ކުޑަހުވަދޫގައި ޕޯޓު ހެދުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރަނީ. -- ފޮޓޯ | އެމްޕީއެލް
24 ފެބުރުއަރީ 2025 - 10:15
ދ. ކުޑަހުވަދޫގައި ޕޯޓެއް ހަދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.
ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.
ކުޑަހުވަދޫގައި ތަރައްގީކުރާ ޕޯޓުގެ މައިގަނޑު މަސައްކަތަކީ ޕޯޓު ޓު ޕޯޓު ލޮޖިސްޓިކްސް އެވެ. އެ ޕޯޓާ އެކު ކުޑަހުވަދޫ ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީކޮށް، އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެ ރަށުގައި ބޮންޑެޑް ވެއާހައުސްއެއް ހަދައި ޕޯޓާ ގުޅޭ އިތުރު ހިދުމަތްތައް ވެސް ތައާރަފް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުޑަހުވަދުއަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅާފައިވާ ހަތް ރަށުގެ ތެރެއިން އެއް ރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy