ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި -- ފޮޓޯ މިހާރު
20 ފެބުރުއަރީ 2025 - 20:44
ވިސިލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ އަމުރަށް ކިޔަމަން ނުވުމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ޕޯސްޓް އޮފީސް) ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ޕޯސްޓް އޮފީސް އެ އަދަދުން ޖޫރިމަނާ ކުރީ އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންތަކެއް ވިސިލްބްލޯ ކުރި މީހަކު ވަޒީފާއިން ވަކި ކުރުމުންނެވެ.
ވިސިލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރާ ގާނޫނުގެ ދަށުން އުފައްދާފައިވާ ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް، އެ ޔުނިޓުން ވަކި އިދާރާއަކަށް ކުރާ އަމުރަކަށް ތަބާ ނުވެއްޖެ ނަމަ، އެއް މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އޮވެ އެވެ. އެ ގާނޫނުގެ ދަށުން އެ ޔުނިޓު އުފެއްދީ 2019 ވަނަ އަހަރު އެވެ.
މިއީ އެ ޔުނިޓުން ދައުލަތުގެ ހިއްސާވާ އިދާރާއެއް އެ ގޮތަށް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ދަށުން ހިންގާ ވިސިލްބްލޯވާ ޔުނިޓުން ޕޯސްޓަށް އެދުނީ، ބިޒްނަސް ޑިވަލޮޕްމެންޓް އެންޑް މާކެޓިން ޑިޕާޓްމެންޓުގެ ބައެއް މުވައްޒަފުންނާ މެދު ފިޔަވަޅުތަކެއް އަޅާކަން އެނގި އެކަން އެ އިދާރާއަށް ހުށަހަޅާފައިވާތީ، ކޮރަޕްޝަންގެ މައްސަލައާ މެދު ގޮތެއް ނިމެންދެން އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅެއް ނޭޅުމަށެވެ.
ނަމަވެސް، އެ ޔުނިޓުން ކުރި ފުރަތަމަ އަމުރާ ހިލާފަށް ޕޯސްޓުން ވަނީ އެތަނުގައި މަސައްކަތް ކުރި މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފަ އެވެ.
އެކަމާ ގުޅިގެން އެ ޔުނިޓުން ވަނީ ވަޒީފާއިން ވަކި ކުރަން ނިންމި ނިންމުން ބަދަލު ކުރުމަށް ޕޯސްޓުގައި އެދިފަ އެވެ. ނަމަވެސް، އެ އަމުރަށް ވެސް ކިޔަމަން ނުވުމުން ވަނީ އެ ކުންފުނި ޖޫރިމަނާކޮށްފަ އެވެ.
ޕޯސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިވަގުތު އަންނަނީ އެ ކުންފުންޏާ ގުޅޭ ހަ މައްސަލައެއް ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
22 February 2025
ތީގެން އޭނައަށް ވީކޮންފައިދާއެއް! ނުވިޔާކު ވަޒީފާގަޑެއްވެސް ނުދިން! ޖޫރިމަނާ ކުރީމަ އޭނައަށް ވީ ކޮންފައިދާއެއް!
ފުނާރު
21 February 2025
ރައްޔިތުންގެ މަޖިލީހަށް ހިއުމަން ރައިޓްސް ހާޒިރު ކުރަންޖެހޭ. މިކަމުގެ ތަފްސީލު ހޯދަން. އޭރުނމް ކަންކަން ސާފުވާނެ.
ރިޒާނާ
21 February 2025
އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ޓީމު ޕޯސްޓް އޮފީހަށް ވަނުން މާ ލަސްވެސްވެއްޖެ. ކުންފުނީގެ މާލީ ރިޕޯޓުތައްވެސް ޢާންމުނުކޮށް އޮތީ ފޮރުވާފަ. މީ ޤާނޫނާވެސް ހިލާފުކަމެއް.
ހަތުރު
21 February 2025
މިހާރު މި އިންތިޒާރު ކުރަނީ ޕޯސްޓުގެ ބަޔާނަކަށް. ވާ ގޮތް އެނގިދާނެތާ.
ނަލަ
21 February 2025
ޕޯސްޓުގައި ތި ބުނާ ކަހަ؛ލަ ކަންތައްތަކެއް ނުހިނގާ. ހިތްހަމަނުޖެހުނީމަ މަތީ މަގާމެއް ނުލިބުނީމަ ވާގޮތް ތިއީ.
ތިލްމީޒާ
21 February 2025
މި ކޮމެންޓުލިޔުނު މީހަކީ ތަނުގެ އިސްތަރުޖަމާނުތޯ؟ ނުވަތަ ހުރިހާ ޑިޕާޓުމެންޓެއްގަ ހިނގާ ހުރިހާކަމަކާ ޑޮކިއުމެންޓުތަކެއް ކޮންމެ ދުވަހަކު ބަލާ މީހަކީތޯ؟ ނޫނީ ފާލުބަލާ މީހެއްތޯ ހުރިހާކަމެއް އެނގެން؟ ތިހާ ކަމެއް ނުހިނގާ ތަނެއްވެއްޖެއްޔާ ކީއްވެ ގާނޫނުގަ އޮންނަގޮތަށް މާލީ ރިޕޯޓުތަައް އާންމުކުރަން ނުކެރެނީ؟
ފަލަ
22 February 2025
މިކަހަލަ ކޮމެންޓް ކުރާނީވެސް ކޮރަޕްޝަންގެ ބައިވެރިން
ޝާއިރާ
21 February 2025
ޕޯސްޓުގެ ވާހަކަތައް ހަބަރުތަކަށް އަރާތީ ޝުކުރުވެރިވަން. ތީ މީހުން ވަޒީފާ އަދާކުރަންވެސް ކެތްވާވަރުގެ ތަނެއްް ނޫން. މުވައްޒަފުންނާ އެހާނެތިކޮށް ކަންކަންކުރުމާ ތަފާތުކުރުން އޮތީ. މިކަންކަމާ ކެތްނުކުރެވިގެން މުވައްޒަފުން ކެނޑިގެންދަނީވެސް. މުވައްޒަފުން ހަރުލާތަނެއް ނޫން ޕޯސްޓް އޮފީހަކީ.
ވައިފިލާ
21 February 2025
ތަނަކުން މީހަކު ފެންނައިރަށް ވައްދަންޏާ ލިބޭނީ މި ބޮޑި. ބައެއް މީހުންނަކީ ތަނުގެ އަގު ވައްޓަން އެޅޭ މީހުން.
ޒިލާލް
21 February 2025
ޕޯސްޓު އޮފީހުގެ ކޮރަޕްޝަން ބަލާތީ ހަމަ އެތާ މީހުން ތެޅި ފޮޅެނީ. ކިތަންމެ ވަރަކަށް ކޮމެންޓުތައް ލިޔުނަސް ގާނުނު އަރާ ފައިހަމަކުރާނެ.
ދަންޑެހެއްލު
21 February 2025
ޕޯސްޓް އޮފީހުން މިކަމުގެ ޙަޤީޤަތް ބަޔާންކޮށް ބަޔާނެއް ނެރެންޖެހޭނެ. މިއީ މަތީ މަގާމު ބޭނުންވެގެން އުޅުނު މީހެއްވެސްމެ.
ލޮލީޕޮޕް
21 February 2025
ޕޯސްޓް އޮފީހުން ި ވަކިކުރި މުވައްޒަފަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްގެ ކެމްޕޭން މެނޭޖަރު. ދެން ވާނެ ގޮތް ބައްލަވާ. ހިއުމަން ރައިޓްސްގައިވެސް ތިބީ އޭގެ މީހުން.
ސުޝްމިތާ ސެން
21 February 2025
ސީދާ އެމްޑީގެ ކޮމެންޓަކާ ވައްތަރީ. ރައްޔިތުންގެ ކުންފުންޏެއްގަ ޖަރީމާ ހިންގޭނީ ވަކިވަރަކަށް. ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ.
ކޮއްކޮމެން
21 February 2025
ވިސްލްބްލޯ ކޮށްގެން ކަނޑާލިނަމަ ވަކިކުރި ޗިޓުގައި އޮތް އެއްޗެއް ބަަލަންޖެހޭނެ. ދޭތި ދިމާވާންޖެހޭނެ. ވަރަށް ހެއްވާ ކަމެއް.
އަހަރީ ރިޕޯތްތައް
21 February 2025
އަހަރީ ރިޕޯޓް އާންމު ކުރަންޖެހޭ އިރު އެވެސް އާންމު ނުކުރޭ. ތަނަށް ލިބޭ ފައިސާ އަށް ވާގޮތެއް ނޭނގޭ. މިއީ ބަލަންޖެހޭ ކަންކަމަކީ.
އަހުސަން ފަލީ
21 February 2025
ޕޯސްޓްއޮޕީހަކީ ޒަމާނުއްސުރެ ވައްކަމުގެ ކިއްލާއެއް. 90 ގެ އަހަރުތަކުގައި ސްޓޭމްޕް ވިއްކައިގެން ލިބުނުހާރުޕިޔާ ދެމީހަކު ނެގިވާހަކަ ހަވީރުނޫހުގައި އޮތް