އަތްކަން ކުރުމަށް ރާއްޖެ އަށް މަޝްހޫރު ދ. ރިނބުދު އަށް އަރައިގެންދާއިރު ރަށުގެ މައި މަގުގެ ކޮޅުން ކޮޅަށް ފެންނަނީ ގަދަ ކުލަތައް. ރާއްޖޭގެ ރީތިކަމާއި ސަގާފީ އެކި މަންޒަރުތަކުން ރަށުގެ ފާރުތައް ހުންނަނީ ޗާލު ކޮށްލާފައި. އެންމެންގެ ފޮޓޯ ސްޕޮޓަކަށް ވެފައިވާ މި މަގަކީ ހަމަ ހުސް ދިވެހިން އާޓިސްޓުންގެ ބުރަ މަސައްކަތް.-- ފޮޓޯތައް: ނިޝާން އަލީ | މިހާރު
04 މާޗް 2025 - 10:32
ގެއެއްގެ ބޭރު ފާރުގައި ގަދަ ކުލަތަކުން ކުރަހާފައިވާ ކުރެހުމުން އެ ފެންނަނީ ދެ އަންހެނަކު އިށީގެނދެލައިގެން ތިބެ، ލިބާހެއްގެ ކަސަބުގެ މަސައްކަތް ކުރާ މަންޒަރު. މިގޮތަށް މި ރަށުގެ ގިނަ ފާރުތަކުން ދައްކައި ދެނީ ދިވެހިންގެ އިހުގެ ދިރިއުޅުން.
ރަށަށް އަރާ ޓޫރިސްޓުންނާއި ދިވެހިންގެ ލޯތައް ވެސް ހުއްޓެނީ މި މަންޒަރުތަކަށް. "މިހާރު" ގެ ޓީމުން ރިނބުދު އަށް އަރައިގެން އައިސް މި މަންޒަރުތައް ބަލަމުންދިޔައިރު ފާރުތައް ކައިރީގައި ޓޫރިސްޓުންނާއި ދިވެހިން ވެސް ތިބީ ފޮޓޯއަށް ހުއްޓިގެން މި މަންޒަރުތަކަށް އާޝޯހުވެފައި.
ރިނބުދޫގެ ގެއެއްގެ ބޭރު ފާރު އެކި ކުލަތަކުން ޒީނަތްކޮށްފައި. މައި މަހުގެ ހުރިހާ ގެއެއްގެ ފާރުގައި ވެސް މި ކަހަލަ ކޮންމެވެސް ކުރެހުންތަކެއް ފެނޭ.
ރިނބުދޫގެ ގެއެއްގެ ފާރުގައި ރާއްޖޭގެ ރަށެއްގެ ހުދު ދޮންވެލި ގޮނޑުދޮށް ދައްކުވައިދޭ ކުރެހުމެއް ކުރަހައިފައި.
އަންހެނަކު ދިވެހި ރަތް ލިބާހެއް ލައިގެން ހުންނަ ތަން ދައްކުވައި ދިނުމަށް ކުރަހާފައިވާ ކުރެހުމެއް. އޭނާގެ ކަރުން ފައްޓަރު ބައެއް ވެސް ފެނޭ. ރިނބުދުއަކީ ރަނާއި ރިހިން ގަހަނާ ހަދަން މޮޅެތި އަދި މަޝްހޫރު މީހުން އުޅޭ ރަށެއް ކަމުން މި ކުރެހުންތަކުން ވެސް ރަނާއި ރިއްސަށް ދޭ ސަމާލުކަން ފެނޭ.
ގެއެއްގެ ފާރުން ބޯވައެއްގެ ފައިތަކެއް ފެންނަ މަންޒަރެއް. މިގޮތަށް ކަނޑު އަޑީގެ ދިރުންތައް ފެންނަ މަންޒަރުތައް ރިނބުދޫގެ އެކި ގޭގޭގެ ފާރުތަކުން ދައްކުވައިދޭ.
ދިވެހި އަންހެނުން ރަތް ލިބާހުގައި ތިބެ، ދިވެހި ސަގާފީ އެކި މަސައްކަތްތަކުގެ މަންޒަރު ދައްކުވައިދޭ ކުރެހުމެއް.
ގެއެއްގެ ފާރުގައި ހިބަރެއް ކުރަހާފައި. ކުދި ކުދި މުރަކަތާކައި މޫދުގެ ދިރުންތައް ވެސް ދައްކުވައިދޭ މަންޒަރުތައް މި ރަށުގެ ފާރުތަކުން ފެންނައިރު މިއީ ކަވި އަދި ބުރަ މަސައްކަތެއް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީ ދީ
05 March 2025
މިހާރު އަދި ރިނބުދޫ އެން ތަރައްގީ މި ފެންނަނީ .މިހާރުގެ ކައުންސިލް އައިފަހުން އޮންނަ ރަށެއްކަންވެސް އެގުނީ
ރިބިދޫ އަހުމަދު
04 March 2025
ތިޔައީ މީހުން ބާލަން ސިޓީ ފޮނުވިރަށެއް، ދިރުން އައީ އަންނިގެ ދަތުރުފަތުރު ނިޒާމުން.. އާވީ / ވާމިލިއަން އާ ރަށުގެ ރައްޔިތުންނާ، ނިޒާރުގެ މަސައްކަތުން އެޅި ިނަވާގެއިން ފެެށިފެށުމަކުން . ހަގީގަތް
މުހައްމަދު 1
05 March 2025
ތެދު ވާހަކައެއް.
ސައުތު ބެއްޔާ
05 March 2025
ތިޔައީކީ ރިނބުދޫ މީހެއްނޫން. ރިނބުދޫ މީހުން ނުކިޔާނެ ރިބިދުއެއް. ކަނޑޫދޫ މީހަކާ ވައްތަރީ.
ޚާމިލ
04 March 2025
ވަރަށް ހިއްގައިމު. ދިވެހިންނަކީ ހުނަރައިން ފުރިފަ ވާ ބައެއް މި ކަހަލަ ގޮތްގޮތަށް ދިވެހިންގެ ހުނަރު އެބަޖެހޭ ފެންނަން ހުންނަން.
މީހަ
04 March 2025
ދައުލަތުން ކުރާ ބޭކާރު ޚަރަދުތަކެއް ތިކަހަލަ އާބާދީ މަދު ރަށްތަކުގައި މީހުން ބޭއްތިއްބުމަކީ. އަވަހަށް ބިން ބޮޑު ރަށަކަށް އާބާދީ ބަދަލުކޮށް އުވައިލަންވީ ރަށެއްތީ
މީމަށޭ
04 March 2025
ތިޔަބުނާ ބޭކަަރު ޚަރަދު ފެންނާނެ އިންތިހާބެއް ބޯމަތިވީމަ. އެއްކަލަ ހަތަރެސް ފައިން ގުނާލެވޭ ފަސް މީހުން އުޅޭ ރަށަކީވެސް ރަށެއް ކަމަމށް ދެކި އަރައިގެން އަންނާނެ. ހުދު ތި ކޮމެންޓް ކުރި މީހާވެސް އަންނާނޭ ވޯޓޭ ވޯޓޭ ގޮވަމުން
ޒާލިމް
04 March 2025
ހޫން. ކުޑަހުވަދޫ މީހުން ވަރަށް މޭކަރާނެ ރިނބުދޫ އަށް މޮޅެއް ލިބިއްޖިއްޔާ. ބުނަން. ރިނބުދޫ މީހުން ބަދަލުވާ ތާކުވެސް ކުޑަހުވަދޫ އަކަށް ބަދަލެއް ނުވާނެ. މާމޮޅެތި ތަންނަށް ބަދަލުވެލާނީ
ޖެލަސްނުވޭ
04 March 2025
ކަލޯ ހާދަ ވަރަކަށް ތި ހިތުގަ ޖެހުނީ ؟ ބަލަ ތިހެން ވެއްޖެއްޔާ ރިނބުދޫ ކަހަލަ 100 ރަށުން މީހުން ބާލަންޖެހޭނެ . ރިނބުދޫގެ އާބާދީއަކީ 609 . ދެން ބަލާބަލަ ކިތައް ރައްތޯ އޮތީ އެ ޢާބާދީގެ . ހެހެހެ
ޡަރި
04 March 2025
ޙަޖަމް ކޮށްލާ. މިހާ ރީތި ނަލަ ރަށެއް ނޯންނާނެ ދ އަތޮޅަކު. ދެންތިބުނާ ބޮޑެތި ރަށްރަށު މީހުން އުޅޭގޮތާ ކަންތައް ކުރާގޮތް ފެނިފަ ހުރީ ކުދި ރަށްރަށު މީހުން އެރަށްތަކަށް ބަދަލުކުރީމަ. ކަލޯ އެކަނި ވޯޓު ދީގެން ހޮވާފައޮތް ސަރުކާރެއްތަ ގަމާރާ
ފަތުހީމާ
05 March 2025
އަހަރެމެންގެ ސިޔާމް ހުއްޓާ ލާހިކެއްނޫން މިރަށުން އެންމެ މީހެއްވެސް ބާލަން