އޮޅުހިޔާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: މިނިސްޓްރީ
26 ފެބުރުއަރީ 2025 - 20:23
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅުހިޔާ" ފެސިލިޓީއާ އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
އެތަން ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް އެންގީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމަކު އެތަނަކީ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދު ކޮށްގެން ހެދި ތަނެކެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ، އޮޅުހިޔާ ފެސިލިޓީގެ ހުރިހާ ރަސްމީ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ނިމުމަށްފަހު، މިއަދު އެ ތަނާ ރަސްމީކޮށް މިނިސްޓްރީން ހަވާލުވެފައިވާ ކަމަށެވެ.
މަގުތަކުގައި އުޅޭ ބުޅާތައް "އޮޅުހިޔާ"އަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށުމުން އެނިމަލް ވެލްފެއާ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެފަ އެވެ. އަދި އެ މަސައްކަތް ވަގުތުން ހުއްޓުވަން ވެސް އެންގި އެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ނިންމިކަން އެންގީ ޑިސެމްބަރު ތިން ވަނަ ދުވަހު ބުޅާތައް ފެސިލިޓީއަށް ގެންދަން މުވައްޒަފުން ނިކުންނަނިކޮށް ކަމަށެވެ.
އެ ފެސިލިޓީ ސަރުކާރާ ހަވާލު ކުރަން އެންގުމާ ގުޅީގެން، އެ ފެސިލިޓީ ނިމިގެން ގިނަ ދުވަސްތަކެއް ވީއިރު ވެސް މިހާތަނަށް އެއްވެސް ބުޅަލެއް އެތަނަށް ގެންދެވިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
27 February 2025
ތިޔަމިހާރަށް ނިމުނީ، 6 މަސް ފަހުން މީހަކު ސުވާލެއްކޮށްފިއްޔާ ބުނާނެ، މިހާރު ވީ އިންޑިޔާގެ ސޫތުކުޅިން ބުޅާ އެކްސްޕާޓް އަކަށް އޯޑަރުކޮށްފައޭ!!.
އަސްރަފް އ
27 February 2025
ފެސިލިޓީ މިނިސްޓްރީއާ ހަވާލުކަރަން ލަސްވެސް ވެއްޖެ. ސިޓީ ކައުނސިލުން ޑްރާމާ ކުޅެން އެތަން ބޭނުންކުތެވިގެން ނުވާނެ.
ކީއްކުރާނީ
27 February 2025
ޒުވާނުންގެ ފުލެޓް އުވާލި ގުރޫޕައް ބުޅާ ފެސިލިޓީ މާ މުހިންމު
ރާވެރިބެ
27 February 2025
ބުޅާ ފެސިލިޓީ ބެލެހެއްޓުން ހަވާލުވާން އެންމެ ރަގަޅު ފަރާތަކީ މުލިއާގެ ކަމުގަ ދެކެން. ރައީސްގެ ދެކަނބަލުން ޖަނަވާރަށް އޯގާތެތިކަން ބަހައްޓާވަރު ރައްޔިތުންނަށް މިސާލަކަށް ދެއްކުމަށްޓަކާ.
ޟުހާ
27 February 2025
ދަނޑުވެރި ވުޒާރާއެއް ހެދީމަ ހިތައް އެރި ރާއްޖޭގެ ދަނޑުވެރިންނަށް ލުއިގޮތްތަކެއް ވާނެކަމަށް. އާހިރުގައި މުޅި މިނިސްޓްރީގެ މެންޑޭޓަކީ މާލޭގައި އުޅޭ ބުޅާތަށް ބެލެހެއްޓުން. ދަނޑުވެރިންނަށް ލިބެން ހުރި ކަންކަންވެސް މި ފެންނަނީ އަތްއަޅާ މިނިސްޓްރީގެ ބޮޑުންގެ ޖީބު ބަރުކުރާ ތަން.
ލުފްޝާން
27 February 2025
ސަރުކާރުގެ ވައުދުތަކަށް ހުރަސް އަޅަންޏާ ސިޓީ ކައުންސިލްއަތުންވެސް ނަގަންވީ. ރައްޔިތުންނަށް ދަތިވާ ކަންކަން އެއްވެސް ބަޔަކު ކޮށްގެން ނުވާނެ
ފާއިދް
27 February 2025
މިހާ ދުވަސްވެގެން ދިޔައިރު އަދިވެސް ހިދުމަތް ދެވޭ ފެންވަރުގައެއްނޫން ތިތަންހުރީކީވެސް. ސިޓީ ކައުންސިލް ތިކަމުން އޮތީ ފެއިލްވެފަ.
ނުއުމާން
27 February 2025
ސިޓީ ކައުންސިލްއަކަށް ނުވިއެއްނުން. ސަރުކާރުން ކަމެއް ނުކުރަންޏާ މިމީހުން ކަމެއްވާ ކަމަކަށްވެސް ނުވޭ
ސައްދާމް އިބްރާހީމް
27 February 2025
ތިޔަމިނިސްޓްރީއިން ތިތަނާ ހަވާލުވީތީ އެކަމުގެ އުފަލުގާ ސަރުކާރުން ރައްޔިތުންނަށް ޗާންދަނީމަގާ މަޖީދީމަގާ ގުޅުނު އަނގޮޅިމަތީގާ ސައެއް ދޭންވީނޫންތޯ.
ކުލިންޓަން
27 February 2025
އޮޅުހިޔާ އޮޅާލާށެވެ.