އދ. އަރިޔަދޫ: ރުއް އިންދުމުގެ ގައުމީ ޕްރޮގްރާމް މި ރަށުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައި.
12 މާޗް 2025 - 12:31
އދ. މާމިގިލި ކައިރީގައި އޮންނަ ފަޅު ރަށް، އަރިޔަދޫ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ހަމަޖައްސައި އެތަނުގައި ރުއް އިންދައި އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި މި ރަށް ހަމަޖެއްސީ މިދިޔަ އާދީއްތަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރު" ހިންގާނެ ކަމަށެވެ. އަދި ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމް ކުރާނެ ކަމަށެވެ.
އެ ރަށުގައި ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އދ. އަރިޔަދޫ: މި ރަށް މިހާރު އޮތީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުގައި.
ކާށި ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، ރާއްޖޭގައި މިވަގުތު ހުރީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެކެވެ. އަރިޔަދޫގައި ހިންގާ މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ކާނާގެ ޔަގީންކަން ވެސް އިތުރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ހޭޅިފަށުގައި ހެދޭ ގަސްގަހާގެހި އާލާ ކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެ ރަށުގައި އުފައްދަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ "އެޑެޕްޓިވް ރިސާާޗް" އަރިއަދޫގައި ފަށައި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު.
14 March 2025
މިރާއްޖޭގެ ރިސޯޓުތަކައްވެސް އަންގާ ވީހާގިނައިން ރުއްއިންދަން އަދި ރާއްޖެޔައް ބޭނުންވާ ކާށި އެރައްތަކުން ފޯރުކޮއްދިނުމައް ބޮޑެތި ސިންގާ ރައްތައް އެހުރީދީފަ ބައެއް ރިސޯޓުތަކުން ގޮނޑައް އުކާލަނީ ކާށިތައް މިހުންނަނީ އަލިއަޅުވާލަންޖެހޭ ދިމަދިމާ
ހޮޓްކިންގ
13 March 2025
ރަށްރަށުގާ ބޭކާރު އެންމެ ހުސްބިމެއް ހޭޅިފަށެއް ނުބާއްވާ ރުއްއިންދަން ރައްޔިތުންނަށް ހުއްދަދޭންވީ ކައުންސިލްގެ ބެލުމުގެ ހުއްްދައެއްގެ ދަށުން. މުހައްމަދު އަމީންގެ ދުވަސްވަރު ބަނބުކޭލައި ރުއްއިންދަން ބާރުއެޅި. އޭގެފަހުން ސަރުކާރުން ރުއްއިންދަން ބާރެއް ނާޅާ. އަމުދުން ކައުންސިލްތަކުން ތާކުމީހަކު ރުކެއްޖެހިޔަވެސް ނުދޭ. މިލިއަންގަސްއިންދާ ޕްރޮގްރާމުގާވެސް މިއިންދަނީ ކާބޯތަކެތި ނުލިބޭ ގަސް.
މަންޖޭ
12 March 2025
ފުރެންދެން ރުއް ހުރި ރަށެއްގައި ރުއް އާލާ ކުރުމަކީ ހަތްދިހަ އަޖައިބުން އެއް އަޖައިބު ހަމަ
ސަރީރު
13 March 2025
ބައްލަވާ މަންޖޭ. އެރަށުގައި އެހުރީ މަތިވަރު ކޮޅަށް ގޮސްފައިވާ ރުއްތަކެއް. އެއީ އިލްޔާސްގެ ދުވަސްވަރު ޖެހި ރުއްތަކެއް. މިހާރު 30 އަހަރު ވެގެންދަނީ. އެރަށަކީ ރުށް ހެދޭ ބޮޑުރަށެއް. އެހެންވީމާ އައު ރުއް އިންދަން ހަމަ އެންމެ ރަގަޅު އެއް ރަށް.
ޝިފާޒްް
13 March 2025
މާނަޔަކީ ރުއް އެހެންތަނަށް ގެންގޮއްސަ އިންދާވާހަކަ. ބީތާ ވިޔަސް ބޮޑުވަރު މިއީ.
އަލްޖިބްރރާ
12 March 2025
ދެކޮޅު ނުޖެހޭ ގަވާއިދުތައް ހެދީމަ ވާނީ މިހެން. ބޮޑެތި ހިންނަ ހުރި ރަށްރަށުގައި ރުއް އިންދިޔަސް ވަނީ ސަރުކާރުގެ މުދަލަކަށް. ރައްޔިތު މީހާއަށް ލިބޭ އެއްޗެއް ނެތް
މެހި ހަސަނު.
12 March 2025
ތިންހަތްދުވަހުގެ ކަމެއް މިހާރުތިފެށީ،،، ޝުކުރިއްޔާ ހުރިހާ ޢިއްޒަތްތެރީންނަށް،،،،،
2
12 March 2025
ފޮރިންއިންވެސްޓްމެންޓާނުލާ ހަމަ އެއްކަމެއްވެސް ނުވޭތަ؟ ކޮބާ ރާއްޖޭގެ ބޭންކުތައް؟ ކޮބާ އިންވެސްޓަރުން؟ ކޮބާ މިކަމާގުޅޭގޮތުން ކިޔަވައިގެންތިބި މާހިރުން؟
ފުންނަ
12 March 2025
ހއ. މާފަހިވެސް ދަނޑުވެރިކަން ކުރާ ރަށެއް އެކަމު އާންމު ރަްަޔިތުންނަށް ވާ ލާބަ ވަރަށް ކުޑަ ރަށެއް. ދައުލަތުން މިއަށްވުރެ ރަނގަޅަށް މިރަށް ހިންގޭނެ ގޮތެއް ހެއްދެވުން ރަނގަޅުވާނެ.
ކުސަ
13 March 2025
މާފައްސަކީ ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމަށް، އަމިއްލަ ކުންފުންޏަކަށް، ދިގު މުއްދަތަށް، ބޮޑު ކުއްޔަކަށް ދީފައިވާ ރަށެއް. އެކަމަކުން އާންމު ރައްޔިތުންނަށް ސީދާގޮތުން ފައިދާވާނެ ކަމަށް ދެކިގެން ނުވާނެ.
ހޮޓްކިންގ
12 March 2025
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިމާރާތް ކުރުމަށް ބިންތައް ސާފުކޮށް ދިވެހިންގެ އަމަލުތައް މިހާރު މިހުރީ ކާށި ތިޔާގި މިރާއްޖެ ފަގީރުވެ ކާށިވެސް އިމްޕޯރޓް ކުރަންޖެހޭގޮތަށް. ދިވެހިންނަށް ތަރައްގީ ފެންނަނީ މުޅިން އިދިކޮޅަށް. ރަށިގައި އަމިއްލަ ރުކުން ކުރުންބާ ބޮއި ކާށި އަޅައި އުޅުނު ޒަމާން މިދަޔައީ. ކޮންމެ ކަމެއް ތަރައްގީ ވަނީ ފައިސާއަތުގަ ނެތްވަރަށް ޚަރަދު ކުރަންޖެހޭ ގޮތަށް. ރަށްރަށުގެ ހޭޅިފަށުގާ މިހާރުވެސް ރުއްއިންދަން މީހުނަށް ހުއްދަދޭންވީ.
ހަނދާންވޭ ދެރަވެސްވޭ
12 March 2025
ރާއްޖޭގައި ކާށި ތަދުވަނީ ސަރުކާރު ތަކުގެ އިހުމާލުން. 1979 ން ފެށިގެން ރަށްރަށަށްވަނީ އުމާލުވެފައި. މިތާރީޚުގެ ކުރިން ކޮންމެ މަހަކު ރަށްރަށުގައި އިންދާ ރުށްގަހުގެ ހިސާބު ދައުލަތުގެ ކަމާބެހޭ މިނިސްޓްރީއަށް ފޮނުވުން ރަށް ލިޔެދީފައިވާ ފަރާތަށް މަޖުބޫރު. ކަމާގުޅޭ މިނިސްޓްރީގެ މީހުންނާ މިނިސްޓަރވެސް ރަށްރަށަށް އަރައި ރަށްތައް ބަލައިހަދައި. ކޮންމެ އަހަރަކު ވަކިވަރަކަށް ރުއް އިންދަން މަޖުބޫރު. މިހާރު ނުބަލާތީ ވަގަށް އަރައި ރުއްތައް ކަނޑަތިރިކުރަނީ.
ދިރުބާ.
12 March 2025
ކ.މާލޭގައި ރުއް އިންދަންވީނު. ތިވެސް ހަމަ ރަށެއް ވިއްޔާ.
މިކަން
12 March 2025
ގާސިމް އިބްރާހިމަށް ތިރަށް ލިބޭކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.