ރައީސް މުއިއްޒު ކަނޑޫދޫ ކައުންސިލްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2025 - 13:37
އެސްޓީއޯ އިން ދާއިމީކޮށް އެތެރެކުރާ 10 ބާވަތުގެ މޭވާގެ ތެރޭގައި މިރުސް ހިމަނާފައިވީ ނަމަވެސް އެކަން ކުރާނީ ތ. ކަނޑޫދޫގެ ދަނޑުވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިރުސް ހެއްދުމުގައި ރާއްޖޭގައި އެންމެ މަޝްހޫރު ރަށް ކަނޑޫދު އަށް އެ މަނިކުފާނު މިއަދު ވަޑައިގެން ވިދާޅުވީ، ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ދާއިމީކޮށް މިރުސް އެތެރެ ކުރިޔަސް އެ ރަށުގެ ދަނޑުވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ވަރަށް ވަރަށް ޔަގީންކަން ދެން. ތިބޭފުޅުންގެ ވިޔަފާރި އަށް ގެއްލުމެއް ނުވާ ގޮތަށް އެ ކަން ކުރާނީ. އެސްޓީއޯ އިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް ފައިދާވާ ހަމަ ރަނގަޅު ގޮތަށް މިރުސް ގަނެގެން ތިބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭ ގޮތަށް އެކަން ހަމަޖައްސައި، ތިބޭފުޅުންނަށް އޭގެ އެެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ކަނޑޫދު އަށް ވަޑައިގަތުމުން މަރުހަވާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ވެސް ދަނޑުވެރިކަމުގެ ދާއިރާ ވަރުގަދަ ކުރުމެވެ. އެހެންވެ، ކަނޑޫދޫގެ ދަނޑުވެރިންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ފަސޭހައިން ގަސްތައް ހެއްދޭނެ ގޮތެއް ސަރުކާރުން އެ ދަނޑުވެރިންނަށް ފަހިކޮށްދޭނެ ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ކަނޑޫދު އަށް ވަޑައިގަތުމުން މަރުހަވާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތައް އެ ރަށަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
މޭވާގެ ބާވަތްތައް:
1- ދޮންކެޔޮ
2- އާފަލު
3- އޮރެންޖު
4- ލުނބޯ
5- ޖުމްހޫރީމޭވާ
6- އަނބު
7- ފަޅޯ
8- ކަރާ
9- މިރުސް
10- މޭބިސްކަދުރު
ތަރުކާރީ:
1- ފިޔާ (ރަތް)
2- އިނގުރު
3- ކެރެޓް
4- ބަށި
5- ކައްޓަލަ
6- ލޮނުމެދު
7- އަލުވި
8- ކެބެޖު
9- ބަރަބޯ
10- ބޯވެލި
އިތުރު ބާވަތްތައް:
1- މުގު (ރީނދޫ)
2- ކުކުޅު ބިސް
3- ކާށި
އާބާދީގައި 500 ހަމަ ނުވިޔަސް ކަނޑޫދޫގެ ރައްޔިތުންގެ 95 ޕަސެންޓެއްހާ މީހުން މިރުސް ހެއްދުމުގެ މަސައްކަތުގައި އުޅޭތީ ދަނޑުތައް ގިނަވެފައި ސަޕްލައި މައްޗެވެ. އެ އެންމެން ހައްދާ ހުރިހާ މިރުހެއް އެއްފަހަރާ އެއް ވަގުތެއްގައި އެއް ތަނަކަށް ގެންގޮސް ވިއްކަން ޖެހުނަސް ކަނޑޫދޫ މިރުހުގެ އަގު އަބަދުވެސް ބޮޑެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެސްޓީއޯ އިން ދާއިމީކޮށް 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ކުކުޅު ބިހާއި ކާށި އެތެރެކުރަން ފެށުމުން އަންނަ މަހުގެ 15 އިން ފެށިގެން އެ ބާވަތްތަކުގެ އަގު ބާޒާރުގައި ހެޔޮވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދުހަމް މުހައްމަދު
25 September 2025
ރަނގަޅު ނިންމުމެއް. މިކަން މިހެން ކޮށްގެން ލޯކަލް ވިޔަފާރިތައް ބާރުވެރި ކުރުވޭނީ.!
އަސްލަމް ވަހީދު
25 September 2025
ރައީސް މުއިއްޒްގެ ވިސްނުން ފޫލު ރަނގަޅު. ދިވެހި ވިޔަފާރިތައް ބާރުވެރި ކުރުވަން މިހުރީ ހިފާފަ.
އަލްޖިބްރރާ
24 September 2025
ގަސްކާނާ ލިބެން ހުންނަ އަގު އެނގޭތަ؟ ހުރިހާކަމެއް ސަރުކާރުގެ ކުންފުނިތަކަށް ދީގެން މިތަނުގެ ޕްރައިވެޓް ސެކްޓަރ ފުނޑާލާ. އެސްޓީއޯ އިން ޓެކްސީ ހިދުމަތް ފަށާ އަވަހަށް. އާސަންދަ ކުންފުނިން ބޭސް ފިހާރަތައް.ހިންގަންފަށާ.
ދުރުމި
24 September 2025
2000 އަށް މިރުސް ކިލޯއެއް ވިއްކަން ދެން ފުރުސަތު ދޭނެ ކަމެއް ނެތް 500 މީހުންގެ ހައްގަށް ވުރެ 500000 މީހުންގެ ހައްގު ބޮޑުވާނެ
ކިނާރީ
24 September 2025
ރައީސަށް ދަންނަވައިގެން މިލިސްޓް އިސްލާހު ކުރާކަށް ނުޖެހޭ ތަ . ؟ މެދުމިނުގަ ދިރިއުޅޭ މީހުންގެ ގޭގަ ބަރަބޯ ބަށި އަލުވި ދޮންކެޔޮ ފަޅޯ ހުސްނުވާނެ . އަލުއި އެއީ ހަކުރު ބަލީގެ މީހުން މާގިނައިން ކެއުން ރަގަޅު ނޫން އެއްޗެކޭ ޑޮކްޓަރ އިން ބުނާތި އަލުވި ކާނީ މަދުން ކުޑަކުދިން ޗިޕްސް ކޮޅެއް ކާހިތުން ބުނީމަ ހަދާނީ . ބާޒާރުމަތި އަގު މައްޗަށް ގޮސް އަތްނުލެވިފަ ހުރިމޭވާ ތަރުކާރީ ކެބެޖް ގެ ބާވަތް ތަށް އެތެރެ ކޮއް ބަލަ . ބްރޮކަލީ ފަދަ ޑްރެގަންފުރުޓް
އަނޫމް
24 September 2025
ހަގީގަތަކީ ކަނޑޫދޫ މިރުސް ކިޔަސް، ކަނޑޫދޫ މިރުހުގެ މުޑުވަށް ބޭނުން ކޮށްގެން އެނަމުގަ ބާޒާރަށް ނެރޭ %80 އަށްވުރެ ގިނަ މިރުހަކީ އެހެން ރައްރަށުގަ ހައްދާ މިރުސް.. ތަނެއް ދޮރެއް، ވާނުވާއެއް ނޭންގި ހަމަ ތިބެގެން ރަށްރަށަށް އަރާފަ މޮޅަތި ވާހަކަ މިދައްކަނީ..
ތޮއްޅޭ
24 September 2025
މާލޭ ބޭފުޅުންނައްވެސް ދަތިނުވާ ގޮތް ބަލައިގެން އެތެރެކުރާތި.
އުދުހޭ
24 September 2025
އެސްޓީއޯއިން އެބަޖެހޭ ވެލިގަލަށް ދާން.
ޖޮނޖޮނ
24 September 2025
ތެދެކެވެ. ދައްޗެއް ނުވާނެއެވެ. ކޯޕަރޭޝަނަކާއި ފަރުދަކާއި ވާދަކުރެވޭނެ
ދިސްވޭއިން
24 September 2025
މިރުސް އެސްޓީއޯ އިން އެތެރެ ކުރާއިރު ކަނޑޫދޫ މީހުންނަށް ދަތިނުވާ ގޮތް ބަލަން ނުޖެހޭނެއޭ ވިޔާފާރި އަކީ އެގޮތަށް ކުރެވޭ ކަންކަމެއް ނޫނޭ ކަނޑޫދޫ މީހުން ވެސް ޖެހޭނީ މިރުހުގެ އަގުހެޔޮ ކޮށް ބޮޑު ވޮލިއުމް އެއް އުފައްދަން ދެން އެމެން ޖެހޭނީ އެކްސްޕޯރޓާއި ދިމާލަށް ދާން އެއްގޮތަކަށް ވެސް ބޮޑު އަގުގައި މިރުސް ވިކިގެން ނުވާނެއޭ 1 ރުފިޔާ އަށް 4 ގިތެޔުޮ މިރުސް ލިބެންވާނެއޭ މީއޭ މިކަން އޮންނަން ޖެހޭނެ ގޮތަކީ...
އަފްރާސިޔާބު
24 September 2025
ތިޔަގޮތަށް މީ މާކެޓް އިނޮމީއެއް ހިންގާ ގައުމެކޭ ކިޔާތީ އެއްޗެހީގެ އަގުމައްޗަށް ދަނީ. އިންޑިއާއިން އާފަލެއް އެތާގެ 10ރުޕީސްއަށް ލިބޭއިރު މިތަނުގައި މި ވިއްކަނީ އާފަކެއް 15 ރުފިޔާއަށް. އިންޑިޔާގެ އާފަލެއްގެ އަގަކީ ރާއްޖޭގެ ރުފިޔާއިންނަމަ 2.75 ރުފިޔާވަރު. 100 ޕަސެންޓް ފައިދާލާފައިވެސް 4.50ރުފިޔާއަށް ރާއްޖޭގައި ވިއްކޭނޭ.