ޒަކާތް ދައްކަން މިނިސްޓްރީގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
24 މާޗް 2025 - 20:43
މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،623،214ރ. ވަނީ ބަލައިގެންފަ އެވެ.
އެއީ މިދިޔަ ފަސް އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހަށް ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ (23 މާޗް އިން 30 މާޗް އަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.
1. ދިރާގު: ދިރާގު އެޕް އަދި ދިރާގު ޕޭ (ވެބްސައިޓު އަދި އެސްއެމްއެސް މެދުވެރިކޮށް)
2. އުރީދޫ: އެމް ފައިސާ (އެޕްލިކޭޝަން އަދި އެސްއެމްއެސް)
3. އެމްއައިބީ: ފައިސާ މޯބައިލް އެކްސް (އެޕްލިކޭޝަން އަދި ފައިސާ ނެޓް)
4. ބީއެމްއެލް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން އަދި ވެބްސައިޓް)
5. ފަހިޕޭ: ފަހިޕޭ (އެޕްލިކޭޝަން އަދި ވެބްސައިޓް)
6. ފިނޭންސް މިނިސްޓްރީ: ބަނޑޭރިޕޭ/ ވެބްސައިޓް/ ޕޯޓަލް
ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރުދުޤާން
25 March 2025
ޑްރޯންއެއް ގަނެވޭނެވާ އެހާވަރުން؟
ކޭޑީކޭ ސީލިންގް ފޭން އަޅުވާފަ ހުރީ
24 March 2025
މަބުނީ އިސްލާމީ މަރުކަޒު އުތުރު ފަރާތު ބައެއް ފަންކާ ނޭބުރެޔޭ....ތަރާވީސް ނިންމާއިރު ހީވަނީ ޖިމް އަކުން ނުކުންނަ ހެންނޭ.
ޓީއެފްބީ
25 March 2025
ހިލޭ ޖިމް ޖެއްސޭތީ ޝުކުރުކޮށްލަ ބަލަ، ކިހާ ބޮޑު ލުޔެއް ޖީބަށާ ހަށިގަނޑަށް
ބަކުރުު
25 March 2025
ކޭޑީކޭ (ކަތްދާފުޅު ދޮން ކަލޯ)
ކޮރަޕްޓް
24 March 2025
މި ފައިސާ އަށް ވާ ގޮތް ރަނގަޅަށް ބަލާތި. އެހާ ކޮރަޕްޓް ގައުމެއް. ގެޔަށް ވެސް ގެންގޮސްދާނެ ތި ފައިސާ ގަނޑު.