ޖައްސާލައިގެން. ޞުރަކި އެއީ ވަރަށް އެކްޓިވް މަހެއް، ތި އަލަށްފެނިގެން ތިއުޅެނީ ވަރަށް ކަންނެތްމަހެ.
ޑިވެސް
19 January 2025
މިކަހަލަ ކޮންމެ ހަބަރަކަށް ހުންނަ ކޮމެންޓތައް ކިޔާލސިމަ އިނގޭ ދުވެހިންގެ ޖާހިލު ކަމާ، ރޯ ނުފިލާ ތިބޭ ވަރު!
މަހާ
19 January 2025
އިންސާނުން ފެނުނީމަ ނުފިލާ މަހެއް އުޅޭތަ؟
ފޮނިހުސޭނު
19 January 2025
ރޯދަމަސް؟
ލޯބިކަން
19 January 2025
ވަރަށް ލޯބި މަހެއް މާޝާ ﷲ
ކަރިޝް
19 January 2025
އަހަރުންނަކަށް ތި ފެނުނު މަހެއް އަލެއް ނޯން ، އަހަރުން ކުޑައިރުވެސް މޫދަށް ގޮސް ފީނާ އުޅުނުއިރު ތިމަސް ފެނޭ
ގުނައިދު ޝަރީފް
19 January 2025
މޫދަށް ނޭރޭ މީހުންނަށް ހުރިހާ މަހެއްވެސް އާވާނެ. ފެންންނީވެސް އަލަށް.
ކެރޭ ބުރަކި
19 January 2025
ކޮންގްރެޓްސް މައި ފްރެންޑް
ބެރީ
19 January 2025
މަހުގެ ނަމުގައި މިހާރުވެސް "ރަކި" އެބައިން ބުރަކި. މިކަން ނުވިސްނޭތަ މިއުޅޭ މީހުންނަށް؟ ދިވެހި ބުރަކި. މިހެން ކިޔާލިނަމަ. ނުވަތަ
އަޅި އަލީ
19 January 2025
މިނިސްޓްރީގެ ފިނިކޮޓަރީގަ ތިއްބަވާ ކޮންމެވެސް ބޭފުޅަކު މޫދައް ދިޔައީ ދެއްތޯ! ތިޔައީ މަމެންނަށް ދުވާލު ދެފަހަރަކު ހަދަޅަޔަށް ފެންނަ މަހެއް! މަމެން ތިޔަ ހިފާ ކައި ހަދަން ! އަލަށް މޫދައް ދިޔައީމާ ތިވަރު ކަމެއް ވެދާނެ!