ފިންލެންޑް އިންޓަނޭޝަނަލްގެ އަލަށް ހުޅުވި އިމާރާތް --- ފޮޓޯ/ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް
23 ފެބުރުއަރީ 2025 - 14:46
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް (އެފްއައިއެސްއެމް) ގެ 10 ބުރީގެ އާ އިމާރާތް ހުޅުވައިފި އެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ އާ އިމާރާތް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދާއި ލައިޓްހައުސް ލާނިން ގްރޫޕުގެ ސީއީއޯ އަދި ކޯ ފައުންޑާ ޕްރަޖޫދް ރަޖަން އާއި ބޯޑް މެމްބަރުންނާއި އައިލެންޑާސް އެޑިއުކޭޝަން އަދި ލައިޓްހައުސް ލާނިން ގްރޫޕުގެ އިސްވެރިންނާއި އެޑިއުކޭޝަންގެ ދާއިރާގައި ހިދުމަތްކުރާ އެކި ފަރާތްތަކުން ބައިވެރިވި އެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދާއި ލައިޓްހައުސް ލާނިން ގްރޫޕުގެ ސީއީއޯ އަދި ކޯ ފައުންޑާ ޕްރަޖޫދް ރަޖަން އާއި އެ ސްކޫލްގެ ބައެއް އެހެން ވެރިން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް
އެ ސްކޫލް ހިންގުމަށް ޖާގަ ތަނަވަސް 10 ބުރީގެ އިމާރާތެއް ހުޅުވުމަކީ ސްކޫލްގެ ހިންގުމާއި ކިޔަވައިދިނުމަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ސްކޫލުން ދެކެ އެވެ. އެ ސްކޫލް ހުޅުވީ ރާއްޖޭގެ ސްކޫލެއްގައި މިހާތަނަށް ގާއިމުކޮށްފައިވާ އެންމެ ބޮޑެތި ކްލާސްރޫމްތަކާ އެކު އަދި ގިނަ ވަސީލަތްތަކަކާ ވެސް އެކު އެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ބައެއް ކުދިން ބައިވެރިވަނީ.---ފޮޓޯ: ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. އެއިޔާ ވެލަންނޭ ވިދާޅުވީ އެ އިމާރާތަކީ އެ ސްކޫލުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު ތަނެއް ކަމަށެވެ. އަދި އާ އިމާރާތާއެކު އެ ސްކޫލްގެ ކިޔަވައިދިނުން އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި އަލަށް ޑިޒައިންކުރި ރީތި އަދި ފުރިޙަމަ ވަސީލަތްތަކެއް ހުރި އިމާރާތެއް ލިބުމަކީ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމާރާތް ކިތަންމެ ފުރިހަމަވި ނަމަވެސް، އެ ސްކޫލުގެ އެންމެ މުހިންމު އަސާސަކީ ސްކޫލްގެ ކަރިކިއުލަމާއި ޓީޗަރުން ކަމަށެވެ. އަދި އެ ސްކޫލުގައި ޓީޗަރުން އިސްކަން ދެނީ ސިލަބަސް ކަވަރުކޮށްދިނުމަށް ވުރެ ބޮޑަށް، ދަރިވަރުންނަށް ސިލަބަސް ފަހުމްވާކަން ޔަގީން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ބައެއް ކުދިން ބައިވެރިވަނީ.---ފޮޓޯ: ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގެ ކްލާސް ރޫމްތަކާއި ފަރުނީޗަރުތައް ޑިޒައިންކުރީ ފިންލެންޑުގައި ކްލާސް ރޫމްތަކާއި ފަރުނީޗަރު ޑިޒައިންތަކާ އެއްގޮތަށް އެ ގައުމުގެ މަޝްހޫރު ކުންފުންޏަކުންނެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދާއި ލައިޓްހައުސް ލާނިން ގްރޫޕުގެ ސީއީއޯ އަދި ކޯ ފައުންޑާ ޕްރަޖޫދް ރަޖަން އާއި އެ ސްކޫލްގެ ބައެއް އެހެން ވެރިން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަކީ ދަރިވަރުން ހަމައެކަނި ފޮތަށް ބަރޯސާނުވެ، ޕްރެކްޓިކަލް ގޮތެއްގައި ފިލާވަޅުތައް ނަގައިދޭ ސްކޫލެކެވެ. ފިންލެންޑް އިންޓަނޭޝަލް ސްކޫލަކީ ދެކުނު އޭޝިއާގެ ސަރަހައްދުން އައިއެސްއޭގެ ފުރިހަމަ މެމްބަރުކަން ލިބިފައިވާ ހަމައެކަނި ސްކޫލެވެ. އަދި މިއީ ރާއްޖޭގައި އައިއެސްއޭގެ އެކްރެޑިޓޭޝަން ލިބުނު ފުރަތަމަ ސްކޫލެވެ. އެ ސްކޫލުގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން ދަނީ ރާއްޖެއަށް އެޑަޕްޓް ކޮށްފައިވާ ފިނިޝްގެ ކޯކަރިކިއުލަމްއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމަތު
25 February 2025
ހަބަރު ހުރިހަމަނުވޭ. ކޮންތާކު އެޅި ސްކޫލެއްކަން ނޭނގޭ. އެކަމަކު މަގުމައްޗަށް ބަލާލީމާ ހީވަނީ ގަލޮޅޫ މަދަރުސާހެން.
ޟަމާ
24 February 2025
ކޮންތާކު އެޅި އިމާރާތެއްތަ؟
ދާގީނާ
23 February 2025
އެމީހުން ވެސް ހަދަނީ އޯ ލެވެލް.
މަބުނީ
23 February 2025
އެކަމަކު ތަފާތުވާނެ. އެކި ގައުމު ތަކުގައި ހަދާ ޕޭސްޓްރީވެސް ތަފާތެއްނުން؟ އެކަމު ހަމަ ޕޭސްޓްރީ ދޯ؟ ރަހަޔާއި ކޮލިޓީގެ ތަފާތު.. އެހެންނޫންތޯ؟
މަބުނީތީ
23 February 2025
މަ ބުނީ އެކަމަކު އެ ޕޭސްޓްރީ ހަދަނީ ރާއްޖޭގައޭ!!