ހުޅުދުއްފާރުގައި އައުޓްލެޓް ހުޅުވުމުގެ ރަސްމިްއޔާތުގައި އައިކެއާގެ އިސްވެރިންނާއި ބައެއް މުވައްޒަފުން.
16 ފެބުރުއަރީ 2025 - 15:03
އައިކެއާގެ އައުޓްލެޓެއް ރ. އުނގޫފާރުގައި ހުޅުވައިފި އެވެ.
އައިކެއާއިން ބުނީ އުނގޫފާރުގައި އައުޓްލެޓެއް ހުޅުވީ 'ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާ'އަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި އެތަނަކީ އެ ރަށުގެ ރައްޔިތުންނަށް އިތުބާރުހުރި، ޒަމާނީ އައިނު ފަސޭހަކަމާއެކު ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށް އައިކެއާއިން ބުންޏެވެ.
ކަސްޓަމަރުން ހުޅުދުއްފާރުގެ އައުޓްލެޓުގައި.
އައިކެއާއިން އުނގޫފާރުގައި ހުޅުވި އައުޓްލެޓުން ފުރިހަމައަށް އޮޕްޓިކަލް ހިދުމަތްތަކާއި ފުޅާ ރޭންޖެއްގެ ސްޓައިލިޝް އައިނުތައް ލިބޭނެ އެވެ. އަދި އެތަނުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނާއި އަވިއައިނު އަދި ފްރޭމްތަކާއި ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަންސް ވެސް ލިބޭނެ އެވެ.
އުނގޫފާރުގައި އައުޓްލެޓް ހުޅުވީ ހާއްސަ ޕްރޮމޯޝަނަކާއެކު އެވެ. އެ ޕްރޮމޯޝަނުގައި ފިހާރަ ހުޅުވުމާ ގުޅިގެން އަވި އައިނާއި ނަންބަރު އައިނުން 30 ޕަސެންޓުގެ ޑިސްކައުންޓް މި މަހުގެ ނިޔަލަށް ލިބޭނެ އެވެ.
އައިކެއާ އާއި އުނގޫފާރުގެ ކައުންސިލާއި ގުޅިގެން ލޯ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް މިއަދު ވަނީ ފަށައިފަ އެވެ. އެ ޕްރޮގުރާމް ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
އައިކެއާގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހީ ދުޅަހެޔޮކަން ގާއިމްކޮށް ދިނުން ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy