ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އަލައިލުމަކީ ގައުމީ ވާޖިބެއް ކަމަށް.
02 އެޕްރީލް 2025 - 12:02
އޯޓިޒަމް ކުދިންނަށް އަޅާލައި، ލޯބި ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ގައުމަށް އަގުހުރި ކުއްޖެއް ކަމަށެވެ.
އޯޓިޒަމް ތަހައްމަލުކުރަމުންދާ ކުދިންނަކީ ވެސް ގައުމަށް މަންފާކޮށްދޭނެ އެތައް މޮޅެތި ހުނަރު ހުރި ކުދިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
— Dr Mohamed Muizzu (@MMuizzu) April 2, 2025
އޯޓިޒަމުގެ ސަބަބުން ކުއްޖާ މީހުންނާ މުއާމަލާތު ކުރުމާއި އުޅުމުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ. މީގެތެރެއިން ބައެއް ކުދިންނަށް އެހެން ކުދިންނެކޭ އެއްގޮތަށް ތައުލީމް ހާސިލްކުރުމާއި އަސާސީ އެހެން ހިދުމަތްތައް ހޯދުމުގައި ތަކުލީފް އުފުލަން ޖެހެ އެވެ. އެ ކުދިންނާ މެދު ބައެއް މީހުން ދެކޭ ގޮތަކީ ވެސް އާއިލާތަކަށް އުފުލަން ޖެހޭ ހިތާމައެކެވެ.
އޯޓިޒަމް ތަހައްމަލުކުރާ ގިނަ އަދަދެއްގެ ކުދިން ރާއްޖޭގައި ވެސް އުޅެ އެވެ. އެކަމަކު އެ ކުދިންގެ ތެރޭގައި ވެސް އާދަޔާ ހިލާފަށް މޮޅު ހުނަރުވެރި ކުދިން ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
02 April 2025
ސުރުޚީ އެޅުމުގެ ބަދަލުގައި އަމަލީގޮތުން ކަންކަން ދެއްކުން މުހިންމު
ގެދާނޯމޮސް
02 April 2025
އޯޓިޒަމް ކުދިންގެ ހާލަތު ދެނެގަނެވޭ ފެންވަރުގެ ބަޔަކު ޖެންޑާމިނިސްޓްރީ އަކު ނުތިބެއެެވެ. އެހެނީ އެކުދިން ނަށް އިޚްތިޔާރުން ބޭރުން މައިން ބަފައިން ނާމެދު ބުނެލެވޭ އެެއްމެ ލަފްޒަކުންވެސް ހަރުކަށި އުސޫލުން ޕޭރަންޓްސްން ނާއިމެދު ކޭސްތަށް އެބަދައްމާލައެވެ. މީ އެބަޔަކުގެ ޕޮރޮފެޝަނަލް ކަން ޕޭރަންޓްސް އަށް ދައްކާލަން އެކަހެރި ކުރުވައިގެން އެބަޔަކު ހިންގާ ކުޅިގަނޑެކެވެ، ގާނޫނާއި ޚިލާފަށް ކުރާކޮންމެ ކަމަކަށް އިސްވެރިންވެސް ދެނީ ބީރުކަންފަތެވެ.
ކުރޭ
02 April 2025
ދޮގުވާހަކައެއްނޫންއެކަމަކުއަމަލުންދެއްކިއްޔާބޮޑަށްރަނގަޅީ
ޢަލްޓިކޯ
02 April 2025
ދުވަހާދިމާކޮށް ބުނެލާ ބުނެލުމެއް ވެރިކަމަށް ދެއަހަރު ވީއިރުވެސް ތިވިދާޅުވާ ވާޖިބެއް ނުފެނުނު މީހުންގެ ގެދޮރު ކުއްޔައް ހިފަގެން އެފަދަ ކުދިން ބަލަހއްޓަން އުދަގޫވާތީވެ ކުރީގެ ސަރުކާރު ތަކުން ދީފަ ހުރި ފުލެޓްވެސް ލިބޭނެ ގޮތްނުވި ވާޖިބު ދުވަނީ އެކުދިންނާ ދުރަށް.
ފަހުލާން
02 April 2025
އޯޓިޒަމް ދުވަހުގައި ބުނެލާ އެއްޗަކަށް ނުހަދާ އެކުދިންނަށް ބޭނުންވާ ފަރުވާ ފަސޭހަ އަގުހެޔޮކޮށް ކުރެވޭނެ ގޮތް ހައްދަވާ..ހަމަ އެގޮތައް ލޭއަޅާކުދިން ހަކުރުބަލި ކުޑަކުދިންނަށްވެސް ބުނެލާ ބަހަކަށްވުރެ ބޮޑަށް ފަރުވާތަކަށް ލުއިގޮތްތައް ހަމަޖައްސަވާ ދެއްވާ.މައިންބަފަައިންނާއި ބެލެނިވެރިންނަށް އެނގޭނީ އެކަންކަން ދަތިވުމުން އުފުލަންޖެހޭ ތަކްލީފް.
ކަރީނާ
02 April 2025
މިހާރު އާސަންދަ ނުލިބޭ އެކުދިން ނަށް ފަރުވާދޭން ދާންޖެހޭ ކުލިނިކު ތަކުން