ރޭ ބޭއްވި އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްގައި އެ އިދާރާގެ ރައީސް މުހައްމަދު އަބްދުސައްތާރު (ކ) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
20 ފެބުރުއަރީ 2025 - 10:13
އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަށް މި އަހަރު 63 މިލިއަން ރުފިޔާގެ ބަޖެޓެއް ރޭ ފާސްކޮށްފި އެވެ.
އެމްއޯސީގެ ބަޖެޓްގެ އެންމެ ބޮޑު ސްޕޮންސަރަކީ ސަރުކާރެވެ. އެމްއޯސީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ތަމޫހް ސައީދު ވިދާޅުވީ ގޭމްސްތަކަށް ކުރާ ހަރަދުގެ އިތުރުން ބައެއް އެހެނިހެން ޕްރްޖެކްޓްތަކަށް ސަރުކާރުން ބަޖެޓް ސަޕޯޓް ފޯރުކޮށްދޭނެ ކަމަށެވެ.
މީރުމާ ހޮޓެލްގެ ކާނިމާ މާލަމްގައި ބޭއްވި ކޮންގްރެސްގައި ފާސް ކުރި ބަޖެޓްގެ ބޮޑުބައެއް ހޭދަ ކުރާނީ ރާއްޖޭން މި އަހަރު ވާދަކުރާ ގޭމްސްތަކަށެވެ.
ރާއްޖެ އަށް މިއަހަރު އެންމެ ބޮޑު ގޭމްސްއަކީ ޕާކިސްތާނުގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އެވެ. އެކަމަކު އެކި ފަހަރުމަތިން ފަސް ކުރަމުންދިޔަ ގޭމްސް ބާއްވާނެ ތާރީހެއް އަދި ވެސް އެ ގައުމުން އިއުލާނެއް ނުކުރެ އެވެ.
އެ ގޭމްސް މި އަހަރު އެ ގައުމުގައި ނުބާއްވައިފިނަމަ އެ ފުރުސަތު ޕާކިސްތާނު އަތުން ނަގާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޱަ ހުސެން
21 February 2025
ރުލި ގަދަ ނުވޭ އިސް މައިލު ސަރ … ސުވިމިން ޕޫލު ބިންގާ އެލީ ފަތާ ކުދިންތަ . ސުވިމިން ޕޫލު ހަދަނީ އަސްމައިލު ސާރ ކުން ފުނި މިޔައް ކިޔަނީ ކޮރަޕްސަން . ޕުރޮޖެކުޓު ފިނި ހަކަ …
ކުޱަ ހުސެން
20 February 2025
ސުވިމިން އެސޯސިއޭސަން ހުރިހާ ކަމަކައް ބެލެނިވެރިން ހަރަދު ކުރަނީ ކޯޗުގެ ޕޮކެޱު މަނީ އައް 700 ޱޮލަރު ނެގި މެލޭސިއާ ދަތުރުގަ
ޗައްކާޗައްކާ
20 February 2025
ކޮބާ ލަދު؟ ތީ ކިތައް ސްކޫލު ހޮސްޕިޓާ މިސްކިތުގެ ލާރި.