17 މާޗް 2025 - 10:29
މަރުކަޒީ ބޭންކު، އެމްއެމްއޭ މިފަހުން ނިންމި ނިންމުންތައް ނިންމީ މުއައްސާސާގެ އަސާސީ މަގްސަދުތަކާ ހިލާފާށް ކަމަށް ވިދާޅުވެ، ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވި އިރު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ. އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ އެވެ.
"މިހާރު" އަށް ލިބިފައުވާ އިމާދުގެ އިސްތިއުފާގެ ސިޓީގައި ވާ ގޮތުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނަވާ ކުރެއްވި މަސައްކަތީ ޝަރަފެއް ކަމަށެވެ.
"ބޭރު ފައިސާގެ ބާޒާރުގެ މުހިއްމު އިސްލާހުތައް ގެނައުމާއި މާލީ ދައިރާގެ ހަމަޖެހުން ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާނެ އެވެ. މި ދާއިރާގައި އަޅުގަނޑުގެ ބައިވެރިވުން ފެންނާނެ ކަންކަމުގެ ތެރޭގައި ފަވަރަ ތަރައްގީ ކުރުމާއި މާލީ ބައިވެރިވުން ކުރިއެރުވުމަށް ކުރި މަސައްކަތްތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވައިދު ތަންފީޒު ކުރުމާއި ދެމެހެއްޓެނިވި މާލީ އިސްނެގުންތައް ކުރިއެރުން ހިމެނެ އެވެ،" އިމާދުގެ ސިޓީގައި ވެ އެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އިމާދު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 25 އަހަރު ވެފައިވާ އިމާދަކީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލި
18 March 2025
ހިތާނުވާ މީހަކާ އިނދެގެން އުޅުމަކީ ފަސޭހަކަމެއްނޫން. މީހަކާ އިނީމޭ ކިޔާފާ އެގުޅުން ގުޅުމަކަށް ނުވަންޏާ އެގުޅުމާ ދުރަށްދިޔުން ބުއްދިވެރި. ބަޔަކު ތިމާ އެކަމަކުން ދުރުކުރަން އުޅޭހެން ހީވަންޏާ ތިމާ އެކަމަކާ ދުރަށް ދިޔުންވެސް ގޯހެއްނޫން. އޭރުން އެމީހުން ބޭނުންވާ ބަޔަކު ހޯދާ އެކަން އިތުރަށް ރަނގަޅުވެސް ވެދާނެތާ.
ފޮނިފޮނިޓައްޕު ކުމާރު
17 March 2025
ތިޔޭ ނަރީޝު ހުންނަންޖެހޭ މަގާމަކީ. އޭނާ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރޭ ގަވަރުނަރު ފެންވަރުގާ.
ރައީސުލް މަޖިލިސް
17 March 2025
ޑެޕިއުޓީ ގަވަރުނަރަށް މަތިކޮށްފައިއޮތް ޒިންމާއަކީ ގަވަރުނަރަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުންތޯ؟ މަޖިލީހުގެ ތާކުންތާކުނުޖެހޭ މިންވަރު މިކަމުން މިއެނގެނީ. ރައީސްމީހާ ގޯސްހެދީމަ ކުށްވެރިމިވަނީ ނައިބްރައީސް؟ އޭނަ ގޯސްހެދީމަ މިނިސްޓަރުން؟ ރަނގަޅު މީތި ނިމެންވާނީ އަސްލު ގޯސްހެދި ރައްޔިތުމީހާއާއި ހިސާބުން.
ކޮބާ ނަރީޝް
17 March 2025
ނަރީޝް ކޮމެންޓިންގ ޑިއުޓީއަށް އަދި ނުނިކުމޭބާ؟
އާއްމު މީހާ
17 March 2025
ޑެޕިއުޓީ ގަވަރުނަރުގެ ޒިންމާ އަދާނުކުރެވި ފެއިލްވެފަ ހުރި މީހެއް! މާލަސްވެއްޖެ މީނާ ބޭރުކުރަން! ޝަރަފާއި އެކު މަސައްކަތް ކުރެއޭ ބުނާއިރު އެންމެ ހައްސާސް މައްސަލައަށް ބަހުސްކުރަން އޮތް ދުވަހު ހާޒިރެއް ނުވޭ! މީނާ އުޅުނީ އޭނާގެ އެމްޑީޕީ އައުވާނުން ކައިރީ ތިމަންނަ ހުރެގެން ނިންމި ނިންމުމެއް ނޫނޭ ބުނަން! ބޯޑު މީޓިންގު ތަކަށް 14 ދުވަސް ކުރިން ހުރިހާ ލިޔެކިޔުން ފޮނުވާ! އެނގިހުރެ ޒިންމާ އަދައެއް ނުކުރެވުނު!
ނަމުން އާންމު ކަމުން އެކްޓިވިސްޓް މީހާ
17 March 2025
އެންމެ ހައްސާސް މައްސަލައަކީ އެމްއެމްއޭއިން ރިއަލްއެސްޓޭޓް ވިޔަފާރިއަށް އަންނަން ބޭއްވި ބޯޑުމީޓިންގ ގެވާހަކަ؟ އެދުވަހަކީ ރާއްޖޭގެ ތާރީޚުގައި ކަޅުދުވަހެއް. މިދުވަހުގެ މައްސަލަބެލޭނެ އަދި ތިބޯޑުގައި ވޯޓުދިން އެންމެން ދިނީ ވަޒީފާގެ ބިރަށް. ރައްޔިތުންގެ ހައްގުގައި ބިރުކަނޑާލައި ވޯޓުދިން 3 މީހުން (ޝުހާދު، ޒަޔާން އަދި މިހާރު ޑެޕިއުޓީ ގަވަރުނަރު އިމާދު) ބޯޑުން އެއޮތީ ބޭރުކޮށްފައި. މިހާވަރަށް އެމްއެމްއޭ މިނިވަންވާނީ. މިގަވަރުނަރު ހުރީރަނގަޅަށް ފިތާލާފަ.
އާއްމު މީހާ
17 March 2025
ބުރޯއަށް އެނގޭތަ ޝުހާދު ވޯޓު ދިނީ އެނގިހުރެ އެނިންމުމާއި އެއްކޮޅަށް. ރިއަލް އެސްޓޭޓަށް ވަންނަން. ދެން ފަހުން ފާޑުކިޔުން އަމާޒުވީމާ އެނިންމުން މުރާޖަޢާ ކުރަން ހުށަހެޅީ. ދެން އެހެން ނުވީމަ އިސްތިއުފާ ދިނީ. ވަޒީފާގެ ބިރަށް ވޯޓުދޭނަމަ އެމީހެއް ކޮލިޓީއެއް ނެތް
ކިހިނެއް
17 March 2025
އިބޫ ސޯލިހުގެ ސިޔާސަތުގެ ސަބަބުން އަސްލު މިހާލަތައް ވެއްޓުނީ
އުސްމާނުބެ
17 March 2025
އެވެރިކަމުގަ ފައިސާ ޗާޕު ނުކުރެޔޯލަ ....................... ހިހިހިހިހި