އެފްއޭއެމްގެ އެންމެ ފަހުގެ ކޮންގްރެސްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަ ދައްކަވަނީ: ސަރުކާރުން ވަނީ ދިވެހި ލީގުގެ 10 ކްލަބްގެ ތެރެއިން އަށް ކްލަބަކަށް ނުވަ މިލިއަން ރުފިޔާ ޖަމާކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
20 މާޗް 2025 - 11:44
ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ކްލަބްގެ ތެރެއިން ނުވަ ކްލަބަކަށް ސަރުކާރުން 9.5 މިލިއަން ރުފިޔާ ޖަމާކޮށް ދީފި އެވެ.
ދިވެހި ލީގުގެ ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދިނުމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މި އެއް މިލިއަން ރުފިޔާގެ ފުރަތަމަ އިންސްޓޯލްމަންޓް ސަރުކާރުން މިދިޔަ މަހު ވަނީ 10 ކްލަބަކަށް ޖަމާކޮށްދީފަ އެވެ. އެއީ ކޮންމެ ކްލަބަކަށް 500،000 ރުފިޔާގެ މަގުންނެވެ.
އެކަމަކު ދެ ވަނަ އިންސްޓޯލްމަންޓުގެ 500،000 ރުފިޔާ ޖަމާކުރީ 10 ކްލަބުގެ ތެރެއިން ނުވަ ކްލަބަކަށެވެ.
ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު ދެ ވަނަ އިންސްޓޯލްމަންޓް ޖަމާ ނުކުރަނީ ކޮން ކްލަބަކަށް ކަމެއް މިނިސްޓްރީގެ އޮފިޝަލް ވިދާޅެއް ނުވި އެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު މުއިއްޒު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިދިޔަ ހޮނިހިރު ދުވުހުގެ ރޭ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ކްލަބްތަކުގެ އޮފިޝަލުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތުން ނެގުމަށް މި ސަރުކާރު ހަވާލުވިތާ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށައިގަތް ކަމަށެވެ.
ދަރަނި، 150 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވާ އެސޯސިއޭޝަނުގެ ދަރަނި އަދާކުރުމާ ގުޅޭ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެފްއޭއެމްގެ ދަރަނިތައް އަދާކުރުމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާ މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަމުން އަންނަކަން ވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ލިބިގެންދާނީ ވަރަށް ފަހި ގޮތެއްގައި،" ކޮންގްރެސްގައި ރާފިއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
23 March 2025
މިފެނިގެންދަނީ ގައުމު އިނދަޖެހި ރައިއްޔަތަކަށް ބްލެކްމާކެޓުން 19 ރުފިޔާއަށްވުރެ ކުޑަކޮން ޑޮލަރެއްނުލިބުނަށް ރައިއްޔަތުންގެ ފައިސާ ވޯޓުހޯދުމަށްޓަކާ ބޭކާރަށް ޚަރަދުކުރެވެމުންދާ ބޮޑުމަންޒަރު.
ާާއަލިބެ
21 March 2025
ނުޖެހެ މިހެން ރައްޔިތުންގެ ފައިސާތައް އެއްވެސް ޒިއްމާދާރު ކަމެއް ނެތް ގޮތަށް މި މީހުންނަށް ބަހާކަށް. ކުރިންވެސް ކިހާ ފައިސާއެއް ދިން. ލާރިތައް ތަޅާލަނީ. ކުޅުންތެރިންނަށް ހަމަ މުސާރަ ނުދޭތާ އަމިއްލަ ފައިމައްޗަށް ތެދުވެލަންވެސް ނޭގުނު އެއްވެސް ޕްލޭނެއް ހަމައެއް ލަމައެއް ނެތް ކުލަބުތަކެއްތީ! ތިވަރަށް ރައްޔިތުންގެ ފައިސާގަޑު ބަހާލާއިރު ކީއްވާނީ ކުޑަމިނުން ޚަރަދުކުރިގޮތް ބަލާލަން.
އިހްސާސް
20 March 2025
ފައިސާ ހެޔޮގޮތުގަ ބޭނުން ކުރަން އެނގެންޖެހޭ އެހެން ނޫނީ ދާނީ ޗޮކުން. ކުލަބުތަކުގެ ވެރިން އަޗާތަޅަން ދިން ފައިސާއެއްނޫން ތިޔައީ.
ސިއްބަތް އަޒީޒް
20 March 2025
އެހެން ހުރިހާ ވެރިންވެސް ހުސް ވާހަކަ ދެއްކީ. ހަމަ އެކަނި މިކަން ކުރަން އުޅޭނެ މީހަކަށް މިއައީ މުއިއްޒް. މިބުނީ ފުޓްބޯޅަށް ނަގާ ކޮޅަށް ޖަހަން
އާދަމް ނިޝާމް
20 March 2025
މިދިޔަ ސަރުކާރަށް މިވަރުގެ ކަމެއްވެސް ނުވި. މިހާރު މިދަނީ މިކަން ކުރާ ގޮތަށް ކުރަމުން
ގާސިމް މުހައްމަދު
20 March 2025
ކަން ކުރަން އިނގޭ މީހުން ވެރިކަމަށް އައީމަ ތަފާތު މިފެންނަނީ. ކުރިން އޮތް ފޯރި ގެނައުމަށް ސަރުކާރުން މިކުރަނީ ރަނގަޅު މަސައްކަތެއް. މީ ރަނގަޅު ފެށުމެއް
ތޯހާ މުހައްމަދު
20 March 2025
ރައީސް މުއިޒްއަށް ފުޓްބޯޅަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ފަށްފަށުން ޝުކުރުވެރިވަން. މީ ލިބުނު ބޮޑު އުފަލެއް. ކްލަބްތައް ދަރަނިން ސަލާމަތް ކުރަން ކުރެވޭ ބޮޑު ހޭދައެއް
ހަސަނއ ނިހާލް
20 March 2025
ވަރަށް ރަނގަޅު ނިންމުމެއް. މީގެ ސަބަބުން ކްލަބްތައް ހުއްޓުމެއްނެތި ކުރިޔަށް ދެވޭނެ. މިބުނީ މުސާރަ ނުދެވި.
އަފާﷲް ސައީދު
20 March 2025
ދިވެހި ފުޓްބޯޅަ ކުރިއަރުވަން އަދިކިރިޔާ ސަރުކާރަކުން މަސައްކަތް މިކުރަނީ.
ގަސަމް
20 March 2025
ނަމުގަ ފުޓްބޯޅަ ކުރިއަރުވަން ވައުދުވެގެން މި މީހުން ވެރިކަމަށް އަންނަނީ.. މުއިއްޒު ނޫނީނެތް މިވަރުގެ ކަމެއް ކުރި ވަރުގެ ވެރިއެއްނެތް. ވަރަށް އުފާވެރި ހަބަރެއް މީ