ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ރައީސް އޮފީހުގައި މި ދެބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވާފައި.
20 ފެބުރުއަރީ 2025 - 16:12
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
މެންދުރު ފަހުގެ ވަގުތެއްގައި ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލިހުގެ މި ދައުރަށް ސަރުކާރުން ފޮނުވި ބިލްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވުމުގެ ބައްދަލުވުމެއް ކަމަށެވެ.
"މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރު ވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" ހީނާ "އެކްސް" ގައި ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ހީނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް އަބްދުއްރަހީމާ ދެމެދުގައި ނުތަނަވަސްކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް މިދިޔަ މަހުގެ 28 ގައި ރައީސް ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރައްވައިފަ އެވެ. މިއީ އޭގެ ފަހުން ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އެ ދުވަސްވަރު ވަނީ މަޖިލިހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވެފަ އެވެ. އެކަމަކު އެފަދަ އެއްވެސް މަސައްކަތެއް ޕީޖީގެ ތެރޭގައި ނުހިނގާ ކަމަށް ޕީއެންސީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީބާ ޒާހިރު
21 February 2025
ބަޔަކު ބުނި ވެރިކަން ނިމެނީއޭ ރައީސް އެކަނި ވެއްޖެޔޭ. ކިހިނެއް މިވީ. ގަދަކޮށް ކަންކަން މިދަނީ
ހަމަދު އަލީ
21 February 2025
ގުޅިގެން ކުރިޔަށް. ރައީސް ތަފާތު
ބަބާ
20 February 2025
މާދަމާ ނޫހުގާކަންނޭންގެ އޮންނީ ލިޔެފާ ދެބޭފުޅުންގެ ބައްދަލުވުމަށްފަހު ދެބޭފުޅުން އެއްގަލަކަަށް އަރުއްވައިފި.
މުއިއްޒް
20 February 2025
މުއިއްޒް ވަރެއް ނެތް... މުއީޒުވެސް މުއިއްޒް ވަރެށް ނުވާނެ.
ލާމިއު
20 February 2025
ހަމަޔަގީނުންވެސް ރ.މުއިއްޒު ބައްލަވާނީ ވީހާވެސް ގުޅުން ރަނގަޅުކުރުމަށް. އެކަމަކު ރައްޔިތުންނަށް ހިޔާނާތް ވާނެ މީހަކަށް މިސަރުކާރަކު ޖާގައެއް ނޯންނާނެ
ރާހިލްް
20 February 2025
ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގަ މި ފެންނަނީ މަޝްވަރާ ކުރަމުން ދާތަން
އަދުނާން
20 February 2025
އެމްޑީޕީ އިން އުންމީދުކުރީ ރ.މުއިއްޒުއާ އަބްދުލްރަހީމް ގެ ގުޅުން ހީނަރުވާނެކަމަށް. އެކަމް ފެނިގެން މިދަނީ އިދިކޮޅު އަނެއްކާވެސް ފަހަތަށް ސޮއްސާލާތަން
ޝައްފާންް
20 February 2025
ވަރަށް ބަދަހިގުޅުމެއްގެ ވެރިކަން ކުރާނީ. އެކަމް ކޮރަޕްޝަން އަށް ނޫނެކޭ ބުނާނީ ކޮންމެ މީހަކަސް
ނަދުމާ އަލީ
20 February 2025
ދައުލަތުގެ 2 ބާރުގެ ގުޅުން ވަރަށް ރަނގަޅު
ނާހިލް އަލީ
20 February 2025
ގައުމީ މަސްލަހަތު ރައީސަށް މުހިންމުކަން ހާމަވެގެންމިދަނީ.