ލޯކަލް މާރުކޭޓުގައި މީހަކު ލޮނުމެދު ބަސްތާތަކެއް ހިފައިގެން ދަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
03 މާޗް 2025 - 14:58
ލޮނުމެދަށް ޑިމާންޑް ބޮޑުވުމުން އެސްޓީއޯއިން ބޮލަކަށް ކިލޯއެއްގެ ރޭޓުން ލޮނުމެދު ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ މީހަކަށް އެންމެ ގިނަވެގެން ކިލޯއެއްގެ ރޭޓުން ލޮނުމެދު ވިއްކާ ގޮތަށް ހަމަޖެއްސީ ބައެއް ކަސްޓަމަރުން މާގިނައިން ލޮނުމެދު ގަންނަމުންދާތީ ކަމަށެވެ. އެ މައްސަލަ ބޮޑުވީ، މިއަދު މެންދުރުފަހު ޓްރޯލީއެއް ފުރެންދެން މީހަކު ލޮނުމެދު ގަނެގެން ދިއުމުންނެވެ. އެއާއެކު އެހެން ބައެއް މީހުން ވެސް ގިނަ އަދަދަކަށް ލޮނުމެދު ގަތެވެ.
އެސްޓީއޯއިން ބުނީ ވަކިވަކި ކަސްޓަމަރުން އާދަޔާ ހިފާލަށް ގިނައިން ލޮނުމެދު ގަންނާތީ ވިއްކާ މިންވަރު ލިމިޓުކުރި ނަމަވެސް، ލޮނުމެދުގެ ސްޓޮކް މަދުނުވާ މިންވަރަށް އެބަހުރި ކަމަށެވެ.
އެސްޓީއޯއިން ލޮނުމެދު ވިއްކަނީ ބާޒާރުގައި ލިބެން ހުރި އަގަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ހެޔޮކޮށެވެ. އެ ފިހާރައިން ވިއްކަނީ ކިލޯއެއް 45ރ. އަށެވެ. ބާޒާރުގައި ލޮނުމެދު ވިއްކަން ލިބެން ހުރީ ވެސް ވަރަށް މަދު ފިހާރައަކުންނެވެ. ބާޒާރުގައި ލޮނުމެދު ކިލޯއެއް އުޅެނީ 100ރ. އާއި 120ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އެސްޓީއޯއިން މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް ބާޒާރަށް ގެނެސް ކޮންޓްރޯލް އަގުތަކެއްގައި އަންނަނީ ވިއްކަމުންނެވެ. އެހެންވެ، ރޯދަމަސް ފެށިއިރު ތަކެތީގެ އަގު ވަނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މމމމމމމމމމ
04 March 2025
ކޮންތަނެއްގަ ހުރި އެސްޓީއޯ އަކުން ތިޔަބުނާ ތަކެތި އަގުހެޔޮކޮށްލިބެނީ.
ދަރުމެންދުރާ
04 March 2025
އެސްޓީއޯއިން ތި ނިއްމުން ނިއްމާނީ ނިއްމާމީހާ ގޭގަ ގެންގުޅޭ ބަންގާޅުމީހާ، ތަންހުޅުވާ މުދާއުފުލާ ކިއުތަރުތީބުކޮށް ދޫކޮށް ހަދަންވެސް ތިބޭނީހަމަ ތި ބުނާ ބަންގާޅުމީހާ،
ޖަރީ
04 March 2025
45 ރުފިޔާއަށް ލޮނުމެދު ގަނެގެން 100 ރުފިޔާއަށް ވިއްކީމަ ފައިދާވާނެ. ލޮނުމެދުން ވެސް ފައިދާ ގަނާ މީހުން އުޅެނީ. 1/2 ކިލޯ ވިއްކަންވީ. އޭރުން ރަނގަޅުވާނެ.
ބާބް
04 March 2025
ބަންގްލާ މީހުން ކޮންމެ މީހަކު ކިލޯއެއް އެނަގައިގެން ތިބެނީ. ހިތަށް އަރާ އަނެއްކާ ބާޒާރުމަތީ ފިހާރަތަކުގައި ގެންގުޅޭ ބޭރުމީހުން ކިޔުގައި ޖައްސައިގެން ނަގަނީ ނޫންބާއޭ. ތިވިޔަފާރިވެރިން ކޮންމެ ކަމެއްވެސް ހަމަ ކޮށްފާނެ.
ފެންސު
03 March 2025
ނެތްއެއްޗެއް ނުކާތިބެބަލަ! ގައިމު އަގުބޮޑެއް ނުވާނެ.
އައިޑީކާޑަށް
03 March 2025
ލޮނުމެދު ވިއްކަނީ އައިޑީކާޑު ދައްކައިގެންތަ؟ ނޫނީ ކިހިނެއް އެނގެނީ މީހަކަށް ވިއްކެނީ ކިލޯއެއްކަމެއް؟
ޖިނާހް ޒަރީރް
03 March 2025
މިދިޔަ ސަރުކާރާ ހިލާފަށް މިސަރުކާރުން ރޯދަޔަށް ތައްޔާރުވެ އަގުތައް ކޮންޓްރޯލަ ކުރަމުން ދަނީ. މީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއް
މޫ ދީ
03 March 2025
މުސާރަ ޙަލާލުކޮށްލީ އުތަ؟
ބަސްތާ
03 March 2025
ކަލޭ ބޮލުގާ މީހަކު ކާއްޓަކުން ޖަހާފާނެ(އެވެސް 40/-)، . ނުގޮވާ!
މޫސާ ޔައިޝް
03 March 2025
ތިވަރުން ހަމަ ގައިމިވެސް 7 ދުވަސް ވަންދެން އުޅެވޭނެ. އަގު ތިރިވެފަ ހުރިއްޔާ ނިމުނީ
އައިރިކް
03 March 2025
ބަޔެއް ދެން އޯވާވަނީ. ޓްރޯލީ ފުރާ ގެޔަކަށް ބޭނުން ނުވާނެ. ޔަވީން ވިއްކަން ކަން. އެސްޓީއޯގެ ނިންމުން ހަމަ ސަތޭކަ
ހުސެމް ވަހީދު
03 March 2025
އަގު ތިރިކޮށްފި. އެސްޓީއޯއިން ތިގެންގުޅޭ އުސޫލު ހަމަ ބަރާބަރު
ބަކާސް
04 March 2025
ދެދުވަހު ދެވިއްޖެ. ގަންނާކަށް ނުލިބުނު. ޕެކްކޮށްގެން ނުގެނެވޭކަމަށްބުނީ. ގެނެވޭނެއިރެއްވެސް ނުބުނި. ބަންގާޅީން ޕިކަޕުގައި މާރުކޭޓަށް 1500ރ އަށް ވިއްކާބަސްތާ. އެންމެފަހުން ގޮޅިއަށްގޮސް ބަސްތާ 1000އަށްވެސް ތިރިކޮށް ވިއްކަނީ.