18 މާޗް 2025 - 10:23
ރޯދަވީއްލުމާ އެކު މިހާރު އެންމެ އާންމުކޮށް ފެންނަ އެއް މަންޒަރަކީ ކޮފީ ބުއިމުގައި ޒުވާނުން ކެފޭ/ރެސްޓޯރަންޓުތައް ފުރާލާ ތަނެވެ. މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު އިށީންނާނެ ގޮނޑިއެއް ނުލިބޭ ވަރަށް ކެފޭތައް މިހާރު ފުރެ އެވެ. ބައެއް މީހުން ގޭގައި ރޯދަވީއްލުމަށް ފަހު، މިސްކިތުގެ ބަދަލުގައި މިސްރާބު ޖަހަނީ ކޮފީ އަށެވެ. މަޣުރިބު ނަމާދަށް ފަހު އިޝާ ނަމާދަށް ބަންގި ގޮވާއިރު ވެސް ނަމާދަށް ދިއުމަށް ސަމާލުކަމެއް ނުދެ އެވެ.
ޝައިހު އާޒިމް ޚާލިދު ވިދާޅުވީ، އެއީ ރޯދަ ހިފުމުގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ނަމާދުތައް އަޅާފައި ކުރާ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ހަޔާތުގައި އޮވެގެން ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
19 March 2025
ރޯދަމަހުގެ ކުރިން ފަތިސް ނަމާދުގައި 3 ސަފުވެސް ހަމަ ވަނީ ކިރިޔާ! ރޯދަމަހުގައި މުޅި މިސްކިތް ބޭރާއެކު ފުރިފައި! މިއީ ކޮންތާކުން ނިކުތް ބައެއްބާވައޭ ހިތައްއަރާ! %100 މުސްލިމުންބާ އުޅެނީ!
ލަސް
20 March 2025
އެހެންނޫންތޯ ވާނީ، ސޭހުން ބުނަނީ މިއީކަމަށް އަޅުކަމުގެ މޫސުމަކީ.
ރާކަނިމަސް
20 March 2025
100% މުސްލިމުން އުޅޭ ގައުމެއް މިދުނިޔެއަކު ނޯންނާނެ ވަކިދީނަކަށް ނޫނީ އުޅުން މަނާވީމަ ދެން އުޅޭނީ ހުސް އެދީނުގެ މީހުންތާ
އަލީބެ
18 March 2025
ރޯދަ ވީއްލަނަވެސް ރޯދަވީއްލާ ނިންމްއިގެންވެސް މިސްކިއްތަކަށް ވަދެވޭވަރެއްނޫން، ބާނގާޅުބޭފުޅުންގެ އުނދަގުލާހުރެ. އެމީހުންދަނީ ނަމާދު ކުރާކަށް ނޫން. ކާއެތިކޮޅުހޯދަން.
ނިލަމ2ބ
18 March 2025
ފުރަނީ ބަނޑު. ނަފުސު ހޭލައްވާލަން ވީ ވަގުތު މިދަނީ. ފަހުދިހައިގައި އިތުރަށް ރަނގަޅުކުރާނެ އިންޝާﷲ