22 މާޗް 2025 - 14:07
މިއީ ރޯދަމަހުގެ ބަރަކާތާއި ސަވާބުގެ އެންމެ މުހިންމު ދުވަސްވަރު ކަމަށް ވާތީ ގިނަ ބަޔަކު އެންމެ ބޮޑު އިސްކަމެއް ދޭ އެއް ނަމާދަކީ ދަމުނަމާދެވެ. ހާއްސަކޮށް މިސްކިތަށް ގިނަ ބަޔަކު ދާއިރު އެއީ އޭގެ ރަނގަޅު ގޮތަކީ ކޮބައިކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ.
ޝައިހު އާޒިމް ޚާލިދު ވިދާޅުވީ، ފަރުޟު ނަމާދުތައް ފިޔަވައި ހުރިހާ ސުންނަތް ނަމާދުތައް ކީރިތި ރަސޫލާ ކުރެއްވީ އެކަލޭގެފާނުގެ ގެކޮޅުގައި ކަމަށެވެ. އެކަމަކު އިލްމުވެރިން ފާހަގަކުރައްވަނީ ގެއަށް ގޮސް ސުންނަތް ނަމާދުތައް ކުރަން ފަސްކުރުމުން އެ ނަމާދުތަކާ މެދު އިހުމާލުވެވޭ ކަމަށެވެ. އެހެންވެ، އެ ހާލަތުގައި މިސްކިތުގައި ސުންނަތް ނަމާދު ކުރުން އިހުތިޔާރު ކުރުން މައްސަލައެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އެހެންވެ، ދަމުނަމާދަށް ވެސް އޮތީ އެ ހާލަތު ކަމަށް ޝައިހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުޅިކަތީބު
22 March 2025
ދެރަކަމަކީ ކޮންމެ ބިދުޢައަކީ ޙަރާމް ކަމެކޭ ކިޔާތީ.