މާލޭގައި ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
27 ފެބުރުއަރީ 2025 - 11:37
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ ޒަކާތު ހައުސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.
އެސްއެމްއެސް އަދި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުނަސް، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް ނޭނގޭ މީހުންނަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ދެއްކޭނެ އިންތިޒާމް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
ޒަކާތް ދެއްކުމަށް މީހަކު ކާޑުގެ ބާވަތްތަކެއް ހިފައިގެން ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
1. ދިރާގު: ދިރާގު އެޕް އަދި ދިރާގު ޕޭ (ވެބްސައިޓު އަދި އެސްއެމްއެސް މެދުވެރިކޮށް)
2. އުރީދޫ: އެމް ފައިސާ (އެޕްލިކޭޝަން އަދި އެސްއެމްއެސް)
3. އެމްއައިބީ: ފައިސާ މޯބައިލް އެކްސް (އެޕްލިކޭޝަން އަދި ފައިސާ ނެޓް)
4. ބީއެމްއެލް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން އަދި ވެބްސައިޓް)
5. ފަހިޕޭ: ފަހިޕޭ (އެޕްލިކޭޝަން އަދި ވެބްސައިޓް)
6. ފިނޭންސް މިނިސްޓްރީ: ބަނޑޭރިޕޭ/ ވެބްސައިޓް/ ޕޯޓަލް
ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު (2 މާޗް އިން 20 މާޗް) ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ. އަދި ފަހު 10 ގައި (23 މާޗް އިން 30 މާޗްއަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން މެންދުރުފަހު 2:00 އަށެވެ.
މާލޭގައި ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
1. އާދައިގެ ހަނޑޫ: 12ރ.
2. ތައިލެންޑް ހުދު ހަނޑޫ: 62ރ.
3. ރަތް ހަނޑޫ: 86ރ.
4. ބާސްމަތީ ހަނޑޫ (އާދައިގެ): 74ރ.
5. ބާސްމަތީ ހަނޑޫ (މޮޅު) : 100ރ.
6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133ރ.
7. އާދައިގެ ފުށް: 10ރ.
8. އާޓާ ފުށް: 75ރ.
ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވަނީ އަންނަ ހޮނިހިރު ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy