ވިޔަފާރި / އެލިއާ އިންވެސްޓްމެންޓްސް

ޔަމަހާ 50 ހޯސްޕަވަރުގެ އިންޖީނު ހޯދުމުގެ ފުރުސަތު މިރޭ ހަމަވަނީ

މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ޔަމަހާ ސްޓޯލްގައި އެންމެ ފަހުގެ ބައެއް ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް އިންޖީނުތައް ދައްކާލަން ބެހެއްޓިފަ: މި ސްޓޯލުން ވަނީ ޔަމަހާ 50 ހޯސްޕަވަރުގެ އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް ފަށާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

09 ފެބުރުއަރީ 2025 - 10:40

ކޮންމެ އަހަރެއްގެ މެރިން އެކްސްޕޯގައި ވެސް އެލިއާއިން ނަސީބުވެރި އެއްފަރާތަކަށް އިންޖީނެއް ދޭ ޕްރޮމޯޝަނަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ސްޓޯލަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް ކޫޕަނެއް ފުރުމުގެ ފުރުސަތު ދެ އެވެ. މިއަހަރު ވެސް މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މި ޕްރޮމޯޝަނުގައި ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ޔަމަހާގެ ސްޓޯލްއަށް ޒިޔާރަތްކުރި ފަރާތަކަށް ޔަމަހާ އިންޖީނާ ބެހޭ މައުލޫމާތު އެލިއާ ކުންފުނީގެ މުވައްޒަފުން ދެނީ -- ފޮޓޯ: އެލިއާ

ދިވެހިންގެ މެދުގައި އިތުބާރު ލިބިފައިވާ ޔަމަހާ ބްރޭންޑްގެ 50 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު މެރިން އެކްސްޕޯގައި ހުރި އެލިއާގެ ޔަމަހާ ސްޓޯލުން މިރޭ 10:00 އާ ހަމައަށް ލިބޭނެ އެވެ.

އެލިއާގެ މާކެޓިން މެނޭޖަރު އަހުމަދު އަސީލް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް އެ ކުންފުނިން އެ އެކްސްޕޯގައި ތަފާތު އިންޖީނެއް ހުށަހަޅާ ކަމަށެވެ. އެގޮތުން މި އަހަރު ހުށަހަޅާފައި ވަނީ ޔަމަހާ ބްރޭންޑްގެ 50 ހޯސްޕަވަރުގެ އައުޓްބޯޑު އިންޖީނެއް ކަމަށް ވިދާޅުވި އެވެ.

މެރިން އެކްސްޕޯގައި ހުރި ޔަމަހާގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިއީ ގާތްގަނޑަކަށް އެއް ލައްކަ ފަންސަވީސް ހާސް ރުފިޔާގެ އިންޖީނެއް. މި އިންޖީނަކީ ކުދި އިންޖީނުތަކުގެ ތެރެއިން ތެޔޮ ހަރަދު ކުޑަ، ބާރު ދުވެލީގައި ދަތުރު ކުރެވޭނެ އިންޖީނެއް. އަދި ކުދި އަދި މެދު ސައިޒުގެ އުޅަނދު ފަހަރަށް އެކަށީގެންވާ ގޮތަށް ފަރުމާކޮށް، ދިވެހިރާއްޖޭގައި ޓެސްޓު ކޮށްފައިވާ މަޤުބޫލު އިންޖީނެއް" އަސީލް ވިދާޅުވި އެވެ.

އަސީލް އިތުރަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން އެ ސްޓޯލްގައި އިންޖީނު ދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ އިތުރުން ހާއްސަ ޑިސްކައުންޓުތަކެއް ވެސް ދޭ ކަމަށެވެ. މިގޮތުން ފުލް ޕޭމަންޓް ކަސްޓަމަރުންނަށާއި އިންސްޓޯލްމަންޓަށް އިންޖީނު ނަގާ ކަސްޓަމަރުންނަށް އެޑްވާންސް ޕޭމަންޓު ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެލިއާގެ ސްޓޯލުގައި ޝޯކޭސްކޮށްފައި ހުރި ޔަމަހާ އިންޖީނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަސީލް ވިދާޅުވި ގޮތުގައި މިއަހަރުގެ މެރިން އެކްސްޕޯގައި އެލިއާގެ ސްޓޯލަށް ފާހަގަ ކުރެވޭ ފަދަ ތަރުހީބެއް ލިބިފައިވެ އެވެ.

"ދިވެހިންގެ މެދުގައި ޔަމަހާއަށް އޮންނަ މަޤުބޫލު ކަމާއި ތަރުހީބު ވަރަށް ރަނގަޅަށް މި ސްޓޯލަށް ޒިޔާރަތްކުރާ ކަސްޓަމަރުންގެ ފަރާތުން ހާމަވޭ. މި ތަރުހީބާއި އިތުބާރާއެކު، އަޅުގަނޑުމެން މިހާރު މިދަނީ ޔަމަހާގެ 350 ހޯސްޕަވަރުގެ އައުޓްބޯޑު އިންޖީނެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން. މިވަގުތު ކުރިއަށް މިދަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރުމުގެ މަސައްކަތް. ޔަމަހާގެ ހުރިހާ އިންޖީނަކީ ވެސް ޓެސްޓުކުރުމަށްފަހު، ރާއްޖޭގެ މާހައުލާ ގުޅޭގޮތުން ގެންނަންޖޭހޭ ބަދަލެއްވާ ނަމަ އެ ބަދަލެއް ގެނެވި ރާއްޖޭގެ ވެށްޓާ އެކަށޭނެ ގޮތަކަށް ފަރުމާ ކުރެވިގެން ތައާރަފް ކުރެވޭ އިންޖީނުތަކެއް" ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ މެރިން އެކްސްޕޯގައި އެލިއާއިން ވަނީ ހަތަރު އިންޖީނު ކޮންޓްރޯލް ކުރެވޭ ޖޮއިސްޓިކް ސިސްޓަމެއް ތައާރަފްކޮށްފަ އެވެ. މި ސިސްޓަމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް، ލުއިފަސޭހަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެލިއާއިން ސިފަކުރެ އެވެ.

މިދިޔަ ބުރާސްފަރި ދުވަހު ފެށި މެރިން އެކްސްޕޯ ކުރިއަށް ދާނީ މިރޭގެ ނިޔަލަށެވެ. އެކްސްޕޯ ކުރިއަށް ދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށް ސެންޓްރަލް ޕާކުގަ އެވެ.

އެލިއާއަކީ ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި 60 އަށް ވުރެ ގިނަ އަހަރު ވެފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައި ޔަމަހާ އިންޖީނު ތައާރަފުކުރީ އެ ކުންފުނިންނެވެ. ރާއްޖޭގައި ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަތާ 50 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ. އަދި ސްޕެއާ ޕާޓްސް އާއި ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް އެލިއާއިން ލިބެން ހުރުމަކީ ޔަމަހާގެ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454