މަރުވެފައިވާ ކޮތަރެއްގެ ސާމްޕަލް ނަގަނީ. --ފޮޓޯ: އެނިމަލް ވެލްފެއާ މިނިސްޓްރީ
20 ފެބުރުއަރީ 2025 - 21:35
މާލޭގެ އެކި ހިސާބުތަކުން ބަލިވެ އަދި މަރުވެފައިހުރި ކޮތަރު ފެންނަން ފަށައިފި އެވެ.
ޖަނަވާރުތަކާ ބެހޭ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްގެން، ކޮތަރުތައް ބަލިވެ ނޫނީ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އަދި މިކަމުގެ ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކޮތަރުތަކަށް އެކަން ދިމާވި ސަބަބު ދެނެގަނެވުނުހާ އަވަހަކަށް ތަފްސީލު އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުގައި ކޮތަރުގެ ތުންގަނޑު އަދި ލޯ ކައިރީގައި އެއްޗެހިތަކެއް ނަގައިފައި ހުރެ އެވެ.
އެގޮތަށް ވެފައި ހުރީ ކިހާ އަދަދެއްގެ ކޮތަރަކަށް ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސް ޕޮލިސް
21 February 2025
ދިވެހި ފުލުހުންގެ "ސިހުރު ލެބަކަށް" ގެންގޮސްގެން ތަހުލީލްކޮށްބަލަ. ސިހުރުގެ ކަންކަން ދެނެގަންނަން ދުނިޏޭގަވެސް އެންމެ މޮޅުވާނީ ދިވެހި ފުލުހުން
މިއައު
21 February 2025
މާލެ ހިސާބަށް ވުރެ ކުނީ. އާޒިމް އަކީ ހަމަ ރިބަން ކަނޑަން އުަޅޭ މީހެއް. އެއްކަމެއްވެސް ރަނގަޅަށް ކުރަން އުޅެނީ އެއްނޫން. މުޅި ކައުންސިލް އެކީ ފެއިލް
ދޮހޮއްތު
21 February 2025
އެއައްކިޔަނީ އޭވިއަން ޕޮކްސް .. ޑޫ ޔޯ ރިސަރޗް
އަބުޖީ
21 February 2025
ރިސާޗް ކުރަނީކީ ނޫންތަ އެ؟
ރަދީފް ފޭންސް.
21 February 2025
ކޮތަރުގެ ޖެނެރޭޝަން ވެސް މުސްކުޅިވެ އަޖަލު ހަމަވާނެ.
ޏާއްކޮ
21 February 2025
އެޗް 1 އެން 1 މިކޮޅަށް ވެސް އައީތަ.. إنا لله وإنا إليه راجعون
އަލީ ހަމީދު
20 February 2025
ވިލިމާލެއިން ވެސް ތިމަންޒަރު ފެނޭ އެބަ ވަރަށް. ބަލި ކޮށް ހުންނަ ކޮތަރުވެސް ފެނޭ.
ދޯ ރ.އަދުރޭބެ
20 February 2025
މަޖިލީހަށް ތިކަން ރަނގަޅަށް އަސްލު ބެލޭނީ.
ޑިޕްލޮމާ
21 February 2025
މަޖިލިސް އެއުޅެނީ ޑިޕްލޯމާވެސް ނެތިގެން އެ ހެދުމުގަ. އެކަން ނުވަނީސް އިތުރު ކަމެއް ވާނެ؟
ފިނިފެންމާ ސައީދު
20 February 2025
މީގެ ދެތިންއަހަރު ކުރިން ކޮންމެވެސް ހަފުލާއެއް ބާއްވާން ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ސިޓީ ކައުންސިލުން ފާޑެއްގެ ކެމިކަލެއްޖަހައިގެން އޭރު ކޮތަރުތަކެއް ޝަހީދުވެގެން ވެއްޓެމުންދިޔަ. އޭރު މޭޔަރަކަށް ހުރީ ކާކުކަމެއް ނުބުނާނަން.
ބެމިކަލް
21 February 2025
ޗެމިކަލް. ލޮލްލް
އެންމެން ހެޕީ
20 February 2025
ބާޑް ފުލޫތަ...ބާޑް