ވީއޭއެމުން މީގެ ކުރިން ބޭއްވި ބީޗް ވޮލީ މުބާރާތެއްގެ ތެރެއިން: މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބީޗް ވޮލީ މުބާރާތެއް ބާއްވަނީ
20 ފެބުރުއަރީ 2025 - 10:24
ރަށްތަކާއި ސިޓީތަކަށް ހާއްސަ ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވަން ވީއޭއެމުން އިއުލާން ކޮށްފި އެވެ.
މާލޭގައި ކުރިއަށްދާ މުބާރާތަކީ ލާމަރުކަޒީ ގާނޫނުގައި އިދާރީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށް ވީއޭއެމުން ބުންޏެވެ.
ރާއްޖެ ބީޗް ވޮލީ ލީގުގެ ނަމުގައި ބާއްވާ ނމުބާރާތުގައި ކޮންމެ ރަށަކުން ނުވަތަ ސިޓީން ވާދަކުރާ ޓީމުގައި ހިމެނެން ޖެހޭނީ އެ ރަށަކަށް ނުވަތަ އެ ސިޓީ އަކަށް ނިސްބަތްވާ ކުޅުންތެރިން އެކަންޏެވެ.
ދެ ޖިންސަށް ހާއްސަކޮށްފައިވާ މުބާރާތުގައި ކޮންމެ ރަށަކުން ހަތަރު ކުޅުންތެރިން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ވީއޭއެމުން ބުންޏެވެ. އެއީ އަންހެން ޑިވިޝަން އަދި ފިރިހެން، ކޮންމެ ޑިވިޝަނަކުން ދެ ކުޅުންތެރިންނެވެ.
އޭޕްރީލް ދެވަނަ ދުވަހު ފަށާ މުބާރާތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 11 ޖެހުމުގެ ކުރިންނެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 2،500ރ. ދައްކައިގެންނެވެ. މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި 20،000ރ. ވީއޭމުން ވަނީ ކަނޑައަޅާފަ އެވެ.ރާއްޖެ ބީޗް ވޮލީ ލީގާ ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން:
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު
21 February 2025
-/2500 ވީމަ ތަންކޮޅެއް ބޮޑު ކަންނޭނގެ ދޯ؟ އިނާމެއްގެ ގޮތުގަ -/20000 ދޭއިރު!
ލިންކް
20 February 2025
ކޮބާތަ ލިންކް :ޕ