ހއ. ދިއްދޫގައި، ކައްކާ ލޮނު އުފައްދާ ފެކްޓަރީއެއް ހުޅުވުން.
07 އެޕްރީލް 2025 - 15:51
ހއ. ދިއްދޫގައި، ލޮނު އުފައްދާ ފެކްޓަރީއެއް އިއްޔެ ހުޅުވައި ޖަޕާނަށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދިވެހި ކުންފުނި އެމް ޑީޕް އިންވެސްޓްމަންޓާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން މިހާރު ވަނީ ދިއްދޫގައި ކައްކާ ލޮނު އުފައްދާ ފެކްޓަރީއެއް ހުޅުވައިފަ އެވެ.
ދިއްދޫ ކައުންސިިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ފެކްޓަރީއަކީ އެ ރަށު ކައުންސިލާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ހުޅުވި ތަނެއް ކަމަށެވެ. ކައުންސިލަށް ބިމު ކުލި ލިބޭ ގޮތަށާއި ރަށުގެ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭ ގޮތަށް އެ ފެކްޓަރީ ހެދުމުގެ މަސައްކަތް ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލުން އިންވެސްޓްކުރަން ހުޅުވާލި ބިންތަކުގެ ތެރެއިން ބިމެއްގައި ޖަޕާނުގެ ކުންފުންޏަކުން ޝައުގުވެރިވެގެން ހުޅުވި ތަނެއް މިއީ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ މި ފެކްޓަރީ ހެދުމުގެ ކުރިން އެ ކުންފުނިން އެ ރަށުގެ މޫދުން ލޮނު ނަގައިގެން ޖަޕާނަށް ގެންގޮސް ޓެސްޓުތައް ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި އަދި ނުކުރާ ކަމެއް މިއީ. ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުވީމަ، މިއީ ކުރެވިދާނެ ކަމެއް ކަމަށް އެ ބޭފުޅުން [ޖަޕާނު ކުންފުނިން] މިކޮޅަށް ކުރި ދަތުރެއްގައި އަޅުގަނޑުމެންނާ މަޝްވަރާކޮށްފައި އޮތީ. ލޮނު ރަނގަޅު ކަމާއި ލޮނު ޖަޕާނަށް ގެންގޮސްގެން ޓެސްޓު ވެސް ކޮށްފައި ވިދާޅުވީ ވަރަށް ރަނގަޅު ކޮލިޓީގެ ލޮނު ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި އެ ފެކްޓްރީގައި ޕްރޮޑަކްޝަން މިހާރު ވަނީ ފަށައިފަ އެވެ. އެ ތަނުގައި އުފައްދާ ލޮނު މި ވަގުތު މާކެޓް ކުރާނީ ޖަޕާނަށާއި ރާއްޖޭގެ ރިސޯޓުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޚުރުވެރިވަން.
10 April 2025
ވަރަށް އުފާވެއްޖެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވުމަކީ އަހަރެން އަބަދުވެސް ދެކެން ބޭނުންވި މަންޒަރެއް. މިއީ މިތާނގަ ރިސޯސްއެއް ނެތޭ ބުނާ މީހުންނަށް ރަނގަޅު ރައްދެއް. ނެތީކީ ނޫން. ނޭނގެނީ އަދި ނުކުރާތީ ހަމަ ނުފެންނަނީ. އުންމީދުކުރަން ލޮނު އެކްސްޕޯޓް ފުޅާވެ ރަނގަޅު އާމްދަނީއެއް ރާއްޖެއަށް ލިބޭނެކަމަށް.
ޢަދުނާނު "ތަބައް"
09 April 2025
ރާއްޖޭގައި ފަސްދޮޅަހުގެ އަހަރޫތަކުގައިވެސް އަދި އޭގެކުރީންވެސް ލޮނު ތައްޔާރުކޮށް ކައްކާ ކައިބޮއި ހަދާފަކާނުވޭތަ؟ އެއީ ތެދެއް ރާއްހޭގައި ލޮނުތައްޔާރުކުރާ "ފެކްޓަރީ" އެއް އުފެއްދީ އަލަށް. މީގެ ފަސްދޮޅަހަކަށް އަހަރުކުރީންވެސް ރާއްޖޭގައި ލޯނުތައްޔާރުކޮށް، ކައްކާ ކައިބޮއިހެދި. އޭރު ހަދާފައިހުންނަނީ " ލޮނު އަށިގެ، އެތާ ހުންނަނީ ލޮނު އަށި - ލޮނު ބިލިގާ"
ހަސަންބޭ..
09 April 2025
ރާއްޖޭގައި ކުރެވޭނޭ ކަންކަން ނޭނގިގެން ދޯ މިއުޅެނީ.. ފިޔާ, ލޮނުމެދު, ކެރެޓް, އިނގުރު ހައްދަން ފަސޭހަ .. އެކަމަކު ހޭކަނޑާލާފަ އިމްޕޯރޓް ކުރަނީ. ސަރުކާރުން ކުރަން ދިމާކުރީމަ އެކަންވެސް ވާނެ.. އެންމެ ފަޅުރަށެއްގަ ރިސޯރޓް ނާޅަ މިކަން ކުރިޔަސް ރައްޔިތުންނަށް ފައިދާ ވާނެ
ސުހައިލް11
08 April 2025
ލޮނު ސޭޓް އަބުދުﷲ
ޒަވިޔަނި
08 April 2025
އަލްޙަމްދް ލިއްލާހި! ތިއޮތީވެސް އަހަރެމެންގެ ޤަޢުމައް ނަފާ ވަންނާނެ މަގެއްފެއްޓިފަ. ތިކަހަލަ އެތައް ޕްރޮޖެކްޓެއް ފެއްޓޭނެ ނޫންތޯ ބަޔަކު އެކަމާއުޅޭނަމަ ދޯ.
ކަލިބުނީ
08 April 2025
އުތުރުގަ ކުރަން ރަންގަޅު ކަމެއް ނޫން މީކީ ކަނޑުގަ އޮންނާނީ ތެޔޮ، ދެކުނުގެ ކަންޑު މާ ސާފްވާނެ. ސައުތް ޕޯލް ގެ އޮޔެވަރު އައިސް ސާފު ލޮނުގަންޑުގެ މާ މިނެރަލްސް އެކުލެވޭނެ. ދެން ކީއްކުރާނީ ވެރިމީހާގެ އަތޮޅުވީމާ އެޔެއް މިޔެއް ބެލުމެއް ނޯންނާނެ އެއްނު،
ދެންނުރޮއި
08 April 2025
ޢަޅޭ ރޮވިއްޖެ. މިއީ ސަރުކާރުން ކުރި ކަމެއް ނޫން. ޖަޕާނުގެ ކުންފުންޏަކުން އަމިއްލެއަށް ބޭނުންވެގެން އައިސްގެން ކުރާކަމެއް. މިއީ ޕްރައިވެޓް ވިޔަފާރިއެއް ބަލަގަ ހޭބޯނާރާ ހޭރެނީ ތިހިރަގެން. ޖަޕާނުން ލޮނު ޓެސްޓް ކުރިއިރު ތިޔަބުނާ ތެޔޮތައް އެނުފެނުނީ ތިކަހަލަ ރަން ސިނކުޑިއެއް އެމީހުންގެ ނެތީމަ ތޯއްޗެ.
2025
08 April 2025
ސަރުކާރުތަކުން ރާއްޖޭ ދަނޑުވެރިން އަތުގާ ހިފައިގެން އެބޭފުޅުން ހައްދާއެއްޗެތި ވިއްކޭނެ ފަސޭހަގޮތްވެސް ހެދުންވެސް މުހިއްމު...... ބޮއިހަލަކި
2025
08 April 2025
ޢެހެންވީމާ ރާއްޖެއަށް ލޮނު ބޭރުނުގެންނަވަރުވާނެތާ....ބޮއިހަލަކި
2026
08 April 2025
ބައިވަރު ކޮމެންޓު ކުރަމުން ދުވާއިރުވެސް ރަނގަޅަށް ލިޔަން ނޭނގޭ. “ބޮއިހަލަކި” މީ ދިވެހި ބަހެއް ނޫން. ދިވެހި ގަޑީ ފަރުމަތީގަތަ ހުރި؟
ރަސްފަންޖޫ
08 April 2025
މިސަރުކާރުން ގެނައި މެގަ ބިޔަ ބޮޑު ބަންކަރިން ޕޮރޮޖެކުޓު ދިޔަ ގޮތަށް ދާނީ
ގސދ
08 April 2025
ކަނޑުގެ ލޮނުގަނޑު ބޮޑުވަމުންދާ އިރެއްގައި ވަރަށް ރަގަޅު ކަމެއް ތި ފެށީ.
މަޗާ
08 April 2025
ވަރަށް ސަޅި ހިޔާލެއް.ސައިންސު ވެރިން ނަށް އިތުރު އައިޑިޔާއެއްލިބޭނެ.