ދ. ރިނބުދޫއަކީ އާބާދީ މަދު، ކުޑަކުޑަ ރަށަކެކެވެ. ރަށު ތެރެއިން ހަމަހިމޭންކަން ފެނުނަސް މި ރަށަށް ދިރުމެއް ގެނައުމަށް، ރަށުގައި ދިރިއުޅޭ މީހުން މަސައްކަތް ކުރެ އެވެ. އެމީހުންގެ ހިތްހެޔޮކަމާއި މެހެމާންދާރީއާ އެކު ލޯކަލް ޓޫރިޒަމްގައި ވެސް ރަށް ކުރިއަރުވަނީ އެވެ.-- ފޮޓޯތައް: ނިޝާން އަލީ | މިހާރު
11 މާޗް 2025 - 08:19
ގާތްގަނޑަކަށް 500 މީހުން އުޅޭ މި ރަށަކީ ރީތި މަޑުނޫ ކުލައިގެ މޫދަކާއި ހުދު ދޮންވެލި ގޮނޑުދޮށެއް ލިބިފައިވާ ރީތި ރަށެއް.
ގޭގެ ބޭރުގައި ހުރި ޖޯއްޔެއްގައި އިން އަންހެނަކު ފަންގި ވިންނަނީ. މި ރަށު މީހުން ފަންގި ވިޔެ ކައިރި ރިސޯޓުތަކަށް ވިއްކައިގެން އާމްދަނީ ހޯދާ.
ކުދި ޑިންގީތަކުގައި ބަޔަކު މަސް ބާނަނީ. ކޮންމެ ދުވަހަކު ވެސް ހަވީރު ވަގުތާ ދިމާކޮށް، ރަށުގެ އެކި އުމުރުފުރާގެ މީހުން ބަނދަރު ސަރަަހައްދަށް މަސް ބާނަން ނިކުމޭ. މިއީ އެ މީހުންނަށް ވަރަށް އުފާވެރިކަން ގެނުވާ ކަމެއް.
ހަވީރު ފިންޏަށް ބަޔަކު ބޭރަށް ނުކުމެ. ދުވާލުގެ ގިނަ ވަގުތުތަކުގައި މި ރަށުގެ މަގުތަކުން ހަމަހިމޭންކަން ފެނުނަސް ހަވީރު ވަގުތާ ދިމާކޮށް، ގިނަ ބަޔަކު ބޭރަށް ނުކުމެ، މަޖާކޮށް އުޅޭ މަންޒަރު ފެނޭ.
ރިނބުދޫގެ މިސްކިތެއް. މިއީ 1992 ވަނަ އަހަރު ރަށުގައި ބިނާކުރި މިސްކިތެއް. އެކަމަކު އެތަން މިހާރު ބާވެ މަރާމާތު ނުކުރެވި ހުންނާތީ އާންމުންގެ ކަންބޮޑުވުންތައް އެބަހުރި.
ރިނބުދޫގައި މިހާރު ދެ ގެސްޓް ހައުސް ހިންގަމުން އަންނައިރު އެތަނަށްދާ ޓޫރިސްޓުންނަށް ވެސް މި ހަމަހިމޭން ކަމާއި އަމާންކަމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ.
ރިނބުދޫގެ އަންހެނަކު ފޮޓޯއަށް ހުއްޓިގެން. މިއީ ހިތްހެޔޮ އެކުވެރި ބަޔަކު އުޅޭ ރަށެއް.
ރިނބުދޫގެ ރީތި ގޮނޑުދޮށް މަތިން ފެންނަ ފޮޓޯއެއް. މި ރަށަކީ ރީތި މަޑުނޫ ކުލައިގެ މޫދަކާއި ހުދު ދޮންވެލި ގޮނޑުދޮށެއް ލިބިފައިވާ ހިތްގައިމު ރަށެއް
ހަވީރު ފިންޏަށް ބަޔަކު ހިނގާލަނީ. މީހުން މަދު މިރަށަކީ ފެހިކަން ގަދަ ހަމަ ހިމޭން ރަށެއް.
ރިނބުދޫގައި ހަދަން ފަށާފައި ހުރި ގެއެއްގައި މަސައްކަތް ނުކޮށް ދުވަސް ވުމުގެ ގޭތެރޭގައި ގަސް ހެދިފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިލްމީ
11 March 2025
ރިނބުދޫގައި ހުރި ހިއްގައިމު އެތަންމެ ތަނެއް މި ޚަބަރުގެ ފޮޓޯތަކުގައި ހިމެނިފައި ނުވާކަން ހިތާމަޔާއިއެކު ފާހަގަކުރަން. ޢަޅުގަނޑު އެރަށަށް ކުރި ދަތުރުގައި ތި ފޮޓޯތަކުގައި ހުރި ތަންތަނަށްވުރެ ހާސްގުނަ ރީތި ހިތްގައިމު ތަންތަން ހުރި. މިފަދަ ރައްތަކުގެ އެފަދަ ތަންތަން މިފަދަ ޚަބަރުތަކުގައި ނެތުމަކީ ޕްރޮފެޝަނަލް ނޫސްވެރިކަމެއްގައި ބަލައިގަންނަން އުނދަގޫ ކަންކަން.
ރިނބުދޫ ދޮންއަހަންމަދު
12 March 2025
ރަނގަޅެއްނު ތިޔަ ރަށުގެ އެވާހަކަ ލިޔެލަދިންކަންވެސް. 4 މީހުނާ ފަޅި ތިބޭ ރަށްރަށަކީ ޗާޓުގަ އޮތަސް ނިޒާމުގަ އޮންނަކަމަށް ދައުލަތް ޤަބޫލުކުރާ ރަށްރަށެއް ނޫން. ދާއިރާ މެމްބަރުވެސް ހޮވުމަށްފަހު ސިކުނޑިންވެސް ފޮހެލާނެ ތިޔައީ އޮތްތަނެއްކަންވެސް. އެހެންވީމަ ލިޔުންތެރިޔާ އެކުރިވަރު ކޮށްލަދިނީތީ ޝުކުރު ކުރޭ.
ޜާޝިދާ
11 March 2025
ޥަރަށް ރީތި ރަށެއް ރަށު މީހުންވެސް އެހާ ހެޔޮ
ކިއްލި
11 March 2025
ޗާލުރަށެއް. އަދި ވަރަށް ހިތްހަމަޖެހޭ ހަމަހިމޭން ރަށެއް. މަށަށްވެސް ފުރަތަމަ ތިރަށަށް ދިޔަފަހަރުވެސް ފާގަވި ކަމެއްތީ.