ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން ކާބޯތަކެތި ވަނީ ފޯރުކޮށްދީފައި.
10 އެޕްރީލް 2025 - 12:05
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެ އިން ފޯރުކޮށްދީފި އެވެ.
މިދިޔަ އަހަރު ވެސް ޒަކާތު ފަންޑުގެ އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ހައުސް އަށް ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާއަށް ކަނޑައެޅި ފައިސާ އިން، އެ ގައުމުގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓްރީން އާންމުކުރި ވީޑިއޯގައި ވެސް އިޒްރޭލުގެ ހަމަލާތަކުގައި ގެތައް ހަލާކުވެފައިވާ ސަރަހައްދުގައި އުޅޭ މީހުންނަށް، ކާބޯތަކެތީގެ ފޮށިތައް ހަވާލުކުރާ މަންޒަރު ފެނެ އެވެ. ފޮށިތަކުގައި ވެސް އެއީ ރާއްޖޭގެ ޒަކާތު ހައުސް އިން ގައްޒާގެ ރައްޔިތުންނަށް ދޭ އެހީތެރިކަން ކަމަށް ލިޔެފައިވެ އެވެ.
މީގެ ކުރިން ވަނީ ޒަކާތު ފަންޑުގެ އެހީގައި އެ ގައުމުގެ ރައްޔިތުންނަށް ބޯފެން ވެސް ފޯރުކޮށްދީފަ އެވެ.
އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބްސް
10 April 2025
އެއީ ފަސް ލައްކަ އިނގޭތޯ. ބައި މިލިޔަނޭ ތިކިޔަނީ ކޮން މަޤްސަދެއްގަ ތޯ ؟
ބޯބުރާންތި
10 April 2025
ބައި މިލިއަނޭ ކިޔުމުން ކޮބާތަ މައްސަލައަކީ؟ ފަސްލައްކައާ ބައި މިލިއަނާ ހުރި ތަފާތު ބުނެބަލަ. ތިބުނާ ގޮތުން ބައި ރުފިޔާ ކިޔުމުގެ ބަދަލުގަ ކިޔަންވީ ފަންސާސް ލާރި. ބައި ކިލޯ ކިޔުމުގެ ބަދަލުގަ ކިޔަންވީ ފަސް ސަތޭކަ ގްރާމު.
ސްސްް
10 April 2025
ދިހަ ލައްކަ އަކީ މިލިޔަނެއް، ފަސް ލައްކަ އަކީ ބައި މިލިޔަން އިނގޭތޯ؟
އަހާ
10 April 2025
މިއޮތީ ކަމަކާއި ލައިގެންފަ! ބަަލަ އެއީ ފަސްސަތޭކަ ހާހެއް ނޫންތަ. އެހެން ގޮތަކަށް ކިޔާނަމަ ހާފު މިލިއަނެއް ނޫންތަ.
ޗޫޤީ
10 April 2025
ބައިމިލިޔަން ހަނގުރާމަމަތީ ފަހުލަވާނުންކޮޅެއް ފަލަސްތީނަށް ވަރަށް ބޭނުންވޭ. އަދި ބިލިޔަނަކާ ގާތްކުރާއަދަދަކަށް ހަނގުރާމަމަތީ ނިއުކުލިއަރ އުޅަނދުވެސް ބޭނުންވޭ.
އާދަނު33
10 April 2025
"އިޒްރޭލުގެ ހަމަލާތަކުގައި ގެތައް ހަލާކުވެފައިވާ ސަރަހައްދުގައި އުޅޭ މީހުންނަށް، ކާބޯތަކެތީގެ ފޮށިތައް ހަވާލުކުރާ މަންޒަރު ފެނެ އެވެ." - އެއްވެސް ބަޔަކަށް އެއްވެސް އެހީއެއް ގާޒާ އަށް ނުވެއްދިގެން އުޅޭއިރު މިމީހުން ކިހިނެއްބާ އެހީގެސާމާނު ވެއްދީ؟!!
ކާދަނު
10 April 2025
ކާކުދިން މައުލޫމާތެއް އެއްވެސް ބަޔަކަށް އެއްވެސް އެހީއެއް ޣައްޒާއަށް ނުދެވޭ ވާހަކަ އަކީ؟