15 އެޕްރީލް 2025 - 13:11
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ލާއިންސާނީ ހަމަލާތައް ކުރިއަށް ދާހާ ހިނދަކު އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު މި ސަރުކާރުން ނުދޭން ނިންމި ނަމަވެސް އެމްޑީޕީ އަށް އާދެވިއްޖެ ނަމަ އެ ހުއްދަ އަލުން ދޭނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މޭ 29 ވަނަ ދުވަހު ހުށަހެޅި ބިލް ގިނަ އިސްލާހުތަކަކާ އެކު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ފަލާހު ވިދާޅުވީ، އެ ބިލް ހުށަހެޅީ އެމްޑީޕީ މެންބަރަކު ކަމަށް ވިޔަސް އެކަން ކުރީ އެއްވެސް ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި އެއީ ސަރުކާރަށް އެކަން ކުރަން ނުކެރޭނެ ކަމަށް ދެކިގެން ކަމަށެވެ.
އެކަމަކު ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބެން އޮތް ގެއްލުމަކަށް ނުބަލާ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު މި ކަން ކުރީ އެއްވެސް ޖެހިލުމެއް ނެތި ކަމުގައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެފަދަ އަހުންނާއި އުހުތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ދޭއިރަކު އަޅުގަނޑުމެން ބަނޑަށް ޖެހުނަސް އަޅުގަނޑުމެންގެ މި ސަރުކާރަކުން ނުބަލާނެ. މަނާކުރާނެ އެކަން. މިއޮތީ އެކަން ދައްކައިދީފައި،" ފަލާހު ވިދާޅުވި އެވެ.
ނަމަވެސް އޭގެ ބަދަލުގައި މިވަގުތު ވެސް ސަރުކާރު ބަދަލުވެ އެމްޑީޕީ ވެރިކަމެއް އަތުވެއްޖެ ނަމަ އިޒްރޭލު މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަ އަލުން ދޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ލާއިންސާނީ ހަމަލާތައް ހުއްޓަން ދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި https://t.co/syufxHXLsX
— Mihaaru (@Mihaarunews) April 15, 2025
ބިލަށް ކޮމިޓީން އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނައީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ.
އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. ލާއިންސާނީ އަމަލުތައް ހުއްޓާލަން ދެން މި ގޮތަށް އަމަލުކުރަން ވަނީ ފާސްކޮށްފަ އެވެ.
ފަލާހު ވިދާޅުވީ، ލާއިންސާނީ ހަމަލާތައް ހުއްޓާލުމާ ހަމައަށް ޕާސްޕޯޓު މަނާކުރަން ފާސްކުރީ ގިނަ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. މި ކަމުގައި ދެ ތިން ގޮތަކަށް މަޝްވަރާ ކުރެއްވި ކަމަށާއި ފަހު ވަގުތާ ހަމައަށް ވެސް ބެލީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދެން ދެން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.
ނަމަވެސް، ކޮމިޓީން އެ ގޮތަށް ނުނިންމީ ފަލަސްތީނަކީ މިހާރު ވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ އިން ބަލައިގަންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އ.ދ. އިން ގަބޫލުކުރޭ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް. އެކަމަކު އެތާ ސެކިއުރިޓީ ކައުންސިލުން ގަބޫލެއް ނުކުރޭ. ދުނިޔޭގެ އެތައް ގައުމަކުން ވެސް އެބަ ގަބޫލުކުރޭ،" ފަލާހު ވިދާޅުވި އެވެ.
ކަން މިހެން އޮތުމުން އެ ގޮތަށް ފާސްކޮށްފި ނަމަ އުނދަގޫތަކެއް ކުރިމަތިވެދާނެތީ، ލާއިންސާނީ ހަމަލާތައް ހުއްޓާލަން ދެން މަނާ ކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަނގުރާމާ ހިނގާހާ ދުވަހަކު ސަރުކާރަކުން މި މަޖިލީހަކުން އިޒްރޭލުގެ ރައްޔިތުން މި ގައުމަށް އަރާކަށް ހުއްދައެއް ނުދޭނެ. ނުވެސް ދޭނަން،" ފަލާހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޕަރާ
16 April 2025
ބުރޯގެ ސަފާރީބޯޓްތަކުގައި ރާ ވިކާ... !! އެކަން މަނާ ކޮށްބަލަ
ކުރާކޮންމެ ކަމެއްވެސް ކުރައްވަނީ ދީނަށްޓަކާ؟
16 April 2025
އޭގެން ލިބޭނަފާ އޭނަ ފޮނުވަނީ ފަލަސްތީނަށް ؟؟؟
އެމްޕީ ފަލާހް
16 April 2025
މީ ރައީސް ޔާމީނަށް ވެރިކަން ހޯދާދީފައިނޫނީ ނިދަން ގެއަށް ނުވަންނާނަމޭ ބުނި ކަލޭގެ!
ވަޑި
16 April 2025
ޤާނުނު އޮތް ގޮތުން މާދަމާ ހަމަލާތައް ހުއްޓާލާފަ އަނެއް ދުވަހު ފެށިޔަސް އިޒްރޭލު ޕާސްޕޯޓް ހުއްދަވީ. އެމްޑީޕީ ވެރިކަމަށް އައިމަ ހުއްދަވާ ގޮތަކަށް ނޫން އޮތީކީ.
ރަނާވަތު
16 April 2025
ޤައުމުހިންގަން ތިބީ ފަލާހާ، ނަރީޝާ، ޢަދުރޭއޭ
ޓިނު
16 April 2025
ރޯނު އެދުރުން، އަނގަ ގަދަވެފަ، އަޑުބާރުވުން ފިޔަވާ އެއްވެސްކަމެއްނެތް.
ބޮޑުގޮހޮޑާ
15 April 2025
ޖިންނިން ހަބަރު ގެނެސްދޭ ކަހީނެއްތަ މިއީ!؟
ކާކަށްވާންތަ
16 April 2025
ބަލަގަ އެމްޑީޕީ އިން ބުނީ ސިނގިރޭޓްގެ ޑިއުޓީކުޑަކޮށް ވޭޕްވެސް ރާއްޖެއަށް އެތެރެކުރެވޭގޮތް ހަދާނަމޭ ވެރިކަމަށް އާދެވުނީމަ. އެހެންވީމަ މިކަންވެސް އެގޮތަށް ބަދަލުކުރާނެ ކަމަށް ހަމަވަރަށް ޤަބޫލުކުރެވޭ. ވަރަށްވާހަކަ
ހާފިޒް ރަސާދު
15 April 2025
ކޮންކަމެއްތަ މިސަރުކާރުން މަނާކޮއްގެން މިއުޅެނީ، ޔަހޫދީންނެކޭ ކޮބާތަ ތަފާތެއް، ޔަހޫދީންނަށްބެސް މަސްހިފުން މަނާކުރިދުވަހު ދާޖަހާފަ އަނެއްދުވަހު ގޮސް މަސްކޮޅު ނަގަނީ. މިސަރުކާރުން ޔަހޫދީ ޕާސްޕޯޓް މަނާކޮއްފަ ޔަހޫން އައުން މަނަލެއްނޫން.
އަހަންމަ
16 April 2025
ޤަތަރުންވެސް ކަންކުރަމުންދަނީ މިއުސޫލުން ކަން ހާމަކޮށްލަން.. ވަރަށްވެދުން
ހަމަދު ސަލީމް
15 April 2025
މަޖިލިސް މެމްބަރ ކަމުގެ ޝަރުތަކީ ލަދު ހަޔާތް ނެތުންތަ؟
އަލިފާންފޮށި
15 April 2025
ބަލަ ތަންފީސްކުރި ގާނޫނު އޮތީ އެހެނެތްނޫންތަ؟؟ ހަމަލާ ދޭމުންދާ ދުވަސްތަކުގަ އިޒްރާއީލް މީހުން ރާއްޖެ ނާދެވޭ، ހަމަލާ މެދު ކަނޑާލާފަ އޮންނަ ވަގުތު އާދެވޭގޮތައް. ކޮންމެ ވެރިކަމެށް އޮތަސް އަންނާނެ… ގާނޫނަކުން އެއްވެސް ހުރަހެއްނެތް. ކޮންކަމެށް އޮޅުވާލަންތޯ ތިއުޅުއްވަނީ.
އަމައްޔާތް
15 April 2025
މުޅިންވެސް މަކަރާއި ޙީލަތް. ދެން އެންމެން ތިބޭ އަތް ޖަހަން
ވެއްސެއްދި
15 April 2025
ސުބުޙާނަﷲ! ސިޔާސީވެ ވައިގުޅިޖަހަން އުޅުނުނަމަވެސް މިވަރު ފުކެއްބޮޑުހެންހީވަނީ. މިފެންނަނީ ކަހީނުން ދައްކާކަހަލަވާހަކަ ދައްކާތަން. ސިޔާސީގޮތުން ފިކުރު ތަފާތުވީނަމަވެސް އެމްޑީޕީގައިވެސްތިބީ މުސްލިމު ދިވެހި ރައްޔިތުން އެމީހުންގެ ފިކުރުތަފާތުވަނީ ސިޔާސީގޮތުން. ވީމާ މިކަހަލަ ދެކޮޅުނުޖެހޭ ސާބިތުކަމެއްނެތް ވާހަކަދެއްކުމުން އުފެދޭނީ ފިތުނަ. ވެރިންގެ ވާހަކައިންނާއި ޚުތުބާތަކުން އެދެނީ ފިތުނަވެރިނުވެ އެއްްބައިވަންތަވުމަށް. މީނަގެ ނިޔަތް ރަނގަޅެއްނޫން.