ފަސްޓް ނެޝަނަލްގެ މުވައްޒަފުންތަކެއް އޮފީހުގައި. އެކުންފުނީގެ ރިއަލް އެސްޓޭޓް ފަންޑުގެ ފުރަތަމަ ކުއާޓާގެ ފައިދާ ބަހަން ވަނީ ނިންމާފައި. -- ފޮޓޯ: މިހާރު
15 އެޕްރީލް 2025 - 11:18
ފަސްޓް ނެޝަނަލްގެ ރިއަލް އެސްޓޭޓް ފަންޑުގެ ފުރަތަމަ ކުއާޓާގެ ޑިވިޑެންޑް ބަހަން ނިންމައިފި އެވެ.
ފަސްޓް ނެޝަނަލްގެ ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ފުރަތަމަ ކުއާޓާގެ ގޮތުގައި 226،441ރ. ބަހާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ރިއަލް އެސްޓޭޓް ފަންޑަކީ ސީއެމްޑީއޭ އެޕްރޫވްކޮށްފައިވާ ފަންޑެކެވެ. މިއީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރީ ކޮށްގެން މިގޮތަށް ހުޅުވާލި ފުރަތަމަ ފަންޑެވެ. އެ ފަންޑު މެނޭޖް ކުރަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.
ޑިވިޑެންޑްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 22.87ރ. ބަހަން ވަނީ ނިންމައިފަ އެވެ. ހިއްސާދާރުންގެ އިތުރުން ބޮންޑު ގަތް ފަރާތްތަކަށް ވެސް 318،856ރ. ބަހަން ނިންމާފައިވެ އެވެ. އަންނަ ޖުލައި މަހު އަނެއްކާވެސް ދެވަނަ ކުއާޓާގައި ހިއްސާދާރުންނަށް އަދި އިންވެސްޓަރުންނަށް ފައިދާ ބަހާނެ އެވެ.
އެ ފަންޑުގައި ހިއްސާދާރެއްގެ ގޮތުގައި އަދި ބޮންޑު ހޯލްޑަރެއްގެ ގޮތުގައި ވެސް އިންވެސްޓްކޮށްފައިވެ އެވެ. ހިއްސާގެ ގޮތުގައި ވިއްކީ 1،000 ރުފިޔާގެ ރޭޓުން 9،900 ހިއްސާ އެވެ. ބޮންޑުގެ ގޮތުގައި 1،000 ރުފިޔާގެ ރޭޓުން 8،100 ބޮންޑު ދޫކޮށްފައިވެ އެވެ. މިދިޔަ ޑިސެމްބަރު މަހު ހުޅުވާލި އެ ފަންޑު މެދުވެރިކޮށް ޖުމްލަ 18 މިލިއަން ވަނީ ރެއިޒްކޮށްފަ އެވެ.
އެފަދަ ފަންޑެއްގެ ބޭނުމަކީ ރިއަލް އެސްޓޭޓަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެ ދާއިރާއިން އާންމުންނަށް އާމްދަނީއެއް ހޯދޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށް ފަސްޓް ނެޝަނަލް އިން ބުންޏެވެ.
ރިއަލް އެސްޓޭޓް ފަންޑު ހިންގަނީ އެކަމަށް ހާއްސަ ކުންފުންޏަކުންނެވެ. އެކުންފުނީގެ ބޯޑު ޑިރެކްޓަރުގެ ތެރޭގައި ހިމެނެނީ ޑރ. އިބްރާހިމް މަހްފޫޒާއި އަހުމަދު ހަސަން ދީދީގެ އިތުރުން އަހުމަދު ނާސިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
18 April 2025
22.87ރ × 4 = 91.87ރ އަހަރަކު ލިބނީމަ އެއީ %9.15 ގެ ފައިދާ އެއް.... ބޭންކް އެއްގައި ބަހައްޓައިގެން ލިބޭނީ %2.5 ދޯ... އެހެންވީމަ މީ ރަނގަޅު ޑީލް އެއް ދީ
އައިޖޭސްކީމް
18 April 2025
1000ރ ހިއްސާއަކަށް ކޮންމެ 3 މަހުން 22.87ރ ލިބުނީމަ، މާނައަކީ 10އަހަރާއި 11މަސް ދުވަހުން މި ކަވަރ ވަނީ ކެޕިޓަލް.. ދެން ކޮބާ ފައިދާ އެއް ލިބޭނީ ކޮން އިރަކުން... އަނެއްކާ މި ބޮންޑު ގެ މުއްދަތަކީ ކޮބަ؟
ޖަމިލް
15 April 2025
އަހަރެމެން ޖީ.އެމް.ސީ.އީ އަށް ލީމަ އެއްދުހުން ވެސް ތިޔަށްވުރެ ގިނައިން ލިބޭ. އަނެއްކާ ހަމަ ވޮލެޓަށް ފައިދާ ކަހާލެވޭ..
ރިބާ އާ ކައިރި ނުވާތި
15 April 2025
ރިބާ އެކުލެވޭ ކޮންމެ ކަމަކީ ހަރާމް ކަމެއް. ގިޔާމަތް ދުވަސް އެބައޮތް ކުދިންނޭ. ކައިރި ނުވާތި.
އަލިދީ
15 April 2025
ރެއިޒް ކުރުމަށް ދިވެހި ބަހެއް ނުލިބުނީ ތަ؟
ސެކަންޑް ނޭޝަން
15 April 2025
(1000 ރުފިޔާ) 65 ޑޮލަރު އިންވެސްޓް ކޮއްގެން 3 މަހުން 1.5 ޑޮލަރު އަހަރަކު 6 ޑޮލަރު ކިހިނެއް ވަނީ ޒިޔަތުގެ ސްކީމް.
ބޮޑުބެގެ ބެއްޔާ
15 April 2025
1000 ރ އަށް ވިއްކި ހިއްސާގެ ފައިދާއަށް 22ރ ގެ ރޭޓުން ބަހަންޏާ 45 އަހަރު ވާނެ ގަތްއަގު ހޯދަންވެސް. ކޮންކަހަލަ ވިޔަފާރިއެއްތީ ބުރަދަރ.
އަފްރާސިޔާބު
15 April 2025
އެއީ ރަމްޒީ އެއްޗެކޭ. 45 އަހަރުން 1000 ރުފިޔާ ކަވަރުވާނަމަ އެއީ ވަރަށް ބޮޑު އަދަދެއް ޕްރޮފިޓަށް އެލިބެނީ. މީހުން ހިންގާ ސްކޭމެކޭ ކޮޕާ އެއްވެސް ތަފާތެއް ދައްކަ ބަލަ. އަހަރެން އެމް.ޓީ.ޑީސީ ގައި 30000 ހާސް ރުފިޔާ އިންވެސްޓް ކޮށްގެން އުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އަދި އެއްވެސް ފައިދާ އެއް ނުލިބޭ. އެތާތިބޭ މީހުންގެ މުސާރައަށް ތޯއްްޗެއް ހުސްކޮށްލީ މީހުން އަތުން މަކަަރާއި ހީލަތުން ފައިސާ ހޯދާފައި. ސަރުކާރުވީމާ އެ އަނބުރާ ނުވެސްލިބޭނެ.
ވާނުވާތތތތ
15 April 2025
ތި ހިސާބު ނުބައި ހެން ހީވަނީ ކުއާޓާއަކު ފައިދާ ބަހާވާހަކަ އޮތީ
ބަޑިތަކުރު
15 April 2025
1000 ރުފިޔާއަށް ގަތް ހިއްސާއަކަށް 22.87 ރުފިޔާ ދިނީމާ ތިޔައީ ހަމަ ހަގީގަތުގައިވެސް ތިޔަދާއިރާއިން ޢާންމު ރައްޔިތުންނަށް އާމްދަނީއެއް ހޯދައިދޭން ހިންގާ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ. ވަރަށްބޮޑަށް ޝުކުރިއްޔާ!
ގަބުޅާ
15 April 2025
އިންވެސްޓް 1000 ރުފިޔާ 23 ރުފުޔާ ރޭޓް އިން ބަލާނަމަ ކަވަރު ވާނީ 45 އަހަރުން.
ބޮޑުތަކުރު
15 April 2025
ކުއަރޓަރ އަކަށް 22.87 ވީމަ ރަނގަޅު. އަހަރެއްގެ އަންދާޒާއަކީ 91.48، ޖުމްލަކޮށް 9% ގެ ރިޓާރން އެއް. ސަމާސާ ކަނޑާފަ، ފަށައިގަންނަން ރަނގަޅު ކަމަށް ފެންނަނީ. އެހެންނު؟