މަސްދަޅު ކޭސް ބެހުމަށް ތައްޔާރުވަނީ: މާލެ ސަރަހައްދުގައި 40،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ވަނީ ބަހާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
05 މާޗް 2025 - 13:58
މާލެ ސަރަހައްދުގައި މިހާތަނަށް 40،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ސަރުކާރުން ބަހައިފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު "މިހާރު" އަށް ވިދާޅުވީ ރެއާ ހަމައަށް މާލެ ސަރަހައްދުގައި 40،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
"މިހާރު ހަމަ ގިނަ ރަށްރަށުގައި މަސްދަޅު ކޭސް ބަހައި ނިމިފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ މަހު 20 ވަނަ ދުވަހު އެވެ. ފުރަތަމަ ހަމަޖެއްސީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޖުމްލަ ފަސް ތަނަކުން މަސްދަޅު ކޭސް ދޫކުރާށެވެ. ނަމަވެސް، ދިގު ކިއުތައް ދަމާލުމާ އެކު މަރުކަޒުތައް ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެ. އަދި މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމަށް ޓޯކަން ނިޒާމެއް ވެސް ތައާރަފުކޮށްފައިވެ އެވެ.
މި ރޯދަމަހަށް ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ކޭސް ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއިމާާ
06 March 2025
އެމްޑީޕީ މީހުން ވަރަށް އުޅުނު މިކަން ނުވާނެގޮތަކަށް ކުރިޔަށް ދާން. އެހެންވިޔަސް އެމީހުންނަށް ކުރިމަތިވި ނާކާމިޔާބު މާ ބޮޑު.
ހައިޝަމްް
06 March 2025
ރައީސްގެ ވައުދުފުޅާއެއްގޮތަށް މަސްދަޅު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއް.
2025
06 March 2025
ޢެހެންވީމާ 2028 ޔަގީންދޯ..... ބޮއިހަލަކި
ދޮޅި ހުސޭނު
06 March 2025
މަސްދަޅު ލިބިގެން ވަގުތީ މަންފާއެއް ލިބުނަސް މިއީ އަމިއްލައަށް ދައްކާ ޓެކްސް ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ ބޯ ކާން ކުރި ބޮޑު ހަރަދެއް. މިކަމަށް ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މިލިއަނުން ހަރަދު ނުވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. އެހެން ވީމަ މިކަން ކުރިޔަސް އަހަރެމެން ވެރި މީހާއަށާއި ސަރުކާރަށް ސަނާކިޔަން ޖެހޭނެ ކަމަކަށް ނުދެކެން
މަސްދަޅު
05 March 2025
ގޭގެ ވެރިން ރޯދަ މަސް ފެށީ މަސް ދަޅު ވަގަށް ނަގައި ފޭރިގަނެގެން. އެ މަސް ދަޅު އެ މީހުންނަށް ހަލާލު ވާނެތޯ؟
ވޮޗްމޭން
05 March 2025
ބައެއް ގޭތަކުގެ ވެރިން މީޓަރު ނަންބަރަށް މަސް ކޭސް ނަގައިފި. މިދެން ކިހާ ދެރަކަމެއް. މާތްވެގެންވާ މި ރޯދަ މަސް މި މީހުން މި ފެށީ އޭގެ ހަގު ފަރާތް ހަތުން ފޭރިގެން. މީ ދިވެހިންގެ ގޮތްކުޑަ ކަމުގެ ކުޑަ މިންވަރެއް. އަޅުގަނޑުމެން ރާއްޖެއަށް މި އޮތީ ކިހިނެތް ވެފަތޯ؟ ކޮބާތޯ އެ ބުނާ އަޅާލާ ހިތްހެޔޮ ރައްޔަތުން އަދި އަވަށްޓެރިން.
ާލަތީގީ
05 March 2025
ސަލާންޖަހަން ދިވެހިންނަށް ކޮންމެ ވެރިކަމެއްގަވެސް ދަސްކޮށްދޭ! މިފަހަރު މިގެންދިޔައީ މުޅިން އެހެން ލެވެލްއަކަށް! ސަލާންޖެހުން މެކުހަށް. އަމިއްލަ ނަފުސުގެ އާއިލާގެ ގަދަރެއް ކަރާމާތެއް ނެތް.
ޖާރިޔާ
06 March 2025
ހާދަ ހިތްމޮޅޭ؟ ހިލޭ އެއްޗެއް ދިނީމަ އެވޭތަ ސަލާންޖެހުމަށް؟ ބޭނުން ނެތިއްޔާ ނުހޯދީމަ ނިމުނީ. ކާކުތަ މަޖުބޫރުކުރީ އެ ހޯދަން؟
އުދުހޭ
05 March 2025
އެހެންވީމާ އީދުގެ ކުރިން ހޯދަހަދިޔާ ބަހާ ނިމޭނެކަމަށް ލަފާކުރެވޭ.
ރަސްދޫމީހާ
05 March 2025
ރަސްދޫގައި މަސްދަޅުބަހަން ނުފަށައިގެން އުޅެނީ ގޭބިސީތަކަށް ހަމަވާވަރަށް މަސްދަޅު ނުފޮނުވައިގެން. މަދުވާ 53 ފޮނުވާނެތޯ؟ މަދުން ފޮނުވީ ކީއްވެތޯ؟ ދެން ރޯދަމަސް ނިމެންދެން ތިބެންވީތޯ؟ ވަރައްބޮޑު ލަޑެއް މިދިނީ މިފަހަރު. އެއަށް ބަލައިގެން ނުގަނެތިބީ. ތިމީޑިއާގެ ޒިއްމާއެއްގެ ގޮތުގައި މިއަށް ޖަވާބެއް ކަމާބެހޭ ފަރާތްތަކުން ހޯދައިދެއްވުން ވަރަށް އެދެން! ޝުކުރަން. ރަމަލާން ކަރީމް!
ތައްކާނުބޭ.
05 March 2025
މާލޭ މީހުން ބޮޑު އަގުގައި ކުއްޔަށް ދީފައި ހުރި ތަންތަނަށް ލިބުނު މަސް ކޭސް އެތަންތަން ކުއްޔަށް ހިފައިގެން ތިބި މީހުނަށް ނުދީ އަމިއްލައަށް މަސް ކޭސް ނަގައިގެން މާލޭގެ ވަރަށް ގިނަމީހުން މަސްދަޅުކޭސް ކާލައިފި. މިއީ މިމީހުންގެ ކަންތައް ހުންނަގޮތް. ކަޑަ ބައެއް.
ލޯބޮޑުތަލަ
05 March 2025
އެހެންވީމަ ތިމައްސަލަ އެބަޖެހޭ އެސީސީން ބަލާ މަސްދަޅު ބެހުން ހުއްޓުވަން އަމުރެއް ނެރެން!