މިދިޔަ ރޯދަ މަހުގެ ތެރޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 މާޗް 2025 - 19:26
މާލޭގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޒަކާތް ބަލައިގަންނާނީ އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ ވެސް މެންދުރު 1:00 އިން ހަވީރު 4:00 އާ ދެމެދުގަ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި ފިތުރު ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި ކަމަށެވެ. ފިތުރު ޒަކާތް ދެއްކުމަށްދާ މީހުން، އަމީރު އަހުމަދު މަގުގައިވާ ގޭޓު ބޭނުންކުރުމަށް މިނިސްޓްރީން އިރުޝާދު ދެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ތަކެތި:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީރާ
18 March 2025
ގޮވާމުން ޒަކާތް ބަލައިގަނެ އެތަކެތި ގުދަންކޮށް ބެހުމަކީ ހަރަދުބޮޑު ކަމެއް. ރާއްޖޭގައި އެފަދަ ގޮވާން އިންދާ ނުހައްދާއިރު، ގޮވާމުން ޒަކާތް ދައްކާމީހާވެސް ފުރަތަމަ ޖެހޭނީ އެގޮވާން ގަންނަން. އެފަދަ ގޮތަކަށް ޒަކާތް ދޭން ބޭނުން މީހަކު، އެމީހަކު އަމިއްލަގޮތުން ޒަކާތް ބަހާލަން ދޫކޮށްލާ، ދައުލަތުގެ މާލިއްޔާއިން އެފަދަ ބޭކާރު ގޮތޮގައި ހަރަދު ނުކުރުމަށް އިލްތިމާސްކުރަން