ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
10 މާޗް 2025 - 17:06
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު މި މަހު ދައްކައިފި އެވެ.
އެމްޑީޕީ ސަރުކާރުގައި 2022 ގައި ކާގިލް ފައިނޭންސުން 100 މިލިއަން ޑޮލަރު ނެގީ އޭރު ބަޖެޓު ވަރަށް ބޮޑަށް ތާށިވެ، މެނޭޖުކުރަން ދަތިވުމުންނެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ދިވެހި ދައުލަތަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި އަދާކުރަންޖެހޭ ޒިންމާ މި މަހު ވެސް އަދާކޮށްފައިވާ ކަމަށެވެ.
"އެއީ އާންމު އުސޫލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކަށް ވާތީ މި މަހު ވެސް އެ ޒިންމާ އަދާކޮށްފައި ވާނީ. މިހާތަނަށް އެއްވެސް ޑެޓެއް ޑިފޯލްޓް ވެފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
ކާގިލް ފައިނޭންސްގެ ލޯނު ކުރީގެ ސަރުކާރުން ނަގާފައިވަނީ، 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަން އެނގިފައިވެ އެވެ. އެ ރޭޓުން ބަލާނަމަ، އެ ލޯނު އަނބުރާ ދައްކާފައިވަނީ 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާ އެކު އެވެ.
ކާގިލް ފައިނޭންސްގެ ލޯނުގެ އިތުރުން 2022 ގައި އެހެން ލޯނުތަކެއް ވެސް ނެގި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނެވެ.
އައިޑީބީން އޭރު ލޯނު ނެގީ ސަރުކާރުން ހިންގާ ކުނި މެނޭޖްމެންޓް ޕްރޮޖެކްޓަށެވެ.
އެމްއެމްއޭ އިން މިއަދު ބުނެފައި ވަނީ މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 63 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާގިލިގިލި
10 March 2025
އޯކޭ... ޑިފޯލްޓުވުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭހެނެއް ހިޔެއްނުވޭ... އޭގެ ސަބަބުން އިންވެސްޓުމަންޓުތަކަށާ، ރާއްޖެއިން ބޭރުން ކުރެޑިޓަށް ތެލާ އިމްޕޯޓު ހޯދާއިރު ދިމާވާނީ ކޮންކޮން ކަންކަމެއްކަން އަދި އެނގޭހެނެއް ހިޔެއް ނުވޭ... ރާއްޖޭގައި އިންވެސްޓުކުރަން އަންނަ މީހަކަށް ބޭރުން ލޯނެއް ހޯދުމުގައި ކުރިމަތިވާނެ ގޮންޖެހުންތައް އެނގޭހެން ހިޔެއް ނުވޭ... މަސައްކަތް ނިމޭވަރުން ބައިބަޔަށް ދޫކުރަމުންދާ ލޯނުތަކަށްވާނީ ކިހިނެއްކަން އެނގޭހެނެއް ހިޔެއް ނުވޭ...
ރެކިފުތާ
10 March 2025
އޭރު ހުރީ ވަރައް މޮޅު ފިނޭންސް މިނިސްޓަރެއް، ހުސް ވީމަ ނަގަނީ، އަނެއްކާ ހުސްވީމަ އަނެއްކާ އަނެކަކު އަތުން ނަގަނީ. ލިބޭއެއްޗަކުން އެއްޗެއް ރައްކާކުރާނެގޮތެއް އޭރުނޭގުނު، އެކަމު މިއަދުވެސް ކޮންމެވެސް ޗެނަލަކައްއަރާ ގައުމުގު އިގްތިސޯދުގެ ވާހަކަޔާ ހަނޑޫފުށުން ނޫޑްލުސް ތައްޔާރުކޮއްގެން ބޭރުގެ މާކެޓައް އެކްޕޯޓުކުރީމަ ހުރިމޮޅުވާހަކަ ދައްކާނެ
ޓީމު ހުމާޝާ
10 March 2025
އޭރު ކިހިނެއްބާދޯ "ހުސްވާއިރަށް" އެހާ ފަސޭހައިން ލިބެނީ އެހެން މީހެއް އަތުން... އަދި މިހާރު ނުލިބެނީ...
ދޮން
10 March 2025
ކަލޭނޭ މަހީކުރީ މުއިޒް ފައިސާ ޖަހަނިއްޔޭ ކިޔާ އެމް ޑީ ޕީ މީހުން ހަޅޭލަވަން ފެށީމަ އަސްލުވެސް ފައިސާ ޖަހަނީ ކަމަށް އެކަމަކު ކުރީ ސަރުކާރުން ނެގި ލޯނުތައް ހަލާސް ކުރަނީ ދޯމީ ކުރީ ސަރުކާރުން ލޯނު ނުނަގާ ބަޔެއްނެތް ލަދުން ބޯހަލާކު،
ޑިޕޮސިޓް އެކައުންޓު
10 March 2025
ޑޮލަރުތަ މިހާރު ޖަހަނީ ދަރަނި ދައްކަން ކަލޭނޭ
ޖާ ޖަމީޕް
10 March 2025
400 މިލިއަންގެ ލޮސް އެއް. ކުޑަ ރަށެއް ބޮޑު ނުބަލާ ފައިސާ އިސްރަަފްް ކުރުމުގެ ހިތި.
ދުއްތޫރު ޢޮޑިޓަރޭ މާއްކޫ
10 March 2025
އެންމެ 100 މިލިއަން ޑޮލަރެއް ނޫން ދައްކަންވީކީ . ވެރިކަމަށް އަހަރު ފުރުނުއިރު 110 ބިލިއަން ރުފިޔާ ( 110 ހާސް މިލިއަން ރުފިޔާއިން ކުރި ކަމެއްގެ ތަފްސީލް ރައްޔިތުންނަށް ހާމަ ނުކޮށް ކޮންމެ މަހަކު މީރާއަށް ދައްކާ މިލިއަން މިލިއަންޑޮލަރަށް ހަދާ ގޮތުގެ ތަފްސީލުވެސް ހާމަކުރަން ޖެހޭނެ.
ސައިފުﷲ އަދްނާން
10 March 2025
މައުލޫމާތު ލިބުމުގެ ހައްގު ބޭނުންކޮށްގެން އެކަން ބަލާބަލަ. ބަޔަކު ހާމަ ކުރަން ދެން ކޮންމެހެން ނުހުރެ އެ ހިސާބުތައް އަމިއްލަޔަށްވެސް ބެލެން އެބައޮތް
ހަމްދާ
10 March 2025
ދެއްކޭނެތާ ރައްޔިތުން ފެލައިގެންވިއްޔާ އުޅެނީ
ނަންރީތި ހުސޭނު
10 March 2025
ރައްޔިތުން އަތުންނުނަގާ ދެން އެދައްކަނީ ޗާޕުކޮއްގެންތަ؟
ކުރި
10 March 2025
ގައުމު މިފަދަ ހާލަތަކަށް ވައްޓާލީ އެމްޑީޕީ ސަރުކާރުން. މިސަރުކާރުން ކެނޑިނޭޅި ގައުމު ކޮޅަށް ޖެހޭ ތޯ ތިކުރަށްވަމުން ގެންދަވާ މަސައްކަތަށް އަސްސަރިބަހާ ސާބަސް ދެން.
ދެން ކުރޭ
10 March 2025
ވާނޭ ކިޔާފަ ހަވާލުވީ