ޕީސީބީގެ ރައީސް މުހައްމަދު އަނަސް. އޭނާ އެ މަގާމަށް އައްޔަނު ކުރީ މިއަދު .-- ފޮޓޯ: މިހާރު
13 މާޗް 2025 - 20:47
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް ގއ. ދެއްވަދޫ، މުހައްމަދު އަނަސް މިއަދު އައްޔަން ކުރައްވައިފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަނަސް އައްޔަން ކުރެއްވިއިރު ކުރިން އެ މަގާމުގައި ހުންނެވީ ހަމްދީ އަގީލް އެވެ.
އެކަމަކު މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ރައީސް ވަނީ ހަމްދީ މަގާމުން ވަކި ކުރައްވައިފަ އެވެ.
އަނަސް މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި ފިނޭންސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އަނަސް އަކީ ގައުމީ ޔުނިވާސިޓީން މާސްްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާއިން އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ހާޓްފުޑްޝާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭއެމް
14 March 2025
ލިބިފައިވާ އިލްމުން ބޭނުން ކުރަން ނުޖެހޭނެ ޜައީސް ބުނާ ގޮތަކައް ކަންކުރަން ޢގުމަކީ މިހާރުގެ ސްޓައިލް
ގޭބެއްޔާ
14 March 2025
ވަރަށް ރަނގަޅު ޢިލްމީ ޤާބިލު ބޭފުޅެއް. އުއްމީދުކުރަނީ ހެޔޮ ބަދަލެެއް ކުންފުނިތަކަށް ގެނައުމަށް އަނަސް ރަނގަޅު މަސައްްކަތްތަކެެއް ކުރާނެކަމަށް. ދެއްވަދޫ ރަސްގެފާނު ދަރިކޮޅުގެ ޕްރިންސެއް.
ދެއްވަދޫ ރަސްގެފާނު
14 March 2025
އަނަސް ކިތަންމެ ގާބިލްވެފައި މޮޅު ވިޔަސް ކުރެވޭނެ ކަމެއް ނޯންނާނެ، ވެރިމީހާ ހިތްނުރުހޭ ގޮތަށް ފިޔަވަޅެއް އެޅުނަސް އަނެއް ދުވަހު މަގާމުން ނަގާ އެއްލާލާނެ، ކޮންމެ ވަޒީފާއެއް ވިޔަސް މަގާމެއް ވިޔަސް އުޅެން ޖެހިފައި މިވަނީ ސިޔާސީ ވެރިންގެ ޕަޕެޓުންނަށް ވެގެން، ދެން ކިހިނެތްބާ ރަގަޅު ޕްރޮފެޝަނަލް މަސައްކަތެއް ކުރާނީ،
އަހްމަދުﷲ
14 March 2025
އަނަސް އަށް ވާނެ. މަރުހަބާ
ހުޝާނަތު
13 March 2025
ތިއީ ނަމޫނާ ބޭފުޅެއް. މަރުހަބާ
ސީސީ
13 March 2025
ރަގަޅު ޗޮއިސްއެއް
ޖިނާނާ އަހްމަދު
13 March 2025
އަބަދުވެސް މަޖާ އެންމެ އެކުވެރި އަނަސް. މަރުހަބާ އަނަސް. ތިއީ ތައުލީމީ ބޭފުޅެއް.
ޝިމްލާ އަހްމަދު
13 March 2025
އަނަސް އަކީ އަހަރެން ދަންނަ ހިތްހެޔޮ މީހެއް. ދުވަހަކުވެސް މީހަކާ ރުޅިވެރިކަމެއް ނުބާއަވާނެ