ހަމްދީ: އޭނާ ވަނީ ނޮވެމްބަރު 2023 އިން ފެށިގެން ޕީސީބީގެ ރައީސްގެ މަގާމު ފުރުއްވާފައި.
13 ފެބުރުއަރީ 2025 - 00:32
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މަގާމުން ވަކިކުރައްވައިފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގަ އެވެ.
އޭނާ މީގެ ކުރިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ހަމްދީ މަގާމުގައި ހުންނަވައިގެން އެންމެ ފަހުން އިއްޔެ ވަނީ ސަރުކާރުގެ ކުންފުނިތަކަށް އަމާޒު ކުރައްވައިގެން ދެ ސާކިއުލާއެއް ނެރުއްވައިފަ އެވެ. އެއީ ކުރިއަށް އޮތް ރޯދަމަހު ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގައި ނެރުނު ސާކިއުލާއަކާއި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމާ ގުޅޭ ސާކިއުލާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމާއިދީ
14 February 2025
ހަދިޔާ ނުދޭން އެންގީމަ އެކަނޑާލީ!
މލ
13 February 2025
ރާއްޖޭގައި ހުރި އެންމެ ހިންގުންތެރި އެކަކު. ނަތީޖާ ނެރެން އެނގޭ ބޭފުޅެއް
ހަމްދީ
13 February 2025
ކޮބާ ރޯދަ ހަދިޔާ ދިނުންގަނޑު ކިހިނެތް؟ ރަނގަޅު ރޯދަ ހަދިޔާއެއް ލިބިއްޖެ އެއްނު..
ދޮންތި
13 February 2025
އަސްލު މައްސަލައަކީ ފިނޭންސް މިނިސްޓަރ، އޭނާ ބޭނުން ގޮތަކަށް މުށުތެރެއަށް ލާރި އާއި ބާރު ނުނެގިގެން ކުރިކަމެއް. ފިނޭންސް މިނިސްޓަރަކީ ނާގާބިލް މީހެއް ގައުމު އޮޔާ ފޮނުވާލައިފި
ކެޔޮ
13 February 2025
ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ދެން ބޭނުމެއް ނޯންނާނެޔޭ!
އަފްރާސިޔާބު
13 February 2025
ހަމްދީ އަކަސް ނުވަތަ މަހުދީ އަކަސް ސަރުކާރަކާ ނުކުޅެވޭނެ. ސަރުކާރުން ރައްޔިތުންނަށް ދޭ އެއްޗެއް ނުދޭން ތިބުނާ މީހަކަށް އެންގޭނީ ކިހިނަކުން. ޚަރަދު ކުޑަކުރަންވެސް ނުއެއް އެންގޭނެ. ދެން ސީދާ ރައީސް އޮފީހުގެ މިނިސްޓަރު ކަމެއްދޭނީ. އެއިރުން އެއްވެސް ކަމެއް އަމިއްލައަށް ނުކުރެވޭނެ.
ބޭކާރު ތަނެއް
13 February 2025
އެކި އެސްއޯއީ އަކީ އެކި ވައްތަރުގެ ވިޔަފާރީގައި އުޅޭތަންތަން. ޕީސީބީން ބޭނުންވަނީ ހުރިހާ ތަނެއްގައިވެސް އެއް ޕޮލިސީތަކެއް އޮންނަން ޑިކްޓޭޓްކުރަން. ސަރުކާރަށް ބަރޯސާވާ އެސްއޯއީ ތަކާ ސެލްފް ސަފިޝަންޓް ތަންތަަންވެސް އެއްހަމައެއްގައި ބަލައިން. ކުންފުނިތަކަށް ބޯޑެއް އައްޔަންކުރުމުގެ ބޭނުމެއްނެތެންނުން ހުރިހާ ކަމަކަށް ގޮތް ނިންމަންޏާ.
ބޮޅު
13 February 2025
ސރކިއުލަރ ނެރުމުގެ ކުރިން ރައީސް އޮފީހަށް ފޮނުވާ އެޕްރޫވަލް ނުހޯދުމުން ވާނެގޮތެވެ. ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނަށް މިދިނީ " އޮރެންޖް ސިގްނަލް" އެވެ. ރައީސް އޮފީހުގެ އެޕްރޫވަލް ނުހޯދާ އަތެއް ފައެއް ހިއްލާލުުންވެ މަނާވެއްޖެކަން ހަދާން ކުރައްވާށެވެ.
ފިނރުޓޭ
13 February 2025
ދެން ނޭނގެ ފާޑުފާޑުގެ އެއްޗެހި މީހުން ކިޔާ މި ހަމްދީ އަގީލާ ހުސްނީ އަގީލާ ބެހޭ ގޮތުން ! އެއްފަހަރު ދައްކާނެ ގާސިމަށް މައުލޫމާތު ދޭ ވާހަކަ އެނެއް ފަހަރަކު ޔާމިނަށް! ކާކު ކިޔަނީ ކީކޭ ކަމެއް އަސްލު ނޭނގޭ!
އަސް
13 February 2025
ތިތަން އުވާލާ، ބޭކާރު ތަނެއްތީ.