މަރިޔަމް ވިސާމް. އޭނާ ވަނީ ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހަމަޖައްސާފައި -- ފޮޓޯ: މިހާރު
18 މާޗް 2025 - 12:53
ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ، ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ ބޯޑުން އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.
ޗީފް ކޮމާޝަލް އޮފިސާގެ ހައިސިއްޔަތުން ވިސާމު އެ ކުންފުނީގެ ވިޔަފާރިއާ ގުޅޭ ސްޓްރެޓެޖީތައް އެކުލަވައިލާ ތަރައްގީކުރާނެ އެވެ. އަދި އެ ކުންފުނީގެ ޕްރޮޑަކްޓް ޑިވަލޮޕްމެންޓް މަސައްކަތްތައް ބަލަހައްޓައި ސޭލްސް އާއި މާކެޓިން މަސައްކަތްތައް ބަލަހައްޓާނެ އެވެ.
އޭނާ ކުރިން ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގަ އެވެ. އެ މަގާމުން އިސްތިއުފާދެއްވީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމުގައި 11 އަހަރު ހޭދަކޮށްފައިވެ އެވެ.
މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން ރާއްޖެ އިން ބޭރުން މާސްޓާސް ހައްދަވާފައިވާ ވިސާމް ވަނީ ސީއެމްޑީއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އޭނާ އަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ވެސް ބޯޑު މެންބަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞބބބވވވ
19 March 2025
މީނައޭ މަގޭ ކޮންޕަނީ ލައްޕާލާފަ އެ ބެޗީ … ހުވާ
އިހްސާސް
18 March 2025
ވަރަށް އުފާމެއްޖެ ވިސާމް ތިޔަ ކުންފުންޏާ ޖޮއިންވީމަ. މިއީ ވަރަށް ފައްކާ ކުންފުންޏެއް.
މަރްޙަބާ11
18 March 2025
މަރްޙަބާ މަރްޙަބާ. އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތައް އާންމުންނަށް ހޯދައިދޭން އެބަޖެހޭ. އެކަންކަން ކުރެއްވޭނެ ވިސާމްއަށް.
މައުލޫމާތު11
18 March 2025
މާކެޓިންގ މެނޭޖްމަންޓްގެ ޑިގްރީއަކާއެކު،، އިކޮނޮމިކްސް އިން މާސްޓަރޒް ނުހެދޭނެ. ކޮންމެވެސް އެހެން ފީލްޑްއަކަށްވާނީ. މައުލޫމާތު ރަނގަޅުކޮށްލައްވާ.
ކިއްލި
18 March 2025
ކަނބަލުންނަކީ ތިތިބީ.
މިއީލާ
18 March 2025
ފަންޑު މެނޭޖު ކުރާނެ ގޮތް ކިޔައިދޭ މި ކުންފުންޏަކީ ސަރުކާރުގެ ކުންފުންޏެއްތަ؟
ގައްފާރުބެ
18 March 2025
ނުން. ޕުރައިވެޓު ތަނެއްއެއައީ..