13 އެޕްރީލް 2025 - 11:58
ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ގައުމުތަކުން އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ މި އަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މެލޭޝިއާ އާއި ސްރީ ލަންކާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަހު އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށާނެ ކަމަށެވެ.
އެ ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުއްޔެވެ.
ޑީއެންއާރުން މިހާރު ވެސް ވަނީ އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް 15 ރަށެއްގައި ފަށައިފަ އެވެ. އެ ރަށްރަށުގައި މި ހިދުމަތް ދެމުން އަންނަނީ ކައުންސިލްތަކާ ގުޅިގެންނެވެ.
އައިޑީކާޑާއި ޕާސްޕޯޓް ހައްދަން ކޮންމެ ފަހަރަކު މާލެ އަންނަން ނުޖެހޭ ގޮތަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މާލެ ސަރަހައްދުގައި ވެސް ހުޅުމާލެ އާއި ވިލިމާލެއިން މި ހިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ދިވެހި
13 April 2025
ދުނިޔޭގެ އެހެން ޤައުމުތަކުގަ މިލިޔަނުން މީހުން އުޅޭއިރު އިންތިޚާބު ތަކުގަ ޤައުންމުން ބޭރުގަ ވޯޓް ފޮށި ނުބަހައްޓަނީ ކީއްވެބާ ބަޖެޓް ތަންނުދެނީބާ ނުވަތަ އެހެން ސަބަބަކާ ހުރެބާ؟ ނޫސްވެރިޔާ މިކަމާ ބެހޭގޮތުން ދިރާސާ ރިޕޯރޓެއް ހަދާދިނުން އެދެން، ދިވެހި ދައުލަތުން ދޫކުރާ އައިޑީކާޑް ރާއްޖޭން ބޭރުން ހެދޭގޮތް ހެދުންވެސް ތިއައީ ބޭކާރު ޚަރަދެއް!
ބަތްކައްކާ
13 April 2025
ކިހާ މޮޅު ބޭނުންތެރިކަމެއް މިކުރީ. އަތްޖަހާ އެންމެން.
އުތީމު ތިން ބެއިން
13 April 2025
ގައުމު އަތުން ބީވެގެން ދިއުމުގެ ކުރިން ރައްޔިތުން ހޭލަން އެބަޖެހޭ. ވަޒީފާއަށްޓަކައި ގައުމު ވިއްކާނުލަން އާދޭހާއެކު ދަންނަވަން
ތިބިޔާން މުހައްމަދު
13 April 2025
ރައްޔިތުންނަށް ލުއި ގޮތް ހޯދުމަށް ސަރުކާރުން ކުރި ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަވޭ މިކަން
ނަމްޒާ މުހައްމަދު
13 April 2025
ރައީސް މުއިއްޒް ދުބާއީ އަށް ކުރި ދަތުރުގައި މިވާހަކަ ބުނިން. ބުނި ބަލާދޭނަމެ. މިކަން މިހާ އަވަހަށް ކުރާނެ ކަމަށް ހިޔެއްވެސް ނުކުރަން. އުފާވެރި ހަބަރެއް މިއީ
ނީލަމް މުހައްމަދު
13 April 2025
ކުރިން އަންނަން ޖެހެނީ މާލެ މުޅިންވެސް އައިޑީކާޑް މުއްދަތު ހަމަވުމުން. ދެން ފަސޭހަވީ
ޝުނޭނާ
13 April 2025
ވަރަށް ރަނގަޅު ކަމެއް. ނުލާހިކު ފަސޭހަވާނެ ދެން އައިޑީ ކާޑް ދިރިއުޅޭ ގައުމުން ހެދޭ ގޮތް ވުމުން
މރހބ
13 April 2025
ރާއްޖެއިން ބޭރުގައި އުޅޭ މީހުން ބޭނުންވާނީ ޕާސްޕޯޓެއް ނޫންތަ؟ ކީއްކުރަންތަ އައިޑީ ކާޑު ބޭނުން ވަނީ.
ފުރ ތަ1
13 April 2025
އެންމެ މުއްސަނދީ ގައުމުތަކުގަވެސް ކުރާ ކަމެއް ނޫން އެހެން ގައުމުތަކުގަ ވޯޓު ފޮށި ބަހައްޓައިން ފައިސާ ބޭކާރު ކުރުން. އަނެއްކާ އަނެއް ކަންތައް. މިގައުމަށް ޓެކްސް ނުދައްކާ ގޮސް އެހެން ތަންތާ އުޅޭ މީހުންނަށް ކޮން ޚަރަދެއް ކުރާކަށް
އަބްޑޫޅް +
13 April 2025
"މެލޭޝިއާ އާއި ސްރީ ލަންކާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުގައި". ގިނަ އަދަދުން ދިވެހިން އުޅެނީ ހަމަ އެކަނި މި ރަށްރަށުގަތަ؟ ބަލަން ޖެހޭނީ ހަމަ އެކަނި ބޮލުގެ އަދަދަކަށް ނޫން. މީހާ ހުރި ތަނަކުން ރާއްޖެ އަށް، ދެކޮޅު ދަތުރު ކުރުމުގެ ފަސޭހަ ކަމާއި ހަރަދަށް ވެސް ބަލަން ޖެހޭނެ.