މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަސްދަޅު ދޫކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
22 ފެބުރުއަރީ 2025 - 15:56
ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޫކުރާ މަސްދަޅުތައް މާލެ ސަރަހައްދުގައި ބެހުމުގައި މިރެއިން ފެށިގެން ބޭނުން ކުރެވޭނެ "ރޯދަ ހަދިޔާ ޕޯޓަލް" ތައާރަފްކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ގިނަ ބަޔަކު އެއްވެ ބޮޑު ކިއޫއެއްގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމާއެކު ސަރުކާރުން ނިންމާފައި އޮތީ އެކަން ފަސޭހަ ކޮށްދިނުމަށެވެ.
މަސްދަޅު ބެހުމާ ހަވާލުވި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، މަސްދަޅު ނެގުމަށް މިއަދު ހަވީރު 6 އިން ފެށިގެން ޕޯޓަލްއިން ޓޯކަން ދޫކުރަން ފަށާނެ ކަމަށެވެ.
ޓޯކަން ދޫކުރާނީ " ރޯދަ ހަދިޔާ ޕޯޓަލް" ނަމުގައި ހަދާފައިވާ ޕޯޓަލް އަކުންނެވެ.
މިނިސްޓްރީން ނިންމާފައި އޮތީ ކޮންމެ ރެއަކު ވެސް އެކި މަރުކަޒުތަކުން އެކި އަދަދުތަކަށް ޓޯކަން ދޫކުރުމަށެވެ.
1- މިފްކޯ މައި އިމާރާތް- 200 ޓޯކަން
2- އެމްޓީސީސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
12- ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން
މިއީ ހޫނުގަދަ މޫސުމަކަށް ވާތީ ސަރުކާރުން ނިންމީ ރޭގަނޑު މަސްދަޅުތައް ދޫކުރާށެވެ. ގަޑިއަކީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން އެ ރެއްގެ 12 ޖަހަންދެންނެވެ.
ސަރުކާރުން ބުނިގޮތުގައި މަސްދަޅު ކޭސްތައް ބަލައި ދާއިރު އެއް މަހުގެ ކަރަންޓު ބިލާައި އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ. އެކަކަށް ގިނަ ވެގެން ދޫކުރާނީ ތިން މީޓަރަށް ތިން މަސްދަޅު ކޭސް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުުންޏެވެ.
ހުރިހާ ގެއަކަށް މަސްދަޅު ދޫކުރެވެންދެން މަސްދަޅު ދޫކުރުން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިފާއު އައްބާސް
23 February 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ނިންމާ މުހިއްމު ކަންކަން. މިއީ ހާދަ ބޮޑު ލުޔެކޭ. ހާއްސަކޮށް ފުރަތަމަ ހެދުނު ގޯސް ރަނގަޅުކޮށް އެކަން ބަދަލް މިކުރީ.
މުސްނިދު
23 February 2025
ހެޔޮ ބަދަލެއް. މީގެ ސަބަބުން ދެން ނުޖެހޭނެ ކިއުގަ ޖެހިގެން ހުންނާކަށް.
ކެކެކެކެކެކެކެކެކެކެ
23 February 2025
ދިވެހީންގެ ރާއްޖެ އިން ކުރައިސިސް! މަސްދަޅު ޓޯކަން ނޮޓް އެވެއިލަބަލް!
ކޮތަރޭ
23 February 2025
މާލެ އަށް 180 ގޮރާމުގެ މަސްދަޅުކޭސް ބަހާފައި އަތޮޅުތެރޭ ރަށްރަށަށް 140 ގްރާމު މަސްދަޅު ކޭސް ބެހުން އެއީ ސަރުކާރުން ދިވެހި ރައްޔިތުންނާ މެދު ކުރި ތަފާތުކުރުމުގެ ޢަމަލެއް. މިކަން ބަލައިގަންނަން ވަރަށް އުނދަގޫ
މަސްދަޅު
23 February 2025
މޮޅު ވާހަކަ ނުދައްކާ. 180 ހަމަ ހުރީ ރަށްތަކަށްވެސް ފޮނުވާފަ. ބައެއް ރަށްރަށުގަ މައްސަލަޔަކީ ކޮންމެ ގޭބިސީ އަކަށް މަސްދަޅުކޭހެއް ނުލިބި ރެޖިސްޓަރ ވެފަ ހުރި ކޮންމެގެއަކަށް 1 މަސްކޭސް ލިބުން.
ހަމަދޯ
23 February 2025
ކޮތަރޭ ދޮގު ހެދުމުގައި ދެމިތިބޭތި ކުރިޔައް އޮތީ ރޯދަމަސް
ހޫމް..
23 February 2025
އުޅެ އުޅެ ތިޔަ ޓޯކަން އެއް ނުލިބުނު. އަވައިލަބަލް ކޮށް ނެތޯ މި މަހުގަ. އަދި އަންނަމަހު ވެސް.. މީ އަޅެ މޯލްޑިވިއަންގެ ޓިކެޓް ބުކިން ތަ؟ މިއަށް ވުރެން އިންތިޒާމްތައް، ރަގަޅުކޮށް ކަމެއް ކުރަން ނޭގެނީތަ! ދެން ތި ލިބޭނެ ކަމުގެ އުއްމީދެއް ނެތް! ލިބުނަސް ލިބޭނީ ރަމަޟާން މަހު ފަހު ދިހައެއްގަ ކަންނޭގެ!
ކިހިނެއް
23 February 2025
ކޭސްތައް ބަހާތީވަކިބަޔަކު އުޅެނީ ކަންބޮޑުވެގެން އަދިކިޔަނީއެއީ މީހެއްގެ އެއްޗެއްނޫނޭ.އަސްލު ވާގޮތަކީކުރިން ބަހަމުންދިޔައީ ސައުދީން ހިލޭދޭކަދުރު. އެވެސް ޔާމީންއިރު މެޑަމްފާތުންގެ ލޭބަލް ޖަހައިގެންބެހީ އަދިއެޔައްފަހު އެމްޑީޕީވެރިކަމުގަ ބަހަންދިންކަދުރައް އެންމެންނައްނުލިބި އަދިވެސް ވީގޮތެއްނޭނގޭ މިއީހަގީގަތަކީ.މީގެން އެއްބަޔަކައްވެސް ނޭނގުނުއަމިއްލަ ސަރުކާރުން އެއްޗެއް ބަހާކަހަލަ ބުއްދިއެއްނެތް.ހީވާގޮތުން ދެންއެހެން ސަރުކާރު އަޔަސްމިކަން ފޮލޯކުރާނެ
ސަލާން
22 February 2025
ކުރިން އުޅުނީ ވެރިފިކޭޝަން ކޯޑް ނުލިބިގެން. މިހާރު ހުރިހާ ޑޭޓް އެއް ފުލް. ހައްލުވެގެން ކިއުގަ ޖެހިގެން ދާއިރު ބުނާނެ ތި މީޓަރު ނަންމބަރުގެ މަސްކޭސް ވަނީ ދޫކޮށްނިމިފަ ކަމަށް.
އާރީ
22 February 2025
ސެލެކުޓް ޑޭޓް ނޮަޓް އެވޭލަބަލު. މަަޗް 4 ކާ ހަމަޔަށް ޑޭޓްޖަހާފަ އޭގެ ފަހުން ސެލެކްޓް ވެސް ނުކުރެވޭ. ސުކުރިއްޔާ
މަސްދަޅު
22 February 2025
މިހާރު މި ވެގެން އުލޭ ގޮތަކީ އެޕާރޓްމެންޓް ގަ ކުރިން ކުއްޔަށް އުޅޭފަ ތިބި މީހުން މީގެ ނާޖާއިޒް ފައިދާ ނަގާފަ މިހާރު ކުއްޔަށް އުލޭމީހުން ރެޖިސްޓަރ ވާން ބަލާ އިރު މި އިންނަނީ އެ މީޓަރއަށް މަސްދަޅުކޭސް ނަގާފަ. މިހެން ވީމާ އަސްލު ހައްގުވެރިންނަކަށް މި ނުލިބޭ. މިކަމުގައި ޝަކުވާ ހުށަހަޅާނީ ކޮންފަރާތަކަށްތޯ އިންގޭ ބޭފުލޭއް ހުރިއްޔާ އަންގަވާލަ ދެއްވާ
ފޮނިފޮނިޓައްޕު ކުމާރު
22 February 2025
މަސްދަޅުތަކާއެކު ފެންނަ ބޮޑުމަންޒަކީ ސަރުކާރު ގޮތްހުސްވެ ފެނުންމައްޗަށް ނަގާ ތައްޓުމައްޗަށް ޖެހީމާ ތެޅޭމަންޒަރު.