ހުޅުމާލޭގެ މަގެއް: ލޯނެއް ނުދައްކައިގެން ހުޅުމާލެއިން ފްލެޓެއް ނީލަމުގައި ވިއްކާލަން ވަނީ އިއުލާނުކޮށްފައި.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 އެޕްރީލް 2025 - 13:11
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މީހަކަށް ދޫކޮށްފައިވާ ލޯނެއް ނުދެއްކުމުން، އޭނާ ރަހުނުކޮށްފައިވާ ވޯޓާލިލީ އެޕާޓްމަންޓްސްގެ ފްލެޓެއް ވިއްކާލަން އެ ކުންފުނިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ވިއްކަން ހުޅުވާލާފައި ވަނީ ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓާލިލީ އެޕާޓްމަންޓްސް) ގެ ފްލެޓް ނަމްބަރު 01-03 އެވެ. އެއީ 866 އަކަފޫޓުގެ ފްލެޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީއެފްސީން ބުނީ މި ބީލަމުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ 1.7 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަށް އެދި ހުށަހެޅޭނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިންނެވެ.
ސިޓީ ހުޅުވުން އޮންނާނީ އެ ކުންފުނި ހިންގާ ހ. މިއަލަނިގެ ތިން ވަނަ ފަންގިފިލާގަ އެވެ.
އެޗްޑީއެފްސީން ބުނި ގޮތުގައި އެ ކުންފުނީގެ ވެބްސައިޓާއި ނޯޓިސް ބޯޑުގައި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ފެންނަން ހުންނާނެ އެވެ. ނީލަން ނިންމާލާނީ ވިދިވިދިގެން ތިން ދުވަހު، އެއް އަގެއް އޮތުމުންނެވެ. އެ ފަރާތަކަށް ނީލަން ނިންމުމަށް ކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ އަގަށްވާ ފައިސާ ނުދައްކައިފި ނަމަ، އެ ހުށަހެޅުން ބާތިލުކޮށް، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލުކޮށް އަލުން ފެށުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.
އެޗްޑީއެފްސީން ބުނީ ފްލެޓް ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން އިމާރާތުގެ ވެރިފަރާތުން އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ބޭނުންވާ ނަމަ، އެފަރާތަށް އިސްކަންދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަ މީހާ ދޯ
11 April 2025
އެޗްޑީއެފްސީ އަކީ ސަރުކާރުގެ ބޯހިޔާވަހަކަމުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޮނުމަގަޔާއި އަދި ގެދޮރު އިމާރާތްކުރުމަށާއި ބޯހިޔާވަހިކަން ލިބިގަތުމަށް ބޭނުންވާ ރައްްޔިތުންނަށް ތަކުލީފުކުޑަގޮތަކަށް އިންޓްރެސްޓް ކުޑަކޮށް ފައިނޭންސް ހޯދައިދިނުމަށް ސަރުކާރުން އުފެއްދެވި ކޯޕަރޭޝަނެއް. ވިއްކާލަން އިއުލާންކުރެވިފައިވާ ތަނަކީ މިދެންނެވި އުސޫލުތަކުގެ ތެރެއިން ރައްޔިތަކު ހޯދި ބޯހިޔާވަހިކަން.
ޑރ ވާންޗޯ
10 April 2025
އެއްޗެއް ވިއްކާލާއިރުވެސް ގަންނަމީހާއަށް ދޮންކަޅުވެސް އަންގާނުލާ ބޮލުގައަޅުވާކަހަލަ ޕޮލިސީއެއްތޯތީ؟. އެހެންނޫންނަ މިހާރުހުރި ހާލަތު ބަލާލެވޭނެގޮތަކާ، ވީދުވަހަކާ، ކިތައްކޮޓަރިތޯވެސް އެންމެކުޑަވެގެން ލިޔެލިނަމަ.
ޅަބޯ
10 April 2025
އެޗްޑީސީ އަކީ ބޭންކެއްތަ؟!! ލޯނު ދޫކުރަނީ
ގުއި ރޯނު
10 April 2025
އޭގަ ނެތް އެޗްޑީސީ އެކޭ. އޭގަ އޮތީ އެޗްޑީއެފްސީ. އައިނު އަޅައިގެން ހަބަރު ކިޔާބަލަ
ބޭންކު
10 April 2025
އެޗް ޑީ އެފް ސީ
ާަސާސާ
10 April 2025
އެޗް ޑީ އެފް ސީ
މައްކޫ
10 April 2025
ކޮއްކޯ، އެއީ އެޗް.ޑީ.އެފް.ސީ، (ހައުސިނގ ލޯން ދޭ ތަނެއް)
ކަލީމާ
10 April 2025
2 ކޮޓަރީގެ އެޕާރޓްމެންޓެއް ތަ
އިކޮނޯ މިސްޓް
10 April 2025
ކިހާ ދުވަހެއްވީ ތަނެއްބާ. ފުލެޓުވިއްޔާ އިމާރާތަށް ގިނަ ދުވަސްވާވަރަކަށް އަގު ދާނީ ދައްވަމުން.
ގަރީނު
10 April 2025
ބޮލަށް ވެއްޓިފަ އޮތަސް އަގު އުޅޭނީ މިލިޔަނުން މަތީގަ.