އައިއޭސީ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ފޮޓޯއަކަށް ހުއްޓިލައިގެން.- ފޮޓޯ: އައިއޭސީ
05 މާޗް 2025 - 15:54
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ (އައިއޭސީ) އޮޑިޓު ރިޕޯޓުތައް ނެރެން ފަށައިފި އެވެ.
އެ ޖަމިއްޔާގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު މިއަދު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރުގެ ރިޕޯޓުތައް، އަހަރީ ރިޕޯޓާ އެކު މި ފަހުން ވެބްސައިޓުގައި އާއްމުކޮށްފައިވާ ކަމަށެވެ.
އާއްމުންގެ ބޮޑު އެހީއަކާ އެކު، ހިންގަމުން އަންނަ ޖަމިއްޔާގެ މާލީ ރިޕޯޓުތައް އާއްމުނުކުރާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށް ކޮމެންޓުކޮށްފައި ހުރެ އެވެ. އެ މައްސަލަ އެންމެ ބޮޑަށް ފެންމަތިވީ އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކާ އެކު، އެ ގައުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީދޭން 2023 ވަނަ އަހަރު ހިންގި ބޮޑު ކެމްޕެއިނާ ގުޅިގެންނެވެ.
އެ ކެމްޕެއިންގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް އަދި އާއްމުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތައް ދީފަ އެވެ. އެކަމަކު، ޖަމިއްޔާގެ މާލީ ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާއާ ގުޅިގެން އައިއޭސީން އޭރު ބުނީ އޮޑިޓު ރިޕޯޓުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. އެކަމަކު، އެކަން ނުކުރެވި އޭރު ދިގުލައިގެން ދިޔައީ އެވެ.
އަޒްހަދު ވިދާޅުވީ 2023 ވަނަ އަހަރު ރިޕޯޓުތައް ވެސް މި މަހުގެ ތެރޭގައި ނެރޭނެ ކަމަށެވެ.
މިހާރު އާއްމުކޮށްފައިވާ ރިޕޯޓުތައް ދައްކާގޮތުން 2021 ވަނަ އަހަރު އެ ޖަމިއްޔާ އަށް 31.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި 2022 ވަނަ އަހަރު 20.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެ ފައިސާތައް ހޭދަކުރި ގޮތުގެ ތަފްސީލުތައް ވެސް އެ ރިޕޯޓުގައިވެ އެވެ.
އައިއޭސީ އޮޑިޓްކުރަން ފުރަތަމަ ހަވާލުކުރީ ރާއްޖޭގައި މަސައްކަތްކުރާ އެހެން ކުންފުންޏަކާ އެވެ. އެކަމަކު، ދިގުލައިގެންދާތީ ފަހުން އެކަން ހަވާލުކުރީ ބައިނަލްއަގުވާމީ އޮޑިޓް ފާމް، އާންސްޓް އެންޑް ޔަންގް (އީވައި) އަށެވެ.
އެ ތަނުން އޮޑިޓް ހަދާފައި ކޮންމެ ފަހަރަކު ސްރީ ލަންކާގެ މައި އޮފީހަށް ފޮނުވައި، އެ ބޯޑުން ވަކިން ރިޕޯޓުތައް ފާސްކުރަންޖެހެ އެވެ. އެ ރިޕޯޓުތައް ނެރުން ލަސްވީ އެ ސަބަބުތަކާ ހެދި ކަމަށް އަޒްހަދު ވިދާޅުވި އެވެ.
އަޒްހަދު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ އެ ޖަމިއްޔާ އަށް ލިބޭ ފައިސާތައް ހޭދަކުރާ ގޮތުގެ މާލީ ރިޕޯޓުތައް ހުށަނޭޅުން ނުވަތަ އާއްމު ނުކުރުމަކީ، އެ ޖަމިއްޔާގައި އިސްކޮށް ތިބި މީހުން އޭގެ ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތު ކުރަން ލިބޭ ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެކަމަކު، ބަޔަކު އެހީއެއް ދިނުމަށް ފަހު، އެ ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލު ދޭން އެދެފި ނަމަ ނުވަތަ އެގޮތަށް ނޭދުނަސް ހަރަދުކުރި ގޮތް ކިޔައިދޭ ކަމަށް އަޒްހަދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
07 March 2025
މީ މެލޭގަ އުޅޭ ބައެއް، މާލެ މީހުންވީމަ ޥ. ރިޗް
އިޤްބާލް ރަށުކުއްޖެއް
06 March 2025
ވަޒީފާއެއް ނެތި އަމިއްލަ މަސައްކަތެއްވެސް ނުކޮށް ހާދަ ރިޗް ލައިފެކޭ މިމީހުން އުޅެނީ
ރޯނޭ
06 March 2025
ކޮމެންޓް ސެކަޝަންގަ ދެކޮޅު ކޮންމެ ކޮމެންޓަކަށް އެބަ ރިޕްލައިދޭ
ހެހެހެހެހެ
07 March 2025
އަދި ފިލްޓަރު ކުރިބައި ކޮބާ ؟؟؟
ހިލޭ ސާބަހަށް
06 March 2025
ޖަމިއްޔާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ މުސާރަ ދެއްވާ ބޭފުޅުންތޯ؟
ހުތުރު އައިއޭސޫލީ
06 March 2025
މަސައްކަތެއް ނުކޮށް އެހެން މުސްލިމުން އެހީވާއިރު އޯކޭ އެއްޗެއް ނަގަން. އަމިއްލަ ދިރިއުޅުން ވެސް ބަލަން ޖެހޭނެ. އެކަމަކު 75% ނެގީމާ އެއަށް ކިޔާނީ ސްކޭމު. ޓެކުން. ދީނުން ވައްކަން ކުރުން. ސީރިޔާ، ފަލަސްތީނަށް ފިނި މޫސުން އައީމާ ހީވަނީ އެހެން ފަދަ ކަމެއްހެން. ޖީބަށް ކަހާލެވޭވަރު އެނގޭތީ. ހާލުގައި އުޅޭ ގާޒާ މުސްލިމުން ހަމްދަރުދީ ވެގެންނެއްނޫން. ރިޕޯޓު ބަލަލިއިރު ޑޮލަރު ގަތުކުން ވެސް އަހަރަކަށް މިލިއަނުން ގެއްލުން. އެގެން ބޭނުން ޑޮލަރު ގަތީ ޖީބަށްތޯ
އީވައި
06 March 2025
އެހެން ނަހަދާ، އީވައިގެ އޮޑިޓު ރިޕޯޓު ބަލާލާފަ ކޮމެންޓު ކޮށްލާ، އޮޑިޓު ރިޕޯޓޫ ލަސްކުރުން ގޯސް، ލަސްކުރުމުން އިތުބާރުވެސް ގެއްލިއްޖެ، މީހުން ފައިސާދޭންވެސް ޖެހުލުންވާނެ، އެކަމަކު ތިޔަކަހަލަ އޮޅުވާލުން ރޯދަމަހު ކަމަކު ނުދޭ! އޮޑިޓު ކިޔަން ނޭގެންނާ އެނގޭ މީހަކު ކައިރީ އަހާލުން ރަނގަޅު
ރީތި އައިއޭސީ
06 March 2025
ތިބޭފުޅާއަށް ޔަގީންތަ 75% ނެގިކަން. ؟ ނޫނީ މިއުޅޭ ދެއުޅި އެއްނުވާ ކުރުސީ ބުނީމަ އެއްޗެއް ޖަހާލީތަ؟ އަޅުގަނޑަށް އެނގިގެން ނަގަނީ 12.5%. ކުރިންވެސް. އަބަދުވެސް.
ޓޮކްސިން
06 March 2025
ހެޔޮ ނުވާނެ ދީނުގެ ނަމުގައި ނިކަމެތިން ބޭނުންކޮށްގެން މިފަދަ ބޮޑެތި އޮޅިވާލުން ހިނގާކަށް.މިމީހުންގެ ޓިކްޓޮކްތައް ފެނުނީމަ އެގޭ ފެންވަރު
ސުލްސުން
06 March 2025
އޮޑިޓް ރިޕޯޓު ބެލީމަ އެގޭ ބޮޑު ސްކޭމެއްކަން މީ. ސޮދަގާތަށް ލިބޭ އެއްޗެއްގެ 25% ހާލުގައި ޖެހިފައި ތިބޭ މީހުންނަށް ލިބެނީ. މިމީހުންނަށް 100 ދީފިއްޔާ ގާޒާއަށް ދަނީ 25 ރުފިޔާ. ބާކީ 75 ރުފިޔާ ހަރަދު ބަރަދު ނަމުގަ. ދީނުގެ ނަމުގައި ހެޔޮ ނުވާނެ މިވަރުގެ ބޮޑެތި ޖަރީމާ ހިންގަން
ފައިނޭންސު
06 March 2025
އޮޑިޓު ރިޕޯޓު ބަލާލިންތަ؟ ޗެކް ކޮށްލާފަ ކިޔަން ނޭގެންޏާ ފައިނޭންޝަލް ފަރާތަކަށް ދައްކާ އޮޅުން ފިލުވުން މުހިންމު، އަމިއްލައަށް ހީވާ ހީވުމަށް ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ، އޮޑިޓު
އައްބެ
06 March 2025
ނޫސްވެރިން މިއީ ފިތުނަ އުފެއްދުމުގެ އެއްމެބޮޑު އެއްރޯލެއްކުޅޭ ފަރާތް. ބަޔަކު ހެޔޮކަމެއް ކުރަންޏާ ބަލާނެ ކޮންމެވެސް ގޮތަކުން އެބަޔަކު ދުއްވާލެވޭތޯ؟ ރެރްކްރެސެންޓް، ޔުނިސެފް، ޑަބްލިޔުއެޗްއޯ ފަދަ ޖަމިއްޔާތަކަކީ މާބޮޑެތި މުސާރަތައް ނަގައިގެން އެތަކެއް މުވައްޒަފުންނެއް ގެންގުޅޭ އަދި އެތަންތަނުގެ ވެރިންނަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ތަންތަން.
ގައްބެ
06 March 2025
ކަންއޮންނަ ގޮތް ހާމަ ކުރުމަކީ ފިތުނަ އުފެއްދުމެއް ނޫން. އެތައް ދިވެހިންނެއް ހެޔޮހިތުން ދޭ އެހީތަކަށް ވާނުވާގޮތް އެނގުމަކީ އެންމެންވެސް ބޭނުންވާނެ އަދި އެންމެ ރިވެތި މާތް ގޮތް. ދުނިޔޭގެެ ބައެއް ގައުމު ތަކުގައި މިފަދަ ފައުންޑޭޝަންތައް ގަވާއިދުން އޮޑިޓްކުރެވި އަދި އޮލުވާލައި މަކަރު ހަދައިފިއްޔާ އެބަޔަކު ކުއްވެރިވެ ޖަލަށްވެސް ދާންޖެހޭ!
ހަބޭސްބެ
06 March 2025
ފިތުރުޒަކާތުން ބޮޑުއެއްޗެއް އަތުލަންވާނެ އިނގޭ ކުދިންނޭ! ދީނުގެ ނަން ބޭނުންކޮށްގެން ހަމަ ހަބޭސް!
2025
06 March 2025
ޥަރަށް ގައްޑާވެފަ ކޯޓް ވައްޓާލަފަ ތިބެނީ.. ކެޔޮކޭވަރު އެނގޭނީ ބިތުފަންގިނެގީމާ...... ބޮއިހަލަކި